ހޮނިހިރު ދުވަހު ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން އާއި ނަތާޝާ ދަލާލް ފަރޓިލިޓީ ކްލިނިކަކުން ނުކުމެގެން ދިޔަތަން ފެނިފައިވެ އެވެ. އެ ވީޑިއޯ ވައިރަލްވުމާއެކު އިންޓަނެޓްގައި ވަނީ އެދެމަފިރިން އުއްމީދުކުރާ އުފާވެރި ޚަބަރެއްގެ ވާހަކަ ދައްކާފައެވެ. ނަމަވެސް ކަންތައް ވީ އެހެންނެށް ނޫނެވެ. ހަގީގަތަކީ އެމީހުން ޒިޔާރަތްކުރީ އެ އިމާރާތެއްގައި ހުންނަ ހަމުގެ ޑޮކްޓަރަކަށެވެ.

އިންޑިއާގެ ނިއުސް އެއް ކަމަށްވާ އީޓައިމްސްގެ ރިޕޯޓުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރުން އާއި ނަތާޝާ އެ ކްލިނިކަށް ޒިޔާރަތްކުރިކަން އެނގޭ މީހަކު ވަނީ ހަމުގެ ޑޮކްޓަރަކަށް ދައްކަން ގޮސްފައިވާ ކަމަށް ބުނެފައެވެ. އެ މަސްދަރު ހިއްސާކޮށްފައިވާ ގޮތުގައި، އެ މީހުން ކޮންމެ އެއްޗެއް ލިޔަނީ، އެމީހުން ބޭނުން ގޮތަކަށް ވިސްނާފައެވެ. އަދި އެކަމަކު އެކަމުގައި ހަގީގަތެއް ނެތް ކަމަށް ބުނެފައި ވެއެވެ.

ވަރުން ދަވަން އާއި ނަތާޝާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު 2021 ވަނަ އަހަރުގެ ރަސްމިއްޔާތެއްގައި ކައިވެނި ކޮށްފައިވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނުއިރު ނަތާޝާ ދުވަހަކުވެސް އެދެމީހުން އެކީގައި އުޅޭ ކަމަށް އެއްބަސްނުވެއެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ވާހަކަ ހިއްސާކުރީ ކަރަން ޖޯހަރު ހޯސްޓް ކުރާ ކޮފީ ވިތް ކަރަން ޝޯގައެވެ.

މަސައްކަތުގެ ތެރެއިން ވަރުން އެންމެ ފަހުން ފެނިފައިވަނީ ބެޑިޔާ އިންނެވެ. މި ފިލްމުގެ ލީޑް ރޯލުން ކްރިތީ ސަނޯން ވެސް ފެނެއެވެ. ބެޑިޔާ އަކީ ދިނޭޝް ވިޖާންގެ ބިރުވެރި ކޮމެޑީ ޔުނިވާސްގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒްކުރި މި ފިލްމުގެ ފޭނުން ތިބީ އޯޓީޓީ ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ ބިރުވެރި ކޮމެޑީގެ އިންތިޒާރުގައެވެ. ދެން އެންމެ އަވަހަށް ވަރުން ފެނިގެންދާނީ ޖާންވީ ކަޕޫރާ އެކު ބަވާލް އިންނެވެ. މި ރޮމޭންޓިކް އެކްޝަން ޑްރާމާއަކީ ދެ އެކްޓަރުންގެ ފުރަތަމަ ކޯލަބްރޭޝަން ކަމަށާއި މި ޕްރޮޖެކްޓް ޑައިރެކްޓްކޮށްފައިވަނީ ނިތޭޝް ޓިވާރީ އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 6 އޮކްޓޯބަރ 2023 ގައެވެ.