އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއް ކައިރީގައި ކިޔެވުން ދޫކޮށް ގޭގެ މަސައްކަތް ކުރަން ބުނީ، އާއިލާއިންނެވެ. އޭނާ ވަަރަށް ކިޔަވަން ބޭނުންވިއެވެ.

އެކަމާއި ވަަރަށްބޮޑަށް އޭނާ ވިސްނިއެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އޭނާ ބޭނުންވީ ކިޔަވާށެވެ. އޭނާ ބޭނުންވީ މަންމަމެންނަށް ފިލައިގެން ކޮންމެވެސް ތަނަކަަށް ގޮސް ކިޔަވާށެވެ. އެކަމަާއި އޭނާއަށް އެހީވެ ދިނީ އަބަދުވެސް އޭނާގެ އެންމެ ގާތުގައި ވާ ކޮއްކޮ އާއި އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެކެވެ.

އެ އަންހެން ކުއްޖާ ގެއިން ނުކުމެގެން ދާން ބޭނުންވުމުން އޭނާއާއެކު ދާން މި ދެ ކުދިންވެސް ތައްޔާރުވިއެވެ. ތިން ކުދިން އެކުގައި ގެއިން ނުކުތެވެ. ފުރަތަމަ މި ތިން ކުދިން އުޅުނީ ބައިސްކަލުގައެެވެ. ނަމަވެސް އަތުގައި ފައިސާ ނެތުމުން ބައިސްކަލް ވިއްކާލައި އެންމެ ފަހުން މި ތިން މީހުން އެރީ ރޭލަކަށެވެ. ރޭލައަށް އަރާ ކުރިން އުޅުނު ހިސާބާ ދުރަށް ގޮސް އުޅެނިކޮށް ފުލުހުން މި ތިން މީހުން ހޯދިއެވެ.

ފުލުހުން ވަނީ މި ތިން ކުދިން އެނބުރި އަވަށަށް ގެނެސްފައެވެ. މި ތިން ކުދިން އެހާ ފަސޭހައިން ހޯދުނީ މި އާއިލާއިން މި ތިން ކުދިން ހޯދަން ފުލުހަށް އެންގުމުންނެވެ.

މި ތިން ކުދިން އާއިލާއާ ބައްދަލުވުމުން އާއިލާއިން ތިބީ ވަރަށް އުފަލުގައެވެ. އަދި އެ އަންހެން ކުއްޖާ ލައްވާ މަސައްކަތް ނުކުރުވާނެކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާއަށް ކިޔަވަން ފުރުސަތުދޭނެކަމަށްވެސް ވަނީ ބުނެފައެވެ.