އުމުރުން ދުވަސްވީ މީހަކު ގޮވައިގެން ކުރި ދަތުރަކަށް އޭނާގެ އެހީތެރިޔާގެ އަތުން ފައިސާ ނުހިފި ޓެކްސީ ޑްރައިވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ޓީވީ ޕްރެޒެންޓަރ މޫސާ ރިލްވާން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ އޭނާގެ (ބަފައިބެ) ގޮވައިގެން ކްލިނިކަކަށް ދިއުމަށް މަޖީދީ މަގަށް ނިކުމެ ޓްކްސީއެއް ހޯދަމުން ދަނިކޮށް، އެތައް ދަތުރެއް ލިބެން އޮއްވައި ޓެކްސީއެއް އެދެބަފައިން ކާރަށް އެރުވި ކަމަށާއި އަދި، ބޭނުންވި މަންޒިލަށް ދެވުމުން ފައިސާ ދިނިން ކަމަށެވެ.

އެހެން ނަމަވެސް ޓެކްސީ ޑްރައިވަރު ފައިސާގައި ހިފުމަށް އިންކާރު ކުރި ކަމަށާއި، ފައިސާ ދިނުމުން އޭނާ ބުނެފައި ވަނީ "މިއީ ހިލޭ ދަތުރެއް ކަމަށާއި، މިފަދަ ދަތުރުތަކަށް ފައިސާ ނުނެގިނަމަވެސް އުޅެވޭ" ކަމަށެވެ.

އަދި ޓެކްސީއަށް އޭނާގެ ދުވަސްވީ ބަފައިބެ އެރުވުމަށާއި، ކްލިނިކުން ނެރުމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލާ ހަމައެކަކުވެސް އެސަރަހައްދުގައި ނެތް ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Mi carge driverge masakkathuga barakaaiyy lavvai, thanavaskan ithuru kuravvashi! Aameen.Wheel chairga in alhuganduge...

Posted by Moosa Rilwan on Monday, December 30, 2019

އޭނާ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓަށް މިހާތަނަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ޕޯސްޓަށް 3000 އާއި ގާތްކުރާ އަދަދަކަށް ލައިކް ލިބިފައިވާ އިރު 1000 ކޮމެންޓް އަދި އެއަދަދަށް ޝެއާ ވަނީ ލިބިފައެވެ.

އެޑްރައިވަރަށް ހެޔޮ ރަހުމަތް ލައްވައި އޭނާގެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް ގިނަ ބަޔަކު ވަނީ ދުއާކޮށްފައެވެ.

ދިވެހިންނަކީ އެއްބައިވަންތަކަމާއި، އަނެކުންނަށް އެހީތެރިވުމުގައި މިފަދަ ދެވަނައެއް ނުވާ ބައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބަރުގޮނު

  މީހުންނަށް ހެޔޮމީސްވެ ރަގަޅަށް ކަންތައްކޮށްދޭ ހެޔޮލަފާ އިޙްސާންތެރިންގެ ދަރުމަ ރަޙްމަތްވަންތަ ﷲ ގެއްލެނި ނުކުރައްވާނެތެވެ. މިޑްރައިވަރަށް ހެޔޮޖަޒާ ދެއްވާށިއެވެ. އާމީން

  40
 2. Anonymous

  މމާޝާﷲ.
  އޭގެ ހެޔޮކަން ފަހުން ލިބޭނެ
  މިއިން އެނގޭނީ އަދި ރަނގަޅު މީހުން ހުސްނުވާ ކަން.

  30
 3. އެއާޕޯޓް

  އެއާޕޯޓު ދަތުރަށް 60 އަށްވުރެން ގިނައިން ލާރި ނަގާ ޑުރައިވަރުންގެ މައްސަލަ ރިޕޯތުކުރަން ޕޯނު ނަންބަރެއްއިދޭ. ބުރުމާ ގާސިމުގެ ރިސޯޓުތަކުން ގާނޫނު ބުނާ ސާވިސްޗާޖް ނުދީގެން އެކަން ބެލޭނެ ގޮތެއްނެތް. ސަލާމަތީބާރުރަކުން ޓެކްސީ ޑުރައިވަރުން ފުންޑާލަން ނުކުމެ ޓުރާންޕޯޓު މިނިސްޓަރު ޓެކްސީ ޑުރައިވަރުންނާ ތަޅަން ނިކުތްއިރު ގާސިމު އާއިތަޅަންކެރޭ މިނިސްޓަރެއްވެސް މައްސަލަބަލާނެ ތަނެއްވެސް ނެތް.

 4. ޖިންނި ތަ

  14 14 ގެ ޑްރައިވަރަކުވެސް އަޅުގަނޑަށް އެހީތެރިވި މަގު އޮޅި ގެން އަންނަން ނޭގުނީ ހިނގަ ހިނގާފަވެސް ނުކުމެވެނީ ކަޅުތުއްކަލާ ކޮށި ކާރިއަށް އެޑްރައިވަރަށް ފައިސާ ދިނުމުންވެސް ނުހިފި

 5. ހައ

  ތީ އާންމު ކަމެއް. ދާއިރާ މީހަކާ ޖެހުނީމަ ހެޑް ލައިން އަޅާލީ.

  3
  6
 6. ދަތުރުވެރިޔެއް

  ރަނގަޅު ޑުރައިވަރުން އުޅޭފަދައިން ވަރަށް ގޯސް ޑުރައިވަރުންވެސް އުޅޭ. އަޅުގަނޑު އެއަރޕޯޓުން މާލެއަށް ކުރި ދަތުރަށް ފައިސާ ދެއްކުމަށް 100 ރުފިޔާ ދިނުމުން ބާކީ ނުދީ ފިލައިގެން ދިޔަ ޑްރައިވަރަށް މާފެއްނުކުރާނަން. އަޅުގަނޑު މާލޭގެ ގެޔަކުން ދަރުބާރުގެއަށް ކުރި ދަތުރަކަށް 50 ރުފިޔާ ނެގި ޑްރައިވަރަށްވެސް މާފެއް ނުކުރާނަން. މީނާ ބުނީ މާލޭގެ ދަތުރުތައް ތިމަންނަ ކުރަނީ 50 ރުފިޔާއަށޭ.

  2
  2
 7. ޖިމްނާ

  ޓީވީ ޕުރެޒެންޓަރ ވީމަ މީހުންގެ ސަމާލުކަމަށް ގެންނަންކުރި ކަމެއް އެކަށްވެއްޖެ