ޓްވިޓަރ އަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރު އެޕްލިކޭޝަންއެކެވެ. ޓެކްނޮލޮޖީއިން ތޮށްޖެހިފައިވާ މި ޒަމާނުގައި ޓްވިޓަރ ފަދަ އެޕްލިކޭޝަންތަށް ބޭނުން ނުކުރާ މީހަކު މަދުވާނެއެވެ. ޓްވިޓަރ އަކީ ގިނަ ބައެއް އެއަށް މަރުދޭ އެއްޗަކަށް ވާއިރު ޓްވިޓަރ އެންމެ ގިނައިން ބޭނުން ކުރަނީ ކޮން އުމުރެއްގެ މީހުންތޯ ބަލާލުންވެސް މުހިންމެވެ.

މިއަހަރުގެ ގޮލޯބަލް ސޯސަލް މިޑިއާ ޕޯޓަލް އިން ދައްކާ ގޮތުގައި ޓްވިޓަރ އެންމެ ގިނައިން ބޭނުން ކުރަނީ އުމުރުން 54 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި ފާއިތުވި ތިން އަހަރު ޓްވިޓަރ ބޭނުން ކުރާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމުގައި އެޕޯޓަލް ގައި ބުނެއެވެ.

އަދި ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މަދުވެފައިވަނީ އެހެން މިސްމީޑިއާތަށް ތައާރަފްވުމުން ކަމުގައިވެސް އެ ޕޯޓަލްގައި ވެއެވެ.

ޓްވިޓަރ ބޭނުންކުރާ 330 މިލިއަން މީހުން ތިބި އިރު ޓްވިޓަރ އޮތީ އެންމެ މަގުބޫލް މީސް މީޑިއާ ލިސްޓުގެ 11 ވަނައިގައެެވެ.

އެންމެ މަގުބޫލު މީސްމީޑިއާ ލިސްޓުގެ އެއްވަނައިގައި އޮތީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ބޭނުންކުރާ ފޭސްބުކެވެ. 2 ބިލިއަނަށްވުރެއް ގިނަ މީހުން ފޭސްބުކް ބޭނުންކުރާއިރު އެންމެ ކުރިއަރަމުންދާ މީސް މިޑިއާ އަކީވެސް އެއީއެވެ. އެންމެ މަގުބޫލު މީސްމީޑިޢާ ލިސްޓުގެ ތިންވަނައިގައި ޔޫޓިއުބް އޮތް އިރު ހަތަރުވަނައިގައި އޮތީ ވަޓްސްއަޕްއެވެ.