މެލޭޝިއާގައި ޓެކްސީއެއްގެ ތެރޭގައި ބަނޑުބޮޑު އަންހެނަކު ވިއްސަން އެހީތެރިވި އަންހެން ފުލުހަކަށް އެތައްބައެއްގެ ތައުރީފު ލިބިއްޖެއެވެ.

މެލޭޝިއާގައި ހިނގާދިޔަ މި ހާދިސާގައި އެ އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އުމުރުން 27 އަހަރުގެ ލާންސް ކޯޕްރަލް ކޮމަތީ އެވެ. ކޮމަތީ ބުނެފައިވަނީ އޭނާ އެދުވަހު ޕެޓްރޯލް ކުރަމުން ދަނިކޮށް ވިހަން ކައިރިވެފައިވާ އިންޑޮނޭޝިއާގެ އަންހެނަކު އޭނާ ކައިރިއަށް އައިސް އެހީތެރިކަމަށް އެދުނު ކަމަށެވެ.

އެ އަންހެން މީހާގެ ހާލު އެވަގުތު ދެރަ ކަމުން ކޮމަތީ ވަނީ ޓެކްސީއަކަށް ގުޅައިގެން އޭނާ ހޮސްޕިޓަލަށް ގެންދަން ޓެކްސީއަކަށް އަރާފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލާއި ހަމައަށް ނުދެވެނީސް އެ އަންހެންމީހާގެ ބަނޑުގައި ރިއްސަން ފެށިއެވެ. އެހެންކަމުން ކޮމަތީ ވަނީ އެ އަންހެންމީހާ އެޓެކްސީގެ ތެރޭގައި ވިއްސާފައެވެ.

މި ހަބަރު މީސްމީޑިއާގައި ދައުރުވާން ފެށި ފަހުން މިހަރު ކޮމަތީއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބި ލޯބި ލިބިފައެވެ. ކޮމަތީ އެ ކުޑަދަރިފުޅު އުރައިގެން ދަރިފުޅުގެ މަންމައާއި އެކު ނަގާފައިވާ ފޮޓޯވަނީ މިލިއަނުން މީހުން މިހާރު ބަލާފައި ވެއެވެ.

އަދި ގިނަ ފަރާތްތަކުން ބުނެފައިވަނީ ކޮމަތީ ކޮށްފައިވާ ކަމަކީ ގިނަ މީހުން ބަލައިގަންނާނެ ކަމެއް ކަމަށާއި އެކަމުން އޭނާގެ ރަނގަޅުކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

މެލޭޝިއާގެ ނޫހަކުން ބުނެފައިވަނީ އެތުއްތު ދަރިފުޅާއި މަންމަގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެދެމައިންނަށް އަންނަނީ އެމެޖެންސީގައި ފަރުވާ ދެމުން ކަމަށެވެ.