އިނގިރޭސިވިލާތުގެ އުމުރުން 34 އަހަރުގެ އަންހެނަކު ސްޕޭނަށް ގޮސް އުޅެނިކޮށް ކާޑިކް އެރެސްޓަކަށް ގޮސް ހަ ގަޑިއިރު ވަންދެން ހިތް ހުއްޓިފައި އޮއްވާ ސްޕޭންޑް ޑޮކްޓަރުން ފަރުވާ ދީގެން އޭނާގެ ހާލު ރަނގަޅު ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ވޯލް ޑީހެބްރޮން ހޮސްޕިޓަލްގައި އެޑްރޭ މާޝް ނަމަކަށް ކިޔާ އަންހެން މީހާ އަށް ފަރުވާ ދެން ފެށީ ނޮވެމްބަރ 03 ވަނަ ދުވަހު ކަމަށެވެ. އޭނާ އަށް ފަރުވާދޭން ފުރަތަމަ ފެށީ ސްނޯގެ ތޫފާނެއްގައި ލިބުނު އަނިޔާ ތަކެއްގެ ސަބަބުންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މާޝް ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ހަށިގަނޑުނުގެ ހޫނުމިން 37 ޑިގްރީ ސެލްސިއަސްގައި ހުންނަން ޖެހުނު ނަމަވެސް އޭނާގެ ހަށިގަނޑުގެ ހޫނުމިން ހުރީ 20 ޑިގްރީ ސެލްސިއަސް ގައެވެ.

މާޝް އަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހައި ގިނައިރު ވަންދެން ހިތް ހުއްޓިފައި އޮތް މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

"މިއީ މަރުވެފައި އޮންނަތާ ހަގަޑިއިރު ފަހުން އަނެއްކާ ދިރުން ފަދަ ކަމެއް. މިފަދަ ކަމެއް ވަރަށް މަދުން ނޫނީ ދިމާނުވާނެ." އިސް ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

މާޝްގެ ފުރާނަ ސަލާމަތް ކުރުމުގައި އެންމެ ބޮޑު އެހީއަކަށްވީ އަވަހަށް ފަރުވާ ދެވެން ފެށުން ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުންގެ ގިނަ މަސައްކަތްތަކަށް ފަހު މާޝްގެ ހިތުގެ ހިނގުން އަލުން އަނބުރާ އިޔާދަވި ނަމަވެސް އަދިވެސް އޭނާގެ ހާލު އެއްކޮށް ރަނގަޅެއް ނުވެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މާޝް އަށް އަދިވެސް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް މިހާރު އޭނާގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ނެތް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންމެންގެ ކައުޅު މައި ކައުޅު

    "މިއީ މަރުވެފައި އޮންނަތާ ހަގަޑިއިރު ފަހުން އަނެއްކާ ދިރުން ފަދަ ކަމެއް. މިފަދަ ކަމެއް ވަރަށް މަދުން ނޫނީ ދިމާނުވާނެ." އިސް ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.
    އޭގެ މާނަ އެއް ނޫން އެއީ އެނާ 6 ގަޑި އިރަށް މަރުވެފަ 6 ގަޑި އިރު ފަހުން ދިރުން... .... ލިޔާ އިރު މީހުންނަށް ފަހުމު ވާހެން ސުރުހީ ލިޔެބަލަ ??

    29
    4
    • ސްމައިލް ބުރޯ

      ނޫސްލިޔުމަކީ ކުޑަކުދިންނަށް ވިސްނޭނެ ކަމެއްނޫން، ㋡ މީހުންގެ ޝައުގުވެރިކަމާއި ކިޔާލާއިރަށް ހޭބަލިވާކަހަލަ ސުރުހީތައް ހަމަ ފެންނައިރަށް ފިތާލުން ބޭނުމަކީ. ޔައަނީ ކަލޯވެސް ތީނީހަމަ ބޭނިފައޭ، ބާނާލާފައޭ ㋡
      ޖަސްޓް ޗިލް އެންޑް އެންޖޯއީދަ ލައިފް "ކުޑަކުޑަކައުޅު"، ވައިސޯ ޓެންޝަން؟ ޔޫ އޯލްވޭސް ލައިކްދިސްތަ؟ ㋡ ގިނަގިނައިން ސްމައިލްކުރަން ދަސްކޮށްބަ ބުރޯ! ލައިފް އިޒް ސޯ ފަން އެންޑް ޗިލިންގް، އިފް އޮންލީ ޔޫ ގިވްއިޓް އަޓްރައި.. . ނޯ؟ ސްމައިލް ބުރޯ

      1
      1
      • މާ ކައުޅު

        އައްޗޭ... ކޮންމެ އެއްޗެއް ޖަހައިން މުުރުތަދުވެ ދީނުން ބޭރުވެގެންވެސް މީހުންގެ ޝައުގުވެރިކަން ހޯދުނީމަ ނިމުނީ؟؟؟؟؟؟ ތިކަހަލަ މީހުން ލައިގެން ގައުމު ކުރިނާރަނީ ??‍♂️ ވާންޗޯސް

  2. ޢަލީ

    މަރުވެފައި ދިރޭވާހަކަ ލިޔުން ރަނގަޅުބާ؟

    17
    5
  3. ޒީޝާ

    ވަގުތުގެ ނޫސް ވެރިން ހެޑް ލައިން ލިޔާއިރު ތަންކޮޅެއް ޒިންމާދާރުވާވެއްޖެ ދޯ !

    4
    1