ކަރުނައަކީ ލޮލުގައި ހުންނަ ޖަރާސީމުތައް ބޭރުކޮށްދީ އިންފެކްޝަންތަކުން ދުރުކޮށްދޭ ކަމެއް ނަމަވެސް އަބަދު ލޮލޮން ކަރުނަ އައުމަކީ ގެއްލުންހުރި ކަމެކެވެ. އެގޮތުން މިއީ ގޭގައިވެސް ފަރުވާ ހޯދޭނެ ކަމެކެވެ.

ލޮލުން ކަރުނަ އައުމަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެލާޖވުން، ޖަރާސީމު ގިނަވުން، ރޯގާ އާއި ހުން އައުން، އެއްޗެއް ލޮލުގައި އޮތުން ނުވަތަ ކެމިކަލްއެއް އޮލަށް އެޅުމުން ފަދަ ކަންކަން ހިމެނެއެވެ.

އާންމުކޮށް ލޮލުން ކަރުނަ އަންނަން ފަށަނީ އެއްޗެއް އޮތުމުން ނުވަތަ ވެއްޓުމުންނެވެ. އެއްޗެއް ވެއްޓުމުން އަތް ނުދޮވެ ލޯ ހިރުވާލުމުން އަތުގައި ހުންނަ ޖަރާސީމުތައް ލޮލަށް އެޅޭނެއެވެ. އެހެންކަމުން ސާފު ފެނުން މޫނު ދޮވެލާ ލޮލުގައި އެއްޗެއް އޮތްނަމަ މަޑުމަޑުން ނަގާށެވެ. ނުވަތަ މޫނު ލެވޭވަރުގެ ތައްޓަކަށް ފެން އަޅާފައި މޫނުލުމަށްފަހު ލޯ ހުޅުވާލުމުން، ލޮލުގައި އެއްޗެއް އޮތްނަމަ ވެއްޓޭނެއެވެ.

ލޯ ހިރުވުމަށް މާމުތް އެހީވެދޭނެއެވެ. މާމުއި ބޭރުންކުރަންޖެހޭނީ ލޮލުގެ ތެރެއަށް އަޅާކަށް ނޫނެވެ. ޖޯޑެއްގެ ތާފަނާ ފެން ފޮދަކަށް މާމުއި ސައި ސަމުސަލެއް އެޅުމަށްފަހު ކަފަބުރަކުން ލޯ ކައިރީގައި ހާކާށެވެ. ހިރުވުން ހުއްޓޭނެ އެވެ.

ސައިފަތް ޕެކެޓެއް ބެނުންކުރުމަށްފަހު ހޫނުކޮށް ހުއްޓާ ލޯ މަތީގައި ބާއްވާލާށެވެ. ކަރުނަ އައުން ހުއްޓާލަދޭނެއެވެ. އަދި ލޮލުގެ ކަރުނަ ވަޅުގައި ހުންނަ ޖަރާސީމުތައް ނެރުމަށާއި އިންފެކްޝަންތަކަށް ސައިފަތް އެހީވެދޭނެއެވެ. ކަޅުސައި، ގުރީންޓީ، ކަމޯމައިލް އަދި ސްޕިއާމިންޓްޓީ ގެ ސައިފަތް ޕެކެޓް ތަކުން މިކަމަށް ރަނގަޅު ނަތީޖާއެއް ފެނިގެންދާނެއެވެ.