ޖިންނި ސައިތާނުންގެ ވާހަކައަކީ އަހަރެން މީގެ ކުރިން އެހާ ބޮޑަށް ޤަބޫލު ކުރަން ބޭނުން ވާ ވާހަކައެއް ނޫނެވެ. އެފަދަ ވާހަކައެއް ދެއްކިޔަސް އަހަރެން ގާތަަށް ގިނަ ފަހަރު އަންނަނީ ހިންޏެވެ. އަހަންނަށް އެކަން ވަނީ މުސްކުޅި ބޯދާ ކަމަކަށެވެ. ޖިންނި ސައިތާނުންގެ ވާހަކަތައް އަހަރެން ޤަބޫލުކުރަން ފެށީ އަހަންނަށް އެފަދަ ނާމާންކަމެއް ކުރިމަތިވުމުންނެވެ.

އެއީ މިދިޔަ ހަފްތާގެ ހޯމަ ވިލޭރެއެވެ. އަހަރެން ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. ނަމަވެސް ވަޒީފާއަށްދާން ޖެހެނީ ފުރަ މާލެއަށެވެ. ބައެއް ދުވަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު އަހަންނަށް ގެއަށް އާދެވޭއިރު އޮންނަނީ ވަަރަށް ދަންވެފައެވެ.

އާދައިގެ މަތިން އެރޭވެސް ހުޅުމާލެ ދިއުމަށް ސިނަމާލެ ބުރިޖުންލާފައި ގޮސް ހުޅުލެ-ހުޅުމާލެ ހައިވޭއިން ދަތުރުކުރަމުން ދިޔައީއެވެ. މުޅި ހައިވޭގައިވެސް އެވަގުތު ދަތުރުކުރަމުން ދިޔައީ އަހަރެން އެކަންޏެވެ. އަރިމަތީގައި ދިއްލާފައި ހުރި މަގުބައްތިތަކުގެ އަލި ނޫން އިތުރު އެއްވެސް އަލިކަމެއް އެތާކު ނެތެވެ. އަހަރެން ސައިކަލު ދުއްވާފައި ދިޔައީ ފުދޭވަރަކަށް ބާރު ސްޕީޑުގައެވެ. އެއީ ވެފައިވާ ވަރުބައްޔާއި، ނިދި އައިސްފައި ހުރިލެއްވެސް ބޮޑު ކަމުން އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތް ދޮށުގައި އަހަރެންގެ ނަމުން މީހަކު ގޮވާލިއެވެ. އަހަރެން ސިއްސައިގެން ގޮސް ފަހަތް ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ދެން އެނބުރި ކުރިމައްޗަށް ބަލާލިއިރު އަހަންނަށް ފެނުނީ، އަހަރެންގެ ކުރިމަތިން އަންހެނަކާއި ވައްތަރު އެއްޗެއް ހުރަސްކޮށްލި ތަނެވެ. ބަލަބަލާ ހުއްޓާ އެ އެއްޗެއް ގޮސް ގެއްލުނެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. އެއާއި އެކު ސައިކަލުގެ ސްޕީޑު އެންމެ ބާރުކޮށްލީމެވެ. އެއިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ.

ހުޅުމާލެ ގޮސް ގެއަަށް ވަދެވުނުތަނާހެން އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. އެއާއި އެކު އަހަރެންގެ ހޭވެރިކަން ގެއްލުނެވެ. އަހަރެން ހޭވެރިކަންވީއިރު، އަހަރެން އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއިރު އަހަރެން ކައިރީގައި އަހަރެންގެ އަންހެނުންނާއި، ގާތް ދެތިން ރައްޓެއްސަކު ތިއްބެވެ. ހޭ އެރުމާއި އެކު އެވާހަކަތައް އަހަރެން އެމީހުންނަށް ކިޔާ ދިނީމެވެ. އެ ދުވަހަށް ފަހު އަހަރެން މިއަދާ ހަމައަށްވެސް އެކަނި ދަންވަރު ގަޑީގައި ބުރިޖުން ދަތުރުކުރުމަށް ބިރުގަނެއެވެ.

"މިއީ މި ހާދިސާ ހިނގި ފަރާތުން "ޖަޒީރާ ނިއުސް"އަށް ދީފައިވާ މައުލޫމާތުގެ މައްޗަށް އެ ނޫހުގައި ލިޔެފައިވާ ވާހަކައެކެވެ.. މި ހާދިސާގެ އަސްލު ނުގެއްލޭނެހެން އުނި އިތުރު ގެނެސްފައިވާނެއެވެ."

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާދިގު މަކުނު

    މާރިދު ޖިންނިޔެއްގެ ސިފާގައި ތިފެނުމީ ލާދީނީ އެމްސީހަމީދު!!!!

    44
    13
  2. ލަވަ ކިޔާ އަންހެނާ

    އާދަކޮއް މިމަގުން ކުރި ކަޑާންޔާ ހާލު ކިހިނެއް ތޯ އެހިދާނޭ، ނަން އަހާލަން ޖެހިދާނޭ....

    މިލަވަ ކިޔަމުން ތަ ދިޔައި؟

    13
  3. ތެދު

    ފުރަތަމަ ކަމަކަށް ޖިއްނި ޝައިތާނުން އުޅޭކަން ގަބޫލުނުކުރުން އެއީ މައްސަލައެއް

    31
    1
  4. އައި ސީ!

    ރައްކާތެރިކަމަށް އާޔަތުލް ކުރްސީ ވެސް އަދި އިޚްލާޞް ފަލަޤި ނާސް ވެސް ކިޔަވައިގެން ދަތުރުތައް ކޮށްބަލަ.