އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ހޯދޭނޭ އެންމެ ބޮޑު ކާމިޔާބަކީ ކޮބައި ހެއްޔެވެ؟ އެއީ ގަޑިއަށް ފިލާވަޅު ނިންމުން ހެއްޔެވެ؟ ނުވަތަ ސްކޫލުގައި މުދައްރިސް ދެއްވާ ތަރިއެއް ކޮލުގައި ތަތްކޮށްލުން ހެއްޔެވެ؟

އެކަމަކު އެނގޭ ހެއްޔެވެ؟ އަވަށްޓެރި އިންޑިޔާގެ ދެކުނުގެ ހައިދަރުއާބާދުގެ މި ކުޑަކުއްޖާއަކީ، އުމުރުން އެންމެ ހަތް އަހަރުގައި އިންޑިޔާގެ އެންމެ އުސް އެއް ފަރުބަދަ، މައުންޓް ކިލިމަންޖަރޯ ކޮޅަށް އެރުމުގެ ޝަރަފު ހޯދާފައިވާ ކުއްޖެކެވެ.

މި މަހުގެ ދެވަނަ ދުވަހު، ސަމަންޔޫ ޕޮތުރާޖޫ ނަމަކަށް ކިޔާ މި ކުއްޖާ، ފަރުބަދައިގެ ކޮޅަށް އެރުމަށްފަހު ވަނީ އިންޑިޔާގެ ދިދަވެސް ވިހުރުވާލާފައެވެ. ފަރުބަދައިގެ އެންމެ ކޮޅަކީ، ކަނޑުގެ ފަށަލައިން ފެށިގެން ނުވަތަ ސީ ލެވެލް އިން ފެށިގެން 5895 މީޓަރެވެ.

ކުޑަ ކުޑަ ޕޮތުރާޖޫ ބުނެފައިވާ ގޮތުގައި އޭނާ ފަރުބަދައިގެ ކޮޅަށް އަރަން ދިޔަ ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. އަދި، ކޮޅަށް ދިޔަ މަގަކީ ވަރަށް ގައު ގިނަ މަގެއްކަމަށާއި އެކަމުގެ ސަބަބުން ފަޔަށްވެސް ވަރަށް ތަދުވިއެވެ. އެހެންނަމަވެސް، ތަންކޮޅަކަށް ހިނގާލުމަށްފަހު އަރާމުކޮށްލުމަށްފަހު އަނެއްކާވެސް ދަނީއެވެ.

ޕޮތުރާޖޫ، މީޑިޔާއަކަށް އިންޓަވިއު ދެނީ

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ފަރުބަދަތަކަކަށް އެރުމަށް އޮސްޓްރޭލިޔާ ދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން ޕޮތުރާޖޫގެ މަންމަ ބުނެފައިވާ ގޮތުގައި ދަރިފުޅުގެ މަސައްކަތާމެދު އޭނާ ވަރަށް އުފާވެއެވެ. އަދި، ބައެއް ފަހަރު ދަތުރުގެ ތެރޭގައި މޫސުން ގޯސްވާތީ ވަރަށް ކަންބޮޑުވިކަމަށްވެސް ބުނެފައިވެއެވެ.

ޕޮތުރާޖޫ، މައުންޓް ކިލިމަންޖަރޯގެ ކޮޅަށް ކުރި ދަތުރުގައި އޭނާއާއެކު އޭނާގެ ކޯޗާއި މަންމަ އަދި އިތުރު އަންހެނަކާއި ފަރުބަތަކަށް އެރުމުގެ ޕްރޮފެޝަނަލް މީހަކު ބައިވެރިވެފައިވެއެވެ. ހަމައެހެންމެ، ޓަންޒާނިޔާގެ ޑޮކްޓަރެއްވެސް، ޞިއްޙީ އެހީ ފޯރުކޮށްދިނުމަށް ބައިވެރިވިއެވެ. ޞިއްޙީ ޙާލަތު ތަން ނުދިނުމުގެ ސަބަބުން ޕޮތުރާޖޫގެ މަންމައަށް ކޮޅަށް ނުދެވުނީކަމަށްވެއެވެ. މި ޓީމަށް ފަރުބަދައިގެ ކޮޅަށް އެރުނީ ފަސް ދުވަހުންނެވެ.

ކޮންމެޔަކަސް، މިއީ މިފަދަ ކަންތައްތައް ކުރަން ބޭނުންވާ މީހުންނަށާއި ކުދިންނަށް ހުރި ބޮޑު ނަމޫނާއެކެވެ.