ބޮލީވުޑްގައި އެކި އެކި ޒާތުގެ ފިލްމުތައް ކުޅޭ ބަތަލު ވަރުން ދަވަން އޭނާގެ ކުރިއަށް ރިލީޒް ވާން އޮތް ފިލްމު "ބަވާލް" ގެ ސެޓް ތެރެއިން އޭނާގެ ކޯ ސްޓާރ ޖާންވީ ކަޕޫރްއާއި އެއް މަސް ދުވަސް ވަންދެން ވާހަކަ ނުދައްކާ އުޅުނު ކަމަށް އޭނާ ހާމަކޮށްފިއެވެ.

ވަރުން ބުނީ އޭނާ އެގޮތަށް ކަންތައް ކުރުމުން ޖާންވީ އެކަމާއި ހިތުގައިވެސް ޖެހުނު ކަމަށެވެ. އެހެން ނަމަވެސް، ވަރުން ބުނީ އޭނާ އެގޮތަށް ކަންތައް ކުރީ ފިލްމުގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމުގެ ނިޔަތުގައި ކަމަށެވެ. ފިލްމުގައި ޖާންވީއާއި ވަރުންގެ ކެރެކްޓާއަށްވެސް އެކަކު އަނެކަކު ދެނެގަނެވެނީ ވަރަށް ލަސް ދުވެލިއެއްގައިއެވެ.

މިއީ ވަރުންއާއި ޖާންވީ އެއް ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. އެހެންކަމުން، މި ދެ ތަރިންނަށް އެކަކު އަނެކަކާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އެހެންވީމާ، ވަރުން ބުނީ އޭނާ ޖާންވީއާއި ވާހަކަ ނުދައްކާ ފިލްމު ސެޓްގެ އެހެން މީހުންނާއި ވާހަކަ ދައްކާ ހެދުމުން އޭނާގެ ކެރެކްޓަރ ޑިވެލޮޕްމަންޓްއަށް ވަރަށް ފަސޭހަ ވެގެންދިޔަ ކަމަށެވެ. އެއީ ވަރުންގެ ކެރެކްޓާވެސް ވާހަކަ ފެށޭކޮޅުގައި އަންހެން ކެރެކްޓާއާއި ވާހަކަ ދައްކާ ހެދީ މަދުންނެވެ.

އެންމެ ފަހުން, އޭނާ ޖާންވީއާއި ޑައިރެކްޓަރ ގާތު އެވާހަކަ ބުނުމުން އެމީހުން އެކަން ގަބޫލުކުރި ކަމަށް ވަރުން ބުންޏެވެ.

"އެދެމީހުން ދިޔައީ ކޮން ސްކޫލަކަށް ކަމާއި އެ ހުރިހާ ވާހަކަތައް ކިޔާނުދީ ދެނެނުގަނެވުނަސް، އެންމެ ރަނގަޅު. ފިލްމުގައި ޝަހްސު ގެނެސްދީފައިވަނީ ވަރަށް ފުރިހަމައަށް.". ފިލްމުގެ ޑައިރެކްޓާ ބުނެފައިވެއެވެ.