ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބުޅާތަކެއް މަރާލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފަސް ބުޅަލެއް ވަނީ މަރާލާފައެވެ. އެ ވީޑީއޯ އާންމު ކުރި މީހާ ވެސް ވަނީ އެއީ ބަޔަކު މީހުން ނުލަފާ ވިއަސް އެއީ ތަންކޮޅެއް ބޮޑު ވަރު ކަމަށް ބުނެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބައެއް ފަހަރު ބުޅާތައް މަރުވެފައި ތިއްބާ ފެނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވެހިކަލް ދަށުވެ ބުޅާ މަރުވި ނަމަވެސް، ގިނަ ފަހަރަށް ފެނިގެން ދަނީ އާންމުންގެ އަނިޔާވެރިކަމެވެ.

މީގެ ކުރިން ވެސް އެކި ރަށްތަކުގައި ބުޅާ މަރާލާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ރ. އުނގޫފާރުން ފެނިގެން ދިޔައީ ހީވެސް ނުކުރާ ކަމެކެވެ. އެއީ ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިޔަ ވާހަކައެވެ.

ހުރިހައި ބާވަތެއްގެ ޖަނަވާރުތަކަށް ވެސް އޯގާވެރި ވުމަކީ އިންސާނުންނަށް އޮތް ވާޖިބެކެވެ. އެސޮރުމެންނަށް އެއްވެސް ގޮތަކުން ގޯނާ ކޮށް، ހާނީއްކަ ކުރުމަކީ ބޮޑު ފާފައެކެވެ.

ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ރާއްޖޭގެ ޤާނޫނުއުޤޫބާތުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ޤާނޫނުގައި ވަކި ޖަނަވާރެއް ތަފާތު ކޮށްފައެއް ނެތެވެ. އެހެންކަމުން ޤާނޫނު ތަންފީޒު ކުރުމުގައި ވެސް ވަކި ޖަނަވާރެއް ތަފާތު ކޮށްގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސޫދު

    އިންސާނުނަށް އެއިން އުނދަގޫވީމަ، މަރަންދޯ ޖެހޭނީ.

    4
    21
    • ާއިޙްޞާޞް..!

      އިންސާނުނގެ އުނދަގޫ ބޮޑުވީމަވެސް މަރަންތަ ޖެހޭނީ. އިންސާނުން އެކަނިތަ ދުނިޔޭގަ އުޅެންޖެހޭނީ؟

      6
      1
    • ޙުސެން

      މަރަން ޖެހޭވަރުގެ ކޮން އުނދަގުލެއްތަ ޖެހިގެން ތިއުޅެނީ !!!!!

      3
      1
    • ޙޫދް

      ޙަކުރުބޯ މީހުންގެ އުނދަގޫ މާބޮޑު .... ދެން މަރަންވީނު .... ދިފާއު ނުވެވޭ ކުދިކިދި ޖަނަވާރަށް އަނިޔާ ކުރަން ކެރޭނީ !!!!

      6
      1
    • ސޫތު

      މަށަށް ކަލޭ އުޅޭތީ އުންދަގޫވޭ. ކަލޭ މަރަން ދާންވީ ދެން؟

    • ...

      ކަލޭގެ އުނދަގޫ ބޮޑުވެއްޖެ. މަރަންވީތަ ދެން؟

  2. ދެރަވޭ

    ތިބާއަށް އުޑުގައިވާ ފަރާތުގެ ރަޙުމަތް ލިބޭނީ ބިމުގައިވާ ފަރާތްތަކަށް ރަޙުމުކޮށްގެންނެވެ.

    17
    2
  3. ރެފްރީ

    ތިވާނީ ޗާގޯސްމައްސަލައިގަ އުޅޭ ކަނޑުވިގަނި އިއްތިހާދުގެކަމެއްކަމަށް

    3
    6
  4. ައަހުމަދު

    އެއްވެސްކަހަލަ ގޮތެއްފޮތެއްނެއް ޖަނަވާރުންގެދަރަޖައިގެ އަމަލުތައް އުޅޭބައެއް ކޮށްފައި ވާ ކަމެއްތީ.

    14
  5. ޔޯގޭޝް ވަރާޔަ

    އިންސާނުން ވެސް މަރަނީ!

  6. ާަމަރީ

    ދެން ހިތުން ވަރަށް މޮޅު ގައްޑާ ކަމެއް ތިއޮތީ ކުރެވިފައި.. ބަޔަކު ލޯބިން އެއްޗެއް ގެންގުޅެންޔާ ގެއްލުން ދިނުމަކީ މިތާ ޢާއްމްކަމެއް.. ދިރިހުރި ފުރާނަތަކެއް އެއްވެސް ޙައްޤަކާއިނުލާ ތިމަރާލީ.. ރަޙުމެއް ޙަމްދަރުދީއެއް ހިތުގައި އޮންނަބައެއްނޫން ތިކަމެއް ތިކުރީ..

  7. ނަސީމް

    ولا تقتلوا النفس الذي حرم الله الا بالحق.
    ދުނިޔެ މައްޗަށް ނޭވާލާ ކޮންމެ އެއްޗަކީ ނަފްސެކެވެ . ޙައްޤަކާ ނުލާ ނަފްސުތައް މަރާމީހުން ދުނިޔޭގައި މަރުވާނީ އޭގެ ބަދަލް ފެނިފައެވެ. ކާޅުތައް މާލޭން ފައްސާ މަރާ ބޭރުކުރަން ރައީސް އިބްރާހިމް ނާޞިރް އަމުރު ކުރެއްވިއެވެ. އޭނާވެސް ޖެހުނީ މާލޭން ބޭރުވާށެވެ. މާލެއަށް އެތެރެވީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ

  8. ހަސަން

    ބުޅާ މެރީމާ ހާދަބޮޑުކަމަކަން ވޭދޯ އިންސާނުންމެރީމާކަމަކަ ނުވޭ!

    1
    3