ބުޅަލަކީ މިނިކާވަގާއި ސިންގާގެ އިތުރުން އެޒާތުގެ އެހެނިހެން ޖަނަވާރުތައް ހިމެނޭ އާއިލާގެ އެންމެ ކުޑަ ވައްތަރެވެ. ސިންގާ ފަދަ ޖަނަވާރުތަކަކީ ބޮޑެތި ބުޅާތައް ގޮތުގައި ބަލާއިރު، އާއްމު ގޮތެއްގައި އަހަރެމެންނަށް މި ފެންނަ ބުޅާތައް ވަރަށްވެސް "ކިއުޓް" ވެފައި ރަހުމަތްތެރިއެވެ.

ބުޅަލަކީ އޮޅުކޮށްގެން ގެންގުޅޭ މީހުން ފޫހި ފިލުވައިދޭ ބައިވެރިއެއް ކަމުގައި ވާއިރު، ބުޅާ ގެންގުޅޭ މީހުން އެކަނިވެރިކަމުގެ އިހްސާސު ކުރެވޭލެއް މަދުކަން މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ވަނީ ސާބިތު ކުރެވިފައެވެ.

ބުޅާ ދެކެ ބައެއް މީހުން، ޙާއްސަކޮށް އަންހެން ކުދިން ބިރުން އުޅެއެވެ. ނަމަވެސް ބުޅަލަކީ އިންސާނުންނަށް އެއްވެސް ކަހަލަ ހަމަލާއެއް ދޭ އެއްޗެއް ނޫނެވެ. ބައެއް ފަހަރު އޮޅިގެން ވަކި އެޅިދާނެއެވެ. އަދި ލޯބިން ތިމާ އަތުގައި މަޑުމަޑުން ދަތްވެސް އަޅާފާނެއެވެ. ނަމަވެސް އެކަންކަމުން ތިމާ އަށް އެހައި ބޮޑު ތަދެއް އިހްސާސެއް ނުކުރެވޭނެއެވެ.

ދާދި ފަހުން މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިރިހެނަކު އޭނާ ގެންގުޅޭ ބުޅާ ލައްވާ މަސާޖު ކުރާ މަންޒަރު ފެނިގެން ދެއެވެ. އެ ބުޅާ އޭނާގެ ފަައިގެ ފަލަމަސްގަނޑުން ފަށައިގެން ބުރަކައްޓާއި ހަމައަށްވެސް މަސާޖު ކުރެއެވެ.

އެ ވީޑިއޯ ހިއްސާ ކުރަމުން އެ މީހާ ބުނެފައި ވަނީ އޭނާގެ ބުޅާ ހުރިހައި ހިނދަކު މަސާޖު ޕާލާ އަކަށް ގައިގެ އެތަން މިތަނުގައި ހުރި ތަދުތައް ކަނޑުވަން ދާން ނުޖެހޭނޭ ކަމަށެވެ. އެއީ ތެދެކެވެ. ކުރަން ޖެހޭ ހަމަ އެކަނި ކަމަކީ ބުޅާ އެކަން ކުރާ ގޮތަށް އޮޅު ކުރުމެވެ. ބުޅަލެއް ގެންގުޅެގެން އުނދަގޫވުމަށް ވުރެން ބޮޑަށް ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ. އޭގެ ފަރާތުން އުނދަގޫވާ ފަދަ ކަންކަން އަބަދު ފެންނަނަމަ، އަދި ރަނގަޅަށް އޮޅު ނުކުރެވެނީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜަގާ

    ޢެހެންވީިމަ ރަނގަލު ތާަދޯ

  2. ބާރނާޒް

    މަންކީޕޮކްސް ޖެހިދާނެ. ވަރަށް ބިރުގަނޭ، ގެޓް ރިޑް އޮފް ދިސް،

    3
    7
  3. މަގުމަތި

    މަގުމަތި އެއޮ ށް ހާވާާ ހަޑި......މައިންބަފައިންނާ އެ ކު ހިނގަން ނު ކެރެ

    1
    7