ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިނިއަރު ކައިލީ ޖެނާ އޭނާގެ ކޮސްމެޓިކްސް ކުންފުނީގެ ހިއްސާ އެހެން ކުންފުންޔަކަށް ވިއްކާލައިފިއެވެ.

އުމުރުން 22 އަހަރުގެ ކައިލީ އަކީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ސެލެބްރިޓީއެކެވެ.

ކައިލީ ވަނީ އޭނާގެ ކޮސްމެޓިކްސް ކުންފުނީ އާއި ކައިލީ ސްކިންގެ ހިއްސާ "ކޯޓީ" ނަމަކަށް ކިޔާ ކުންފުންޏަކަށް 600 އެމެރިކާ ޑޮލަރަށް ވިއްކާލާފައިވާ ކަމަށް މީސްމީޑިއާގައި މިހާރު ބުނެފައެވެ. ކައިލީ ކުންފުނީގެ ހިއްސާ ވިއްކާލުމުން ކުންފުނީގެ 51 އިންސައްތަ ހިއްސާ އޮންނާނީ "ކޯޓީ" އަށެވެ. ކޯޓީ އަކީ ހިއުގޯ ބޮސް ފަދަ މަޝްހޫރު ބްރޭޑްތައް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

ކައިލީ ބުނެފައިވަނީ އޭނާ ބޭނުން ވަނީ އޭނާގެ ކޮސްމެޓިކް ބްރޭންޑް މުޅި ދުނިޔޭގެ މީހުން ބޭނުން ކުރާ ބްރޭންޑަކަށް ހެދުން ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ރިޕޯޓް ތަކުން ދައްކާގޮތުގައި ކައިލީ ވަނީ މިދިޔަ އަހަރު އޭނާގެ ކުންފުނިން ފައިދާގެ ގޮތުގައި 360 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ދައްކައެވެ.

ކައިލީގެ ކުންފުނި އުފައްދާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެއީ އޭރު އޭނާ ލިޕްސްޓިކް ވިއްކުމަށެވެ. އެއަށް ފަހު އޭނާ ވަނީ ރީތިވާން ބޭނުން ކުރާ އެކި ކަހަލަ ސާމާނުތައް ވިއްކަން ފަށައި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި ދުނިޔޭގެ ގިނަ ބަޔަކު މިހާރު އޭނާގެ ބްރޭންޑް ބޭނުން ކުރެއެވެ.

ކައިލީގެ މަޝްހޫރު ކަމުން އޭނާގެ އަމިއްލަ އިސްޓަގްރާމްގައި ވެސް 151 މިލިއަން މީހުން އޭނާއަށް ފޮލޯވާސް ތިބެ އެވެ. އަދި އޭނާގެ ކޮސްމެޓިކްސް ޕޭޖްގައި 22 މިލިއަން މީހުން އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލީ ބޯ

    އެންމެ 600 އެމެރިކާ ދޮލަރަށް. ތިއަގަށް ވިއްކާކަން އިނގޭނަމަ މަވެސް ގަތީމުސް. ވަރަށްދެރަ މިވީގޮތް.

    20
  2. ޙުސެން ސަރިފު

    އެންމެ 600 އެމެރިކާ ދޮލަރަށް. ތިއަގަށް ވިއްކާކަން އިނގޭނަމަ މަވެސް ގަތީމުސް. ވަރަށްދެރަ މިވީގޮތ