ޑްވޭން ޖޯންސަން ނުވަތަ "ރޮކް" އަކީ ބެލުންތެރިންގެ މެދުގައި މަޤުބޫލު ތަރިއެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރޮކްގެ ފޭން ބޭސް އަށާއި އޭނާއާ މެދު އެހެން ތަރިން ދައްކާ ވާހަކައިން މިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

އެގޮތުން ޖޯންސަންއާއެކު "ރޭމްޕޭޖު" ގައި ހަރަކާތްތެރިވާ ކުޅަދާނެ ބަޠަލާ، މަލިން އެކާމަން ބުނެފައިވަނީ ޖޯންސަން އަކީ ވަރަށް ހިތްހެޔޮ މީހެއްކަމަށެވެ. އަދި، އެއީ އެންމެންނަށާއި މުޅި ތަނަށްވެސް އުފާވެރިކަން ގެނެސްދޭ "ޓެޑީ ބެއަރ" އެއްކަމަށް ބުނެފައިވެއެވެ. މަލިން މިހެން ބުނެފައިވަނީ "ޕީޕަލް ޑޮޓް ކޮމް" އަށް ދިން އިންޓަވިއުއެއްގައެވެ.

"... އޭނާއަކީ ބޮޑު ޓެޑީ ބެއަރ އެއް ކަހަލަ މީހެއް. އޭނާގެ މުޅި ހިނިތުންވުން، މުޅި ތަން ހޫނުކޮށްލާނެ (އުފާވެރިކަން ގެނުވާނެ) (....) އަހަރެންނަކަށް އޭނާއާ ބެހޭގޮތުން ނުރަނގަޅު އެއްވެސް އެއްޗެއް ނުބުނެވޭ." 39 އަހަރުގެ އެކްޓްރެސް ބުނެފައިވެއެވެ.

މި ދެ ތަރިން އެކުގައި ހަރަކާތްތެރިވާ ފިލްމު ރޭމްޕޭޖު ސިނަމާތަކުގައި އަޅުވާ، ރިލީޒްކޮށްފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. ފެންޓަސީ އަދި ސައިންސް ފިކްޝަން ޖޯންރާ އަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ 120 މިލިޔަން ޑޮލަރުގެ ބަޖެޓަކާއެކު އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ބިނާކޮށްފައިވަނީ ވީޑިޔޯ ގޭމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހޭ: ފޮޓޮއިން އެ ފެއްނަނީ މޯދީތާ.