"މިއަދަކީ ބިމަށް ދަމާބާރު ހުންނަ ގޮތުން އަމިއްލައަށް ކުނިކަހާ ފިހިގަނޑު ކޮޅަށް ބެހެއްޓޭނެ ހަމައެކަނި ދުވަސް" އިންޓަނެޓްގައި ދައުރުވަމުން އަންނަ ޕޯސްޓަކުން ގިނަ ބަޔަކަށް ވާނީ މިމެސެޖް ފެނިފައެވެ. އެއާއި އެކު އެންމެން ވެސް ދުއްވައި ގަންނަނީ މިއީ ތެދެއްތޯ ބަލާށެވެ. މިއަދު ފިހިގަނޑަށް ސީދަލަށް އެއްވެސް ތަނެއްގައި ނުޖެހި ހުރެވޭތޯ ބަލާށެވެ.

އުފާވެރި ޚަބަރަކީ މިއަދަކީ ނާސާ އިން އެބުނާ ދުވަހެވެ.

ނަމަވެސް އަދި ހަޤީޤަތަކީ މިއީއެއް ނޫނެވެ. ކުނިކަހާ ފިހިގަނޑު ސީދަލަށް ކޮޅަށް ބެހެއްޓުމަކީ ކޮންމެ ދުވަހަކު ވެސް ކުރެވިދާނެ ކަމެކެވެ. "ބްރޫމްސް ޗެލެންޖަކީ" މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފެށިގެން އިންޓަނެޓްގައި ދައުރުވަމުން އަންނަ ޗެލެންޖެކެވެ. މިދުވަސްވަރު މިޗެލެންޖް އަނެއްކާވެސް އިތުރަށް ހިލިގަތީއެވެ.

ފިހިގަނޑު ކޮޅަށް ބެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޓެސްޓަކަށް މި ޗެލެންޖްގައި ބައިވެރިވެލާށެވެ.

ނަމަވެސް ބައެއް މީހުން ވަނީ ނާސާ އާއި ގުޅުވައިގެން އިންޓަނެޓްގައި ދައުރުވަމުން އަންނަ ޕޯސްޓް ގަބޫލު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމީލް

    މީހުން ކޮޅަށް ހުންނަ ދުވަސް ގިނައި ޔޯލަ

  2. އ. ޖ. އ

    ތީކި މާކަ އުނދަގޫ ކަމެއް ނޫން.. ފިހިގަނޑު ގެ ގޮތުން ބައެއް އެއްޗެހި ވަރަށް ފަސޭހަ ވާނެ