އެމެރިކާގެ މިސޫރީގައި އުމުރުން 11 އަހަރުގެ ކުއްޖަކު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ދަރިއަކަށް ބަލިވެއިނދެ ވިހައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން ކުއްޖާ ބަލިވެ އިން މައްސަލައިގައި އެކުއްޖާގެ 17 އަހަރުގެ ބެބެގެ މައްޗަށް މިދިޔަ ހަފްތާގައި ވަނީ ރޭޕްގެ ދައުވާ އުފުލާފައެވެ. އަދި މިމައްސަލައިގައި ކުއްޖާގެ މައިންބަފައިންގެ މައްޗަށް ވެސް ދައުވާ އުފުލަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ކުއްޖާ އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާ ވިހާފައި ވަނީ ގޭގައި ކަމަށެވެ.

"އަންހެން ކުއްޖާ ބަލިވެ އިނުމުން ވެސް އަދި އެކުއްޖާ ވިހެއުމުން ވެސް ކުއްޖާގެ މައިންބަފައިން އެކުއްޖާ އަށް އެއްވެސް ސިއްހީ ފަރުވާ ދިނުމަށް އެހީތެރިވެފައެއް ނުވޭ. އެހެންކަމުން އެމައްސަލައިގައި ވެސް ޖިނާޢީ ދައުވާއެއް އުފުލުމަށް ފުރިހަމަ ކުރަން ޖެހޭ ތަޙްޤީޤުތައް މިދަނީ ފުރިހަމަ ކުރަމުން." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގޮތުގައި ކުއްޖާ ވިހެއުމުން ސިއްހީ ފަރުވާ ނުދިން ނަމަވެސް ތުއްތު ކުއްޖާގެ ހުން ގަދަވުމުން ކުއްޖާގެ މައިންބަފައިން ވަނީ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައީ އެހިސާބުންނެވެ.

އެމެރިކާގައި ވެސް އާއިލާ މެންބަރުންނާއި ޖިންސީ ގުޅުން ހިންގުމަކީ ބޮޑު ޖިނާޢީ ކުށެކެވެ. އެފަދަ އަމަލެއް ހިންގައިފި މީހަކަށް އެންމެ މަދުވެގެން ހަތަރު އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި އެގުޅުން ހިންގާފައި ވަނީ ކުޑަކުއްޖަކާއި އެކު ކަމަށް ވާނަމަ އަދަބު ބޮޑުވާނެއެވެ.

އެމެރިކާ އަކީ ކުޑަކުދިންނާއި ކައިވެނި ކުރުމާއި ދެކޮޅަށް ވެސް އެންމެ ބޮޑަށް އަޑުއުފުލާ އެއްގައުމެވެ. ނަމަވެސް އެމެރިކާ ގައި ފާއިތުވި 15 އަހަރު ތެރޭގައި ދެލައްކަ އަށް ވުރެ ގިނަ ކުޑަކުދިން ވަނީ "ކައިވެނި ކޮށްފައެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާބޫ

    ކެރަފާ ސޮރު މިކަމަށް އޯކޭ ބާ؟

    40
    10
  2. ޣަނީ

    ޢިލްހާން އުމަރު އޭނާގެ ބޭބެއާ އިން ވާހަކަ ލިޔުންނަމަ އެއީ ވެސް އެމެރިކާގަ ހިންގި ކަމެއް

    18
    3