ދެމަފިރިން އެކުގައި ފިލްމެއް ބަލާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެދެމެދުގައިވާ ލޯބިިއިހުނަށް ވުރެ އިތުރުވާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުންގެެ ދިރާސާތަކުުން ދައްކާފިއެވެ.

ކައިވެންޏަށް ފަހު ގިނަ ބަޔެއްގެ ދިރުއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތައް އާދެެއެވެ. މިގޮތުން އެކުގައި ސަކަރާާތް ޖަހަން ހޭދަކުރާ ވަގުތުތަައް މަދުވެ ޒިންމާތައް އަދާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރެވެއެވެ. އަދި ދަރިއެއް ލިބެއްޖެނަމަ ދެމަފިރިން އެކަނި ހިތްހަމަ ޖެހިލައިގެން ވާހަކަ ދައްކާލާނޭ ވަގުތެއްވެސް ގިނަ ފަަހަރަށް އޮންނަނީ ނުލިބިފައެވެ. މީގެ ސަބަބުން އެދެމެދުގައިވާ ގާތްކަން ކެނޑެއެވެ. އަޅާނުލާ ހުރި ކަމުގައި ވިޔަސް އެދެމެދުގައިވާ ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވެގެން ދެއެވެ. ނަތީޖާއަކަށް އަކަށް ވަނީ ކުދިކުދި ކަންކަމުގައި ފަސޭހަކަމާއި އެކު ރުޅި އިސްކުރެވުމެވެ.

މީގެ އިތުރުން ދެމަފިރިން ވަރިފަށަށް އަރަނީވެސް މިފަދަ ކަންކަން ދިމާވުމުންނެވެ. އެއްދާން ކޮށްގެން ދެމަފިރިިންނަށް ލިބޭ ހިތްހަމަޖެހުމަކީ އެއްވެސް ހާލެއްގައި އެދެމެދުގައިވާ ލޯބި އިތުރުވާ ކަމެއް ނޫނެވެ. ވީމާ ނިދާ ވަގުތު ނޫން ކޮންމެސް އެއްގަޑިއެއްގައި ހަމަޖެހިލައިގެން ތިބެ ދެ މީހުން ވާހަކަ ދައްކާލަން އެބަޖެހެއެވެ. ނޫންނަމަ އެކުގައި ފިލްމެއް ބަލާލުމަށޤ ވަގުތުކޮޅެއް ހޭދަކޮށްލަން އެބަ ޖެހެއެވެ.

މިގޮތުން ބަޔެއްގެ ނުވަތަ މީހެއްގެ ދިރިއުޅުމަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ބެލިދާނެއެވެ. މިފަދަ ފިލްމްތައް އެކުގައި ބެލުމުން އަނބިމީހާ އަށާއި ފިރިމީހާއަށް ދިރިއުޅުމުގައި ކުރެވޭ ނޭދެވޭ ކަންތައްތައް ފާހަގަވެގެން ދާނެއެވެ. އަދި ބާއްޖަވެރި ހަޔާތެއް ބައްޓަން ކުރުމަށްޓަކައި އެތަށް ގިނަ އިބްރަތްތަކެއް ލިބިގެން ދާނެއެވެ.

ލޯތްބަކީ ގަނެވޭނޭ އެއްޗެއް ނޫނެވެ. އަދި ހަޔާތަކީ އިނގިރޭސި ބަހުން ބުނާނަމަ "ފެޔަރީޓޭލް" އެއް ފަދައިން ހިޔާލީ އެއްޗެއްވެސް ނޫނެވެ. ވީމާ ކޮންމެ ކައިވެނީގެ ކުރިން ފިރިމީހާ އަނބިމީހާގެ ހިތް ރުއްސަންް ކުރިކަންތައްތަކާއި ހިތްހަމަ ޖައްސާލަން ދިޔަ ތަންތަން މަތިން ކައިވެންޏަށް ފަހު ހަނދާން ނައްތާނުލާށެވެ. ވަރިފަށަށް އެރުން މަދު ކުރެވޭނީ އެދެމެދުގައި ލޯބި އިތުރުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރިޔާ

    ލައިލާ އާ ނަޝީދަށް ގިނަގިނައިން ފިލްމުދައްކަންވީ. ގުނަވަން ހޭލާ ވާހަކަ ބުނަން ގުޅަނީ މާރިޔާއަށްވިއްޔާ.

    11
    2
  2. ހުސޭނުބޭ

    ކަންތަކާ ތި ޖެހުނީ. ދެން މަވީ އަނބި ގޮއްޔަ ގޮވައިގެން ކޮންމެ ރެޔަކު އެޔޮއް އަންނަ ހުރިހައި ސީރީޒްތަކެއް ބަލަން! ކޮއްކޮމެންނޭ! އަޅެ އެންމެ ފަހަރަކުވެސް މި ނޫހުގައި ޖަހާދީބަލަ ދެމްފިރިން އެކުގައި ޗެމްޕިއަންސް ލީގު ބެލުމަކީ އެހެންނޫނީ ޕްރެމިއަ ލގު ބެލުމަކީ ލޯބި އިތުރުވާކަމެކޭ! އޭރުންދޯ އާދިއްތަ ހޯމްވިލޭރޭ އަނބިގޮއްޔެ ތަންކޮޅެއް ކޫލްކޮށް ހުންނާނީވެސް!

    6
    16
    • XD

      ތިކަހަލަ ވިސްނުމުގެ ފިރިހެނުން ނަށޭ ކަމެއް ނުވެގެން ތިއުޅެނީ.

      14
      4
  3. ނުވާނެ އެހެނެއް

    ފިލްމެއްނޫން ބަލަންވީ! ދެމަފިރިން އެކުގައި ނަމާދު ކުރުމުން ލޯބި އެކަންޏެއް ނޫން ބަރަކާތާއި ސަވާބު ވެސް އިތުރުވޭ!

    52
    3
  4. ހެހެ

    އެއްމެ ރަނގަޅީ ކޮންކަހަލަ ފިލްމެއްތޯ ބަލަން ދިރާސާއެއް ކޮށްލަން ފެންނަނި!

    6
    4