އައްޑޫސިޓީގައި ޕަސެންޖަރަކަށް ޖިންސީ ގުނަވަން ދެއްކީ ޓެކްސީ ޑްރައިވަރު އެކަން ސިއްރުކޮށްދިނުމަށް އެދި އާދޭސް ކޮށްފިއެވެ.

ޕަސެންޖަރަކަށް ޖިންސީ ގުނަވަން ދައްކާ ފުރައްސާރަކޮށްފައި ވަނީ އިއްޔެ އައްޑޫސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރެކެވެ. އޭނާ އެކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިފަދަ ވީޑިއޯއެއް ދައުރުވަމުން އަންނަ ދަނޑިވަޅެއްގައި ޓެކްސީ ޑްރައިވަރާއި އެހެން މީހަކު މުއާމަލާތް ކޮށްފައިވާ މެސެޖުތަކެއް ވެސް މިހާރު ވަނީ ދައުރުވާން ފަށާފައެވެ. އެމެސެޖުތަކުގައި ޓެކްސީ ޑްރައިވަރާއި ވާހަކަ ދެއްކި މީހާ ބުނެފައިވަނީ ފިރިހެން މީހާގެ ދަރިން ތިބޭއިރު އެފަދަ ކަމެއް ކުރިއިރު، އެއްވެސް ވަރަކަށް ލަދު ނުގަންނަތޯ ސުވާލު ކޮށްފައެވެ.

އެމެސެޖަށް ޖަވާބު ދެމުން ޓެކްސީ ޑްރައިވަރު ބުނެފައިވަނީ އޭނާއަށް ކުރެވުނީ ކުށެއްކަން ގަބޫލު ކުރާ ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މާފު ކުރުމެއް ނެތް ކަމަށާއި އެކަން ދެން ކުރިއަށް ގެންދާނީ ފުލުހުން ކަމަށް ވެސް ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

މައްސަލަ ފުލުހުންނާއި ހަމައަށް ގެންދާނެ ކަމަށް ބުނުމުން ޓެކްސީ ޑްރައިވަރު ވަނީ އެކަން ސިއްރު ކޮށްދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން އެމީހާ ކައިރިން "ޕްލީސް" ބުނެ އާދޭސް ކޮށްފައެވެ.

އަދި އެކަހަލަ އަމަލެއް ދުވަހަކުވެސް ނުކުރާނެ ކަމަށް ވެސް ޑްރައިވަރު ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި ޓެކްސީ ޑްރައިވަރަކު ޕަސެންޖަރުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރި ފަރާތުން ބުނެފައިވާ ގޮތުގައި އައްޑޫސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރެއް ޕަސަންޖަރުން ތިއްބާ ޖިންސީގުނަވަން ނެރެ ޖިންސީ ފުރައްސާރަ ވަނީ ކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ވީޑިއޯ ކޮށްފައިވަނީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިން ޕަސެންޖަރެކެވެ. އަދި ކުޑަ ކުދިން ވާހަކަދައްކާ އަޑުވެސް އެ ވީޑިއޯ އިވެއެވެ.

ރާއްޖޭގައި ޖިންސީ ގުނަވަން ދެއްކުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިންތިހާއަށް ދަނީ އިތުރުވަމުން ނެވެ. ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސް ހިސާބުތަކުން ވެސް އެކަން ހާމަވެއެވެ. އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ވެސް އެފަދަ ގިނަ މައްސަލަތަކެއް ހުށަހަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޟޮބޭ

    އިންޑިޔާގެ ސަގާފަތް މިހިރަ އާލާވަމުން ދަނީ

    60
    8
    • މަގޯ

      އެހެން މީހުން ބޮލުގަ ކަންކަން ނާޅުވައި ކަލޭ އިސްލާހުވެ ދަރިން ތަރުބިއްޔަތު ކުރެވޭތޯ ބަލައިބަލަ. ކަލެޔާ ކުރިމަތި ފަރާތް ދެއްކި މީހާގެ އަދަބު އަހުލާގެއް ހަމަ ނެތީ

      15
      6
  2. އަލިމުތް

    ކޯޗެއް ސިއްރުކުރަން. އެހެން މީހުންގެ ދަރިންނަށް ދައްކަން ލަދު ކޮބާ؟ އަމިއްލަ ދަރިންނަށް ފެނުނީމަ އޮންނާނެ ނުބޮވިގެން އުޅޭ ބޮނޑި ބޮވިފަ.

    49
    2
  3. ޑައެލޯގް

    މިއީ ބިރަކާނުލާ މަޖާކުރެވޭ ސަރުކާރެވެ. އެހެންވީމަ ތިކަހަލަކަންކަން އިތުރުވާނެއެވެ، އަދި ރިއެކްޓެއްވެސް ނުކުރާނެއެވެ.

    30
    5
  4. Anonymous

    ފިކުރާ ޚިޔާލު ނުކޮށް ހަވާނަފްސަށް ލަގަން ދޫކޮށްލީމާ ވާންވީ ގޮތް މިހިރަ ފެންނަނީ. ތަންކޮޅެއް އަބުރުވެރިކޮށް ތާހިރު ރީތިރީތި އުޅުމެއް މިތާ އުޅެފާ ދިޔުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި އުޚުތުން އަޚުންނަށް ވަސިއްޔަތްކުރަން.

  5. މުހައްމަދު

    ޤަބޫލު ކުރިޔަސް ނުކުރިޔަސް ތި ހުރިހާ ކަމެއްގެވެސް އަސްލަކީ ރާއްޖޭގައި ގިނަ އަންހެންވެރިން ހެދުންލައިގެން ނިވާނުވެ އުޅުން. ކިތެމެވަރަކަށް ކަންކަން ރަނގަޅު ކުރަން މަސަކަތްކުރިޔަސް އަންހެންވެރިން އެއުޅޭ އުޅުމަކުން ރަނގަޅެއް ނުފެނާނެ.

    11
    10
    • ހަސަނާ

      އަމިއްލައައް އިސްލާހުވެފަ އެހެންމީހުންގެ ވާހަކަ ދައްކާނީ. އޮރިޔާމުން ތިއްބަސް ނުޖެހޭނެ އެވައްތަރަށް އުޅޭކަށް

      2
      1
  6. ޓެކްސީ ޑްރަވަރު

    ދެން ސޮރީއޭ 🥺

    1
    1
  7. ކޭ

    ވަހުށީ ފިރިހެނާ އެންމެނަށް ދައްކާކަށް ނޫންތަ ނެރެނީ ކޮން ސިއްރުކުރާކަށް.

  8. ފީއަލީ

    މިބާވަތުގެ ކަންތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން އެބަޖެހޭ.. ގައުމުގެ ހާލަތު މިދަމީ ހީވެސްނުކުރާނެހާ ނުރައްކާތެރި ހިސާބަކަށް.. ދައުލަތާއި އާއްމު ރައްޔަތުން މިކަހަލަ ފަސާދަތައް، ދީނާއި ހިލާފުވާ ކޮންމެ އަމަލެއް ހުއްޓުވަން އެކައްޗެއް ކިޔަންއެބަޖެހޭ ސިޔާސީ ފިކުރު އެއްފަރާތް ކޮއްފައި ޤައުމުގެ ތަރައްޤީއާއި ރައްޔަތުންގެ ރައްކާތެރިކަމައް މަސައްކަތް ކުރަން އެބަޖެހޭ އެހެންނޫނީ މިއަދައްވުރެން މާދަން ކުރަންޖެހޭ ހިތާމަ ބޮޑުވެފައި މާބޮޑައްވެސް ލަދުގަންނާނެ.

  9. ާއަމީން

    ތީ ހާދަހަޑިކަމެކެވެ.