މަޝްހޫރް ސެލެބްރިޓީއެއް ނަމަ އޭނާގެ "ލަވް ލައިފް" ގެ ވާހަކަ އަކީ އެއްވެސް މީޑިއާއަކުން ނުދައްކާ ދޫކޮށްލާނެ ވާހަކައެއް ނޫންކަން ގައިމެވެ. ވަކިން ހާއްސަކޮށް "ރިލޭޝަންޝިޕް" އެއްގައި އުޅޭ އެކްޓަރެއް ނަމަ އެ ފަރާތުގެ ލޯބިވެރިޔާއާއި ބެހޭ ވާހަކަތަކާއި ދަންދެން އެމީހެއް ކުރެ އަހާނެއެވެ. މިގޮތުން ބޮލީވުޑް ފިލްމު "އޮކްޓޫބާރ" ގެ ލީޑް ތަރި ވަރުން ދަވަންއާއިވެސް އޭނާގެ ލޯބިވެރިޔާ ނަތާޝާގެ ވާހަކަތަކާއި ބެހޭ ގޮތުން ދާދި ފަހުން ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

"ނައު ޝޯއިން" ނަމަކަށް ކިޔާ ޝޯއެއްގެ ތެރޭން ވަރުންއާއި އެންމެ ފުރަތަމަ ކުރެވުނު ސުވާލަކީ ރިލޭޝަންޝިޕްގެ ވާހަކަ ދައްކަން އެހާ އުނދަގޫ ވަނީ ކީއްވެގެންތޯއެވެ. މި ސުވާލަށް ޖަވާބު ދެމުން ވަރުން ބުނެފައިވަނީ، އެއީ ޕާސަނަލް ކަމަކަށްވުމުން އެކަންތައް އެންމެންނަށް ހިއްސާ ކުރަން ބޭނުން ނުވަނީ ކަމުގައެވެ. އަދި އެއީ އޭނާގެ ލޯބިވެރިޔާ ނަތާޝާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމުގެ ގޮތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ނަތާޝާއަކީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ވަރަށް އާދައިގެ ކުއްޖެއް. އެހެންވެ، އެހެންމީހުންގެ އެޓެންޝަން ލިބިގެން ނަތާޝާއަށް ވާ އުނދަގޫ ތަކުން އޭނަ ސަލާމަތް ކުރުމަކީ އަހަރެންގެ ޒިންމާއެއްގެ ގޮތުގައި އަހަރެން ދެކެނީ" ކުޅަދާނަ އެކްޓަރު ވަރުން ބުނެފައިވެއެވެ.

https://www.instagram.com/p/4XE-lLpikE/?utm_source=ig_embed

 

"އެކްޓަރަކާއި އެއްކޮށް ރިލޭޝަންއެއްގަ އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެހެންމީހުންނަށް މި ގުޅުން އެނގިގެން އަބަދުވެސް ކޮންމެވެސް ސުވާލުތަކަކަށް ޖަވާބު ދިނުމުގަ އުޅެން ޖެހޭނީ. އަހަރެން ޤަބޫލު ކުރާ ގޮތުގައި އުފަލުގައި އުޅެވެންޏާ އެ ނިމުނީ. ކޮންމެހެން އެހެންމީހުންނަށް އެކަން (ރިލޭޝަންގެ ވާހަކަ) ދައްކާ ހިއްސާ ކުރާކަށް ނުޖެހޭ." އޭނާ އިތުރަށް ބުނެފައިވެއެވެ.

ކައިވެންޏާއި ގުޅޭގޮތުން ވަރުން ބުނެފައިވަނީ، އޭނާ ދެކޭ ގޮތުގައި ކައިވެނި ކުރުމަށް ވަކި އުމުރަކާއި ދުވަހެއް ނޯންނާނެކަމަށާއި، އެއީ އެކަމަށް "ރައިޓް ޓައިމް" ކަން އިހްސާސް ކުރެވުމުން އަވަހަށް ކައިވެނި ކުރަން ވީ ކަމުގައެވެ.

ވަރުން އާއި ނަތާޝާ މިހާރަކަށް އައިސް ވަރަށް ގިނައިން ބޭރުތެރެއިން ފެންނަ ކަމަށް ޚަބަރުތައް ބުނެއެވެ.