ޓީވީ ޕްރޮޑިޔުސަރ އިލިޔާސް ވަހީދު (އިއްލެ) ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ލީކުކޮށްލައިފިއެވެ.

"ހާށަވިޔަނި" ކިޔާ ޗެނަލަކުން މިފިލްމު ޔޫޓިއުބުގައި ލީކުކޮށްލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިހާތަނަށް މި ފިލްމު ޔޫޓިއުބުން 500 އަށްވުރެ ގިނަ ބަޔަކު ވަނީ ބަލާފައެވެ.

"ބަވަތި" އަކީ ގިނަ ބައެެއްގެ ތަރުހީބެއް ލިބިގެން ދިޔަ ފިލްމަކެވެ. މި ފިލްމުން ހައްތަހާވެސް ދާއިރާ އަށް އާތަރިންތަކެއް ފެނިގެން ދިއުމަކީ ފިލްމަށް އޮތް ތަރުހީބު އިތުރުވެގެން ދިޔަ ކަމެކެވެ.

ބަވަތި ރިލީސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

މި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަކުންވެސް ބުނެފައި ވަނީ، މާލެ އޮލިމްޕަހުގައި އަލަށް ފިލްމު އެޅުވިއިރުން ފެށިގެން ފިލްމަށް އައީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން ކަމަށެވެ.

މި ފިލްްމުން ދައްކައިދެނީ، މާލޭ ފިރިހެން ކުއްޖެއް، އަތޮޅުތެރޭގެ ރަށަކަށް ގޮސް އެރަށުން ކުއްޖަކާ ކައިވެނިކޮށްގެން މާލެ ގެނައުމަށްފަހު އެ ކުއްޖާއަށް އެ ގޭތެރެއިން ކުރިމަތިވާ އާދަޔާ ހިލާފު ކަންތައްތައްކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުއައިބެވެ. ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ އަލަށް ދާއިރާއަށް ނުކުތް އަހްމަދު އިފްނާޒް ފިރާގެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަރުދަތި

    ކޮލިޓީ ވަރަށް ކަޑަ، ދެން އަޅުވާ ފަހަރަކު އޮލިމްޕަހުން ބަލާލާހިތްވަނީ

    21
    7
    • ބަވަތި

      ދިރާގު ޓީވީ އިން ބަލާލީމަ މާ ސަޅި.

      17
      7
      • ދިރާފާ

        ދިރާގު ބޭނުމެއް ނުކުރަން މުޅި ރާއްޖޭގަވެސް ހުރި އެންމެ ސްލޯ، އަގުބޮޑު ނެޓްވޯކް

  2. ކާށިދޫމީޙާ

    ތި ވެސް ޙަބަރެއްދޯ.. ދިވެހިން ފިލްމުކުޅޭ ކަމެއް އަދި ދިވެހި ފިލްމު ހުންނަ ކަމެއް ވެސް ނޭންގެ.. މިދެން މާމޮޅު ބައެކޯ. ތިހާ ފޫހިވާ ބަޔަކު ނޫޅޭނެ މި އުޑު ދަށުގަވެސް.

    15
    37
    • ދިދަ ދަނޑި

      ދިވެހިން ފިލްމު ހުންނަކަން ނޭނގި ދިވެހިން ފިލްމު ކުޅޭކަން ނޭނގެންޏާ ކީއްކުރަންބާ މިހަބަރު ކިޔާފަ ކޮމެންޓް ތިކުރީ.. ލޮލް

      11
      1
  3. ސަންތި

    އެކަމަކު ނެށް ފިލްމް ފެންނާކައް ތުބުނާ ޕޭޖް އިން.

    • މަވަތިި

      ރިމޫވް ކޮށްފި، އެކަމަކު ގިނަ މީހުން ޑައުންލޯޑުކޮށްފަ އަލުން އަޕްލޯޑު ކުރޭ

  4. ވީޕީއެން

    މިހާރު ސިނަމާގަ އަޅުވާފަ 20 އަހަރު ވާއިރުވެސް ދިވެހި ފިލްމެއް ނުފެނޭ.. ހެޔޮ ދިވެހި ފިލުމު ނުކުޅުނަސް.. ހިންދީ އިނގެރޭސި ފިލުމު ބަލާނީ.. އެންމެނަކަށް ސިނަމާއަށް ފިލުމު ބަލާކަށް ނުދެވޭނެ އެއްނު.

    6
    1
    • ެެެެެޭއޭނަ

      އަރަބިންނަކަށް ކަމަކު ނުދާނެ ހަހަހަހ