އިންޑިއާގެ ގައުމީ އެވޯޑު ހޯދާފައިވާ ބޮލީވްޑްގް މަޝްހޫރު ބަތަލާ ކަންގްނާ ރަނާވަތު ފެނިގެންދާ "ތޭޖަސް" ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

"ތޭޖަސް" އަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ކަންގްނާ ފެނިގެން ދަނީ އިންޑިއާގެ އެއާ ފޯރސް ފައިޓާ ޕައިލެޓެއްގެ ރޯލުންއެވެ. ބެލުންތެރިން ވަނީ ކަންގްނާގެ މި ލުކަށް ވަރަށް ތައުރީފުކޮށްފައެވެ. އިންޑިއާގެ މީޑިއަކަށް މައުލޫމާތު ދެމުން ކަންގްނާ ބުނީ ވަރަށް ހިނަ ފަހަރަށް އަންހެނުން އޮފިސަރުން ވެފައިވާ ގުރުބާނީ އަށް އެގައުމުން އެހާ ބޮޑު ސަމާލުކަމެއް ނުލިބޭ ކަމަށެވެ. މި ފިލްމުން އޭނާއަށް ރޯލެއް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ގޮތުގައި ދެކޭކަމަށެވެ. އަދި އެ ފިލްމުން އޭނާ ފެނިގެންދާނީ އަމިއްލަ މީހާއަށް ވުރެ ގައުމަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

މި ފިލްމު ޕޮރޮޑިއުސް ކޮށްފައިވަނީ ރޮނީ ކުރުރިވެލާއެވެ. ރޮނީ އަކީ "ޔޫރީ" އާއި "ދަ ސްކައި އިސް ޕިންކް" ފަދަ ކާމިޔާބު ފިލްމުތައް ޕްރޮޑިއުސް ވަނީ ކޮށްފައެވެ. ރޮނީ ބުނެފައިވަނީ މި ފަދަ އިތުރު ފިލްމުތައް ނެރުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށް އޭނާ އިންޑިއާގެ ނޫހަކަށް ދިން އިޓަވިއުއެއްގައި ވަނީ ބުނެފައެވެ. އަދި މި ފިލްމުން އަންހެނުން އެއާ ފޯރސް އަށް ވަނުމަށް ހިތްވަރުދީ ބާރުވެރި ކުރުވާ ފަދަ ފިލްމަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސަރވޭޝް މޭވްރާ އެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު އޭޕްރިލް މަހުއެވެ.