ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރު އިއްޔެ ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައެވެ. ނަމަވެސް އެޑްމިޓްކޮށްފައިވަނީ ކީއްވެ ކަމެއް އިންޑިއާގެ އެއްވެސް ނޫހެއްގައި ބަޔާންކޮށްފައެއް ނުވެއެވެ.

ޔޫއެސް އިން ގިނަ ދުވަސްތަކަކު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އެނބުރި ގައުމަށް ދިޔައީ މިދިޔަ އަހަރު ސެޕްޓެމްބަރުގައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރިޝީ ބަލިވެގެން އެޑްމިޓްކުރީ އިންޑިއާގެ ވެރިކަން ކުރާ އަވަށް ނިއު ދިއްލީގައި އޮތް އޭނާގެ އާއިލީ ހަފްލާއެއްގެ ތެރެއިން ބަލިވެގެންނެވެ. އިންޑިއާގެ އެންޑީޓީވީއަށް ރިޝީ މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލްއިން ފަރުވާ ހޯދީ އިންފެކްޝަނަށް ކަމަށް ބުނެފައެވެ.

ރިޝީ ކަޕޫރަކީ ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާވަނީ 2012 ވަނަ އަހަރު ނެރުނު ހިޓް ފިލްމު "ސުޓޫޑެންޓް އޮފް ދަ އިޔާ" އިން ފެނިފައެވެ. 2009 ވަނަ އަހަރު ނެރުނު "ޗިންޓޫ ޖީ" އާއި 2010 ވަނަ އަހަރު ނެރުނު "ދޯ ދުނީ ޗާރް" އިން ފެނިފައެވެ.