ލޯބިވެރިއާގެ ފަރާތުން ކައިވެންޏަށް ހުށަހެޅުން ނުވަތަ "ޕްރޮޕޯސް" ކުރާއިރު ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނީ ފުރިހަމަ ހަދިޔާއެކެވެ. އެއީ އަނގޮއްޓިއެއް، ފިނިފެންމަލެއް، ނުވަތަ އެހެނިހެން އެއްޗަކަށްވެސް ވެދާނެއެވެ.

މިއީ ދާދި ފަހުން ފޯސީޒަން ރިސޯޓުގައި އިންޑިއާގެ ފެޝަން ބްލޮގަރ ސޯނަމް ބަބާނީ އޭނާގެ ލޯބިވެރިޔާ އަށް ކައިވެނި ހުށަހެޅ ފުރިހަމަ ގޮތުގެ ވާހަކައެވެ. ސޯނަމް އިށީންދެލައިގެން އިނީ ސުވިމިން ޕޫލެއްގެ މަތީގައެވެ. އެޕޫލުގެ ފުރައި ފިނިފެންމާ ފިޔައން ޖަރީކޮށްފައި ވާއިރު މެދުގައި އިނީ "ވިލް ޔޫ މެރީ މީ" މިހެން ލިޔެލާފައެވެ. ބަލާބެލުމަށް ސްވިމިން ޕޫލް ވަރަށް ފުރިހަމައެވެ. އަދި އެތަނުގައި ވަށައިގެން ފެންނަ ގުދުރަތީ ނޫ ފަޅާއި ސާފު އުޑުމަތިން އެ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ.

މިއީ ކޮންމެ އަންހެން ކުއްޖެއްވެސް ލޯބިވެރިޔާގެ ފަރާތުން ލިބުން އެންމެ ހިތް އެދޭ ފަދަ ހަދިޔާއެކެވެ.

ފޯސީޒަން އިން މައުލޫމާތު ދިން ގޮތުގައި އެޕޫލް ޒީނަތްތެރި ކުރުމަށް މުޅި ޖުމްލަ 2000 ފިނިފެންމާ ބޭނުންވިއެވެ. އެހެންކަމުން ސޯނަމް އޭނާގެ ލޯބިވެރިއާ އަށް ޕްރޮޕޯސްކުރީ 2000 ފިނިފެންމަލާއި އެކުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި އެވަރުގަދަ ހަދިޔާ އަށް ފަހު ކައިވެންޏަށް އެހުމަށް ލޯބިވެރިޔާގެ ފައިދޮށަށް ކުޑަކަކޫ ޖެހީ ރީތި އަދި އެހާމެ އަުބޮޑު އަނގޮޓި އަކާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާރާ

    އުޅޭނެހާގޮތަކަށް އުޅެފަ ވިލްޔޫމެރީމީ ....ވަރަށްކަޑަ....ކޮބާބޭނުމަކީ.......އިސްލާމީރީތިއުސޫލު މާރޮމޭންޓިކް

    52
    5
    • ކެނެޑީ

      އިސްލާމްދީނުގަ އޮންނަނީ އަނެކާއަށް ލިބޭ ދެރާގައި ތިމާ ބައިވެރިވާ ފަދައިން އަނެކާއަށް ލިބޭ އުފަލުގައިވެސް ތިމާ ބައިވެރިވާން، ހަސަދަވެރިނުވާން، އެމީހުންނަށް އިސްލާމީ ހިދާޔަތްލިބޭތޯ ދުއާކޮށްލުން މާބުއްދިވެރި.

      24
      1