އަަބަދުވެސް އިވެނީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން އުޅޭ ވާހަކައެވެ. ނުވަތަ އަންހެނެއް ރޭޕް ކޮށްގެން އުޅޭ ވާހަކައެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހިތި ހަޤީޤަތަކީ އެފަދަ ގޯނާތައް ތަހައްމަލު ކުރަން ޖެހޭ ފިރިހެނުންގެ އަދަދު މަދު ނޫން ކަމެވެ. އެފަދަ އެތައް ފިރިހެއް އެބައުޅެވެ. މިފަހަރު މި ހިއްސާކޮށްލަނީ އާއިލާގެ މެންބަރެއްގެ ފަރާތުން ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ދިވެހި ޒުވާނެއްގެ ވާހަކައެވެ.

އެ ޒުވާނާ ވަނީ އެ ހާދިސާ ހިނގައި ދިޔަގޮތް "ވަގުތު" އަށް ކިޔައިދީފައެވެ.

ރަށު ސްކޫލުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށް ފަހު އަހަރެން މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ފޮނި އުންމީދުގައެވެ. މާލޭ އައިސް އަހަރެން އުޅެން ޖެހުނީ ބޮޑުބޭބެއެެއްގެ ގޭގައެވެ. ކުޑައިރުއްސުރެ އަހަންނަނީ ގަނާގެ ޝިކާރައަކަށްވެފައިވާ މީހަކީމެވެ. އެއީ ރަނޑު ގޮތް ގަނޑެއްް ކުޑައިރުއްސުރެ އަހަރެންގެ ކިބައިގައި ހުރީމައެވެ. އެއީ އުފެދުމުގައިވެސް އަހަރެންގެ ކިބައިގައިވާ ކަމެކެވެ. އެކަމަށް މާބޮޑު ފަރުވާލެއް ނުކުރެވޭނެއެވެ.

ބައެއް ފަހަރު ބޮޑުބޭބެވެސް އަހަންނާއި ދިމާކޮށް ހދާނެއެވެ. އަދި އަހަންނާއި ދިމާލަށް "އަންހެން ދުޅާ" އޭ ކިޔާ ވަރަށް ގިނައިން މުހާތަބު ކުރާނެއެވެ. ކިތަންމެ ދެރަވިޔަސް އެއްޗެއް ނުބުނަމެވެ. އެވަރު ހިތްވަރެއް ނުވެސް ހުންނަނީއެވެ. ބޮޑުބޭބެއަކީ މާލޭގައި އަމިއްލަ ވިޔަފާރި ކުރާ މީހެކެވެ. ބޮޑުބޭބެގެ އަންހެނުންނަކީވެސް ވަޒީފާއަށް ދާ މީހެއް ކަމުން ގިނަ ފަހަރު ގޭގައި އުޅެން ޖެހެނީ އަހަރެން އެކަންޏެވެ.

ލިބޭ ހުސްވަގުތުތަކުގައި ބޮޑުބޭބެ ވަރަށް ގިނައިން ގެއަށް އައިސް އުޅޭނެއެވެ. އަދި ފެންނަ ހިސާބުގައި އަހަރެން ހުރެއްޖެ ނަމަ އަހަރެންގެ ގައިގެ ކޮންމެވެސް ތަނެއްގައި ހިފާލާނެއެވެ. އެއިރު އަހަރެން ހީކުރީ އެއީ މަޖަލަކަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ބޮޑުބޭބެގެ ނިޔަތާއި މެދު އަހަންނަށް ޝައްކުވާން ފެށީ، ބޮޑުބޭބެގެ އެއުޅުން އިތުރަށް ގޯސްވުމުންނެވެ. ފަހުން ފަހުން އައިސް އަހަރެންގެ ލަދުވެތި ގުނަވަނުގައިވެސް ހިފާނެއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް އެވާހަކަވެސް އަހަންނަށް ބުނާކަށް ނުކެރެއެވެ. އެއީ ބައްޕަމެން ބޮޑުބޭބެއަށް ކުރާ އިތުބާރު ގެއްލިދާނެތީއެވެ. އަދި އަހަރެންގެ ސަބަބުން އާއިލާގެ މެދުގައި ބޮޑު ކޯޅުމެއް ހިނގައިފާނެތީއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ގޭގައި އުޅުނީ އަހަންނާއި ބޮޑުބޭބެ އެކަންޏެވެ. ވަގުތުގެ ބޭނުން ހިފައި ބޮޑުބޭބެ އަހަންނާއި ގާތްވާން ފެށިއެވެ. އަދި އަަހަރެން ލައްވާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގުވިއެވެ. މަޖުބޫރުކޮށްގެނެވެ.
އެދުވަހަކަށް ފަހު އަހަރެން މާލޭގައި އުޅެން ބޭނުމެއް ނުވިއެވެ. ކިޔެވުންމަތިންވެސް ފޫހިވިއެވެ. އެހެންކަމުން މައިންބަފައިން ކައިރީ ރަށަށް ބަދަލުވާން ބޭނުން ކަމަށް ބުނެ އަހަރެން ރަށަށް ބަދަލުވީމެވެ.

ނަމަވެސް ބޮޑުބޭބެގެ ވާހަކަ މައިންބަފައިންނަށް ހިއްސާ ނުކުރަމެވެ. މިއަދާ ހަމައަށްވެސް އެކަން އޮންނާނީ ސިއްރެއްގެ ގޮތުގައެވެ. އެހެނަސް، ބޮޑުބޭބެއަށް އަހަރެންގެ ހިތް ދުވަހަކުވެސް ހެވެއް ނުވާނެއެވެ. މާފެއްވެސް ނުކުރާނަމެވެ. އެއީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީމައެވެ. އަަހަރެންގެ ރަނޑު ކަމުގެ ފައިދާ ނަހަމަ ގޮތުގައި ހިފައި، އަހަންނާއި ބެހުނީމައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޓޮއް

  ޢަވަހައް ލަސްނުކޮށް އަންގަންވާނެ

  119
  2
 2. ބިސް އަލީ

  ބޮޑުބޭބެ އަކީ ވާތު ސަންގެއްދޯ

  69
  3
 3. ނާޒިމް އިބްރާހިމް

  ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
  سورة النور 19

  41
 4. ަަާއައިޝް

  ވަގުތު މިހާރު ވާހަކަ ލިޔާ ތާކައް ބަދަލު ކުރަނީތަ.. ވަރައް ފޫހި ފިލާ.. ވަރަށް ރީތި ހުރިހާ ވާހަކައެއްވެސް..

  29
  6
  • އަހުމަދު

   ތިކަހަަލަ ޕޮޒިޓިވް ކޮމެންޓްތައް ލިޔާތަން ފެނިފަ ވަރަށް އުފާވޭ. އަޅުގަނޑުމެން ފުރާވަރުގެ ކުދިންނަށް ތި ބޮޑެތި މީހުންގެ ފަރާތުން ފެންނަނީ ހަމަ ރީތި ނަމޫނާތަކެެއް. މާޝާﷲ

   5
   1
 5. ކުނބު

  ބޮޑުބޭބެއަށް ތިހުރީ މަކުނު ބަލި ޖެހިފަ

  38
  1
 6. އަޙް

  ބޮޑުބޭބެ މާ އަންހެން ދުޅާ ކަންނޭގެ

  37
  1
 7. ވިކްޓިމް

  ތިހުންނަނީ ސިއްރުކޮއްގެންވާނެ ކަހަލަ ކަންތައްތަކެއްނޫން.

  40
 8. އެހީ

  ތީއެއްގޮތަކަށް ވެސް ސިއްރުކޮއްގެން ވާނެ ކަންތައްތަކެއް ނޫން. އަވަހަށް ކަމާ ބެހޭ ފަރާތް ތަކަށް އަންގާ

  13
  1
 9. ސުކޫނަރު، އިބުރާހިމް އަލީ

  ހާދަ ޒާތެއްގެ ވާހަކައެއްތާ ދޯމިއީ... ކޮން ރަށަކުބާ ބުރޯ ހުރީ

  8
  1
 10. ކިޔާމީހާ

  ވަރައް ރީތި ވާހަކައެއް