ބޮލީވުޑުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގައި އަކްޝޭ ކުމާރު ނުފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ.

"ބޫލް ބުލައްޔާ" އަކީ 2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމެކެވެ. ގިނަބައެއްގެ ސަޕޯޓް ލިބުުނު ފިލްމެކެވެ. ލީޑު ރޯލުން ފިލްމުގައި ފެނިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އެވެ. ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ދެވަނަ ބައިގައި ލީޑު ރޯލުން ފެނިގެންދަނީ ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެއެވެ.

ގިނަ ބަޔަކު މިވަގުތު ކުރަމުން އަންނަ ސުވާލަކީ ފިލްމްގެ އެއްވެސް ހިސާބަކުން އަކްޝޭ ފެންނާނެތޯ ނުވަތަ ނޫންތޯއެވެ. އެ ސުވާލުގެ ޖަވާބު އަނީސް ޔަގޔން ކަމާއެކު ޖަވާބުގައި ބުނީ ނުފެންނާނެ ކަމަށެވެ. އަދި އެއީ ތަފާތު ކާސްޓުންނާއެކު ކުޅޭ ތަފާތު ފިލްމެއް ކަމަށް ވެސް އަނީސް ވަނީ ބުނެފައެވެ. އަދި މިފަހަރުގެ ފިލްމުވެސް ވަރަސް ތަފާތުވާނެ ކަމަށް އަނީސް ވަނީ ބުނެފަ އެވެ.

މިފިލްމަށް ކާތިކް ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. މިމަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމުގެ ބަތަލާ ކިއާރާ އަދްވާނީ ޝޫޓިންގައި ބައިވެރިވާނީ ފަހުންކަމަށް އަނީސް ބުނެ އެވެ.

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުން ކިއާރާ ޝޫޓިންއާ ގުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަދި އަންނަ މާޗު މަހުގެ ކުރިން ފިލްމުގެ މަސައްކަތް ނިމޭނެ ވެއެވެ. ފިލްމު ނެރެމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ތެރޭގައި ކަމަށް ޑައިރެކްޓާރ ބުނެފައިވެ އެވެ.