ގިނަ ދިވެހިނަކީ ހިންދީ ޑްރާމާ އަދި ފިލްމުތަކަށް ލޯބިކުރާ ބައެކެވެ. މި މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މި ހަފްތާ ތެރޭގައި ހިންދީ 3 ފިލްމެއް ސިނަމާތަކުގައި އަޅުވާނެއެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މޯހިތު ސޫރީ ގެ "މަލަންގް" ނެރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 7 ގައެވެ. މި ފިލްމުން ބޮލީވުޑްގެ މަޝްހޫރު ބަތަލް އަނިލް ކަޕޫރުގެ އިތުރުން ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި އަދިތިޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓާނީގެ އިތުރުން ކުނާލް ކޭމޫ ފެނިގެންދާނެއެވެ. މި ފިލްމުގައި ފެނިގެންދާނީ އިންޑިއާގެ އަވަށެއް ކަމުގައިވާ ގޯއާގައި ދެ ލޯބިވެރިންގެ ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކުރިމަރިވާ ކަންތައްތަކެއްގެ ސަބަބުން ފުލުހުން އެމީހުންގެ ދިރިއުޅުމަށް ވެރިވެގަންނަ މަންޒަރެވެ.

މި ހަފްތާގައިި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ދެވަނަ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު ވީދޫ ވިނޯދު ޗޯޕްރާ ޑައިރެކްޓްކޮށްފައިވާ "ޝިކާރާ" އެވެ.

މި ފިލްމުން ފެނިގެން ދާނީ މުޅިން އަލަށް ބޮލީވުޑްއަށް ތައާރަފްވާ ޕާކިސްތާނީ ތަރި ސާދިޔާ ޚާން އާއި އާދިލް ޚާންއެވެ. މި ފިލްމަކީ ކަޝްމީރުގެ ފާދިރީން އާއި މެދު ކަންތައްކުރެވުނު ގޮތާއި އެމީހުން އެއަވަށް ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވާ އެމީހުން އުޅެންޖެހުނު ހާލުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 7 ފެބްރްއަރީގައެވެ.

މަޝްހޫރު ޑިރެކްޓަރ ވިކްރަމް ބަޓް ޑައިރެކްޓް ކޮއްފައިވާ ފިލްމު "ހެކްޑް" ނެރުމަށް ހަމަޖެހިފައިވަނީ ވެސް ފެބްރްއަރީ 7 ވަނަ ދުވަހުއެވެ. މި ފިލްމުން ފެނުގެން ދާނީ ޓީވީ ތަރި ހީނާ ޚާން އާއި ރޯހަން ޝާހް ގެ އިތުރުން ޝީތަލް ޑަބޯލްކަރްއެވެ.

މި ފިލްމަކީ "ބުޅާ މީދާ ފަހާހެން" އޮންލައިން ހެކާ އެއް އޭނާގެ އަންހެން ސިކާރަވެރިޔާގެ ވާހަކަ ކިޔާދޭ ފިލްމެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވިކަރަމްގެ ފިލްމު ތަކަކީ ވަރަށް ތަފާތު ވާހަކަ ތަކެއް ހިމެނޭ އަދި ބަލާ މީހުންނަށް ވަރަށް އަސަރު ގަދަ މެސެޖްއެއް ފޯރުކޮށްދޭ ފިލްމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު