މަޝްހޫރު ލިޔުންތެރިޔާ ޖޫހީ ލިޔުނު ވާހަކައެއްގެ މައްޗަށް ޝޫޖިޓް ސިރްކާ ޑައިރެކްޓުކުރި ބޮލީވުޑް ފިލްމު "އޮކްޓޫބާރ" ގެ ލީޑު ރޯލުން ފެނިގެންދާ ވަރުން ދާވަން އަކީ އަބަދުވެސް އެކްޓުކުރަން މޮޅު ފަންނާނެކެވެ. "އޮކްޓޫބާރ" އެކަމުގެ ހެއްކަކަށް ފުދެއެވެ.

މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރެވުނު، ޝީލް ކުމާރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް އެތައް ފޭނުންގެ ތައުރީފް ލިބެމުންދާއިރު، އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ ފިލްމުގެ ލީޑް ބަތަލު ވަރުންއަށް އޭނަގެ ފޭނުންގެ ފަރާތުން ލިބެމުންދާ ތައުރީފެވެ.

ވަކިން ޚާއްސަކޮށް ބޮލީވުޑްގެ އެކިއެކި ފަރާތްތަކުންނާއި ފިލްމުގެ ޓީމުންވެސް އޭނާއަށް ތައުރީފުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބަނީތާ ސަންދޫ އާއި އެކު ވަރުން މި ފިލްމުން ފެނިގެންދާއިރު، މި ފިލްމުގައި ވަރުން ދައްކައިދީފައިވަނީ އާދަޔާ ޚިލާފު މޮޅު އެކްޓެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވެސް ވަނީ ބުނެފައެވެ.

"މީގެ ކުރިން އެހެން އެއްވެސް ފިލްމެއްގަ ވަރުން މި ކަހަލަ އެކްޓިންއެއް ދައްކައިދީފައެއް ނެތް. މި ކަހަލަ ރޯލެއް ގައި އޭނަ ނުވެސް ކުޅޭ. އެކަމަކު މި ފިލްމު މިހާ ކާމިޔާބު ވީވެސް ވަރުންގެ އެކްޓިންއަށް ލިބުނު ތަރުހީބުންނޭ ބުނެވޭނީ" އޭނާ އިތުރަށް ބުނެފައިވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ވަރުންގެ އެކްޓިންއަށް ލިބެމުންދާ ކޮމެންޓްތަކަށް ޖަވާބުދާރީ ވުމުގެގޮތުން، ވަރުން ވަނީ ޓުވިޓާގައި ޕޯސްޓެއް ޝެއާ ކޮށްފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"އޮކްޓޫބާރ" ރިލީޒް ކުރިތާ ދެ ދުވަސްތެރޭ ފިލްމަށް ވަނީ 12 ކުރޯޑް ރުޕީސް ލިބިފައިއެވެ.