އަނބިމީހާ މަރާލުމަށްފަހު އެކަން ފޮރުވަން މަސައްކަތް ކުރި 22 އަހަރުގެ ފިރިހެނަކު އިނގިރޭސިވިލާތުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ މަރާލީ، އެހެން ފިރިހެނަކާ ގުޅުން އޮންނަކަމަށް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ ފުރަތަަމަ މަސައްކަތްކޮށްފައި ވަނީ އަނބިމީހާ މަރާލުމަށްފަހު، އޭނާ މަރުވީ އަމިއްލައަށްކަމަށް ބުނެ އެކަން ފޮރުވުމަށެވެ.

ބެލެވޭގޮތުގައި، އޭނާ އޭނާގެ އަނބިމީހާ މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ. އަދި އެ އަންހެން މީހާ މަރާލުމަށްފަހު ގާތް ތިމާގެ މީހުންގެ އެހީގައި ވަޅުލާން ގެންދިޔަ މަގުމަތީ ފުލުހުންނަށް ވަނީ ފެނިފައެވެ. އަދި ފުލުހުން ވަނީ އެކަން ހުއްޓުވާފައެެވެ.

ފުލުހުން އެ އަންހެން މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު ޕޯސްޓްމޯޓަމް ރިޕޯޓްތަކުން އެނގޭގޮތުގައި، އެ އަންހެން މީހާ ވަނީ މަރާލާފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނިކޮށްގެން އުޅުނު މި ދެމަފިރިން މައްސަލަ ޖެެހެން ފެށީ އެ އަންހެން މީހާ އެހެން ފިރިހެނަކާއި ގުޅުން އޮންނާތީ ކަމަށް ފިިރިހެން މީހާ ބުނިއިރު، ފުލުހުން ވަނީ އެ ފިިރިހެން މީހާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަސީ

    މި ކޮންވަޅިއެއްތަ މިދައްކަނީ

  2. ހަމީދު

    ރޭ އެގޭ ކައިރިން ދިޔައިރު ހީވި މީހަކު މަރާލި އަޑުހެން އެ އިވުނީ...

  3. އިބްރާ

    މީސްތަކުންކުރާ ނުބައިކަންތަކުގެ ޚަބަރު ފެތުރުމަކީ ނުބައިކަންތަށް އިތުރުވާނެ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަށްޓަކައި ޖަވާބުދާރީ ވާންޖެހޭނެ.