ޓީވީއެމް އިން ކޮންމެ ހުކުރު ދުވަހެއްގައި ގެނެސްދޭ ދުވަސްވީ ޕްރޮގްރާމް ހުށަހަޅާ ޒުވާން މުހައްމަދު ޒަޔާން އަބްދުﷲ ގިނަ ބަޔަކަށް އޮޅިފައެއް ނޯންނާނެއެވެ. ދޫ ފަރިތަ، ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ޒަޔާންއަކީ ޓީވީއެމްގެ ގިނަ ޝޯތަކުން ފެންނަ އެއް މޫނެވެ. އޭނާއަކީ މިއަދު ހަމައެކަނި ޝޯތައް ހުށަހަޅައިދޭ ޕްރެޒެންޓަރެއް ނޫނެވެ. ބަންޑާރަ ނައިބު އޮފީހުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ޒަޔާން މަސައްކަތް ކުރާ ކަން އެނގިފައި ވާނީ މަދު ބަޔަކަށެވެ.

ދަރުމަވަންތަ ސްކޫލުން ގްރޭޑް 10 ނިންމާލި ޒަޔާންއަކީ އަބަދުވެސް މަޑުމައިތިރި ކުއްޖެކެވެ. ކިޔަވަން މޮޅު ކުއްޖެކެވެ. އޭގެ ފަހުން، ސެންޓަ ފޯ ހަޔަ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ވަދެ ގްރޭޑް 11 އަދި 12 ފުރިހަމަ ކުރީ ކިޔަވާ ހިތުން ހުރެއެވެ.

"މިހާރުގެ ޒިކުރާ ސްކޫލުން ޕްރީ ސްކޫލް ނިންމާފައި، އެއަށް ފަހު، ގްރޭޑް 1،2 ކިޔެވީ ޏ، އަތޮޅު ތައުލީމީ މަރުކަޒުގައި، ދެން 3،4 ހާފިޒް އަހުމަދު ސްކޫލްގައި، ދެން މާލެ ބަދަލުވެފައި އިމާދުއްދީންގައި ގްރޭޑް 7 އާ ހަމައަށް ކިޔެވީ، ގްރޭޑް 8،9،10 ދަރުމަވަންތަ ސްކޫލްގައި،" ޒަޔާން ބުންޏެވެ.

ޒަޔާން ވަގުތަށް އިންޓަވިއު ދެނީ؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ޒަޔާންއަކީ ސްކޫލް ތެރޭގައި މާބޮޑަށް ސަކަރާތް ޖަހާ އުޅުނު ކުއްޖެއް ނޫނެވެ. ނަމަވެސް އިމާދުއްދީން ސްކޫލްގައި ދިމާވި ކަމެއް އޭނާ ފާހަގަކުރިއެވެ.

"އެއް ފަހަރެއްގައި ލިބުނު ފްރީ ގަޑިއެެއްގައި، މި ވީއެއްޗަކީ، ކްލާސް އެންމެން ބާއްވާނެ ރައްޔިތުންގެ މަޖިލީސް ކްލާސް ތެރޭގައި، ހަމަ މަޖިލީސް ވައްޓަފާޅިއަށް ގެންދާނީ ވެސް އެހެން ތިއްބާ ޕްރިންސިޕަލް އައީ، އައީމަ ހީކުރީ މި ޖެހުނީ ޕްރިންސިޕަލް އޮފީހާ ހަމައަށް ދާށޭ، ޕްރިންސިޕަލް އެއަށް ރިއެކްޓް ކުރީ ވަރަށް ތަފާތު ގޮތަކަށް، ވަރަށް ރަނގަޅޭ ބުނީ، އަނެއްހެން ސިޔާސީ ބަހުސްއެއް ވެސް ނޫން ކަންނޭނގެ އެ ދުވަހު ކުރިއަށް ދިޔައީ ވެސް، ތަންކޮޅެއް ތިމާވެއްޓާ ގުޅުން ހުރި މައުޟޫތަކަކަށް ބަހުސް ކުރަމުން ދިޔައީ، އެ ދުވަހު ޕްރިންސިޕަލް ވިދާޅުވި، ހަމަ ވަރަށް ރަނގަޅު ކަމެކޭ، ތިކަހަލަ ކަންކަން ކުރިއަށް ގެންދިޔައީމަ ހުނަރު ކުރިއަރާނެއޭ. އެއީ ދެން ކުރެވުނު ވަރަށް ތަފާތު ކަމެއް،" ޒަޔާން ބުންޏެވެ.

ޒަޔާން ޓީވީއެމް ޝޯއެއްގައި

އޭނާ ބުނީ، ދަރުމަވަންތަ ސްކޫލްގައި އުޅުނު އިރު، އެކި ކަންކަން ރާވައި ކުރުމުގައި އިސްކޮށް މަސައްކަތް ކޮށްފައި ހުންނާނެ ކަމަށެވެ.

ޒަޔާން ސްކޫލް ނިންމާފައި ވަޒީފާއަކަށް ނުދެއެވެ. އޭނާ ދިޔައީ ޓީވީގައި ފަންނީ މުވައްޒަފެއްގެ ގޮތުގައި އުޅެމުންނެވެ. އޭނާގެ ޓީވީ ކެރިއަރު ފެށީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ ވީޓީވީގައެވެ. އޭނާ ޓީވީން ފެނިގެން ދިޔަ ފުރަތަމަ ޕްރޮގްރާމަކީ ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމެވެ.

ޒަޔާން ޓީވީއެމް ޝޯއެއްގެ ތެރެއިން

"ވީޓީވީން އެ ފުރުސަތު ލިބުނު ގޮތަކީ، ވީޓީވީގައި 2010 ވަނަ އަހަރު ބޭއްވި ރިހިދޫ ކިޔާ ޕްރޮގްރާމެއް، ވާހަކަދެއްކުމުގެ މުބާރާތެއް ގޮތަށް އެ ކުރިއަށް ދިޔައީ، އެ މުބާރާތުގައި ބައިވެރިވެގެން އޭގެން ދެވަނަ ލިބުނީ، ލިބިގެން، އޭގައިވެސް ޕްރެޒެެންޓިންގ ހިމެނޭ، އެ ޕްރޮޑިއުސަރަަށްވެސް ޕްރެޒެންޓް ކުރެވިދާނެ ކަމަށް ގަބޫލުކުރެވިގެން ކަންނޭނގެ ފުރުސަތު ދިނީ،" ޒަޔާން ކިޔައިދިނެވެ.

ޒަޔާން ވަނީ ނޮވެމްބަރު 3 ގެ ޕްރޮގްރާމަށް ފަހު، ވީކިޑްގެ ޕްރޮގްރާމްތައް ވެސް ހުށަހަޅައިފައެވެ. އަދި 2011 ވަނަ އަހަރު ކުރީކޮޅު ހައި ފްރެންޑްސް ނަމުގައި ޕްރޮގްރާމެއް ހުށަހަޅައިދިނެވެ. އޭގެ ފަހުން، އޭނާ އަށް ޓީވީއެމްއަށް ބަދަލުވުމުގެ ފުރުސަތު ލިބުމުން، އެކަމަށް އިޖާބަ ދިނެވެ. އޭގެ ފަހުން، ގިނަ ޕްރޮގްރާމްތަކެއްގައި އޭނާ ބައިވެރިވެއެވެ. ދިވެހިންގެ މަގްބޫލް ހޭޔަންބޯ އާއި ހެނދުނު ހެނދުނާ އަދި މަގޭ ރާއްޖެ ފަދަ ޕްރޮގްރާމްތައް ފަޅުފިލުވައި ދެނީ ވެސް ޒަޔާނެވެ.

"2010 ވަނަ އަހަރުވެސް ލިބުނު ޓީވީއެމްއިން ފުރުސަތެއް، ޓިވީއެމްގެ ޕްރޮގްރާމެއް ޝޫޓްކޮށްފައި އޭތި އޮން އެއާ ނުކޮށް ހުއްޓައި 2011 ގައި ފުރުސަތު ލިބުނީ އަނެއްކާ"

މި ޝޯތައް ހުށަހަޅަމުން ދިޔައިރު، އެނާ އުޅުނީ ސްކޫލްގައެވެ.

ޒަޔާން މިޒޫއާއެކު ޓީވީއެމް ޝޯއެއްގެ ތެރެއިން

ޒަޔާން ޕްރެޒެންޓިން ހަޔާތުގައި ދިމާވި ގޮންޖެހުންތައް ހިއްސާ ކުރަމުން އޭނާ ބުނީ، ކޮންމެ އިއުލާނެއް ވެސް 10، 12 ފަހަރަށް އެއިރު ނަގަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެއީ އުނދަގޫ ކަމެއް ކަން އިހުސާސް ނުވާ ކަމަށް ޒަޔާން ބުންޏެވެ.

ޒަޔާން ވަނީ، ހޭޔަންބޯގެ 145 ޕްރޮގްރާމް ހުށަހަޅައިފައެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ޕްރީ ޝޯ ހުށަހަޅާ ދީފައެވެ. އެއަށްފަހު ހިތްފަސޭހައިގެ މަދު ޕްރޮގްރާމްތަކެއް އޭނާއަށް ހުށަހަޅަން ލިބުނެވެ. މެންދުރު ފަސް ޕްރެޒެންޓަރަކާއެކު ކުރިއަށްދިޔައިރުވެސް އޭނާ އެ ޝޯވެސް ހުށަހަޅައި ދިނެވެ. އަދި ތަހުޒީބް ނަމަކަށް ކިޔާ ޕްރޮގްރާމެއް ވެސް އޭނާ ވަނީ ހުށަހަަޅައިދީފައެވެ.

ޒަޔާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ޝޯއެއްގެ ތެރެއިން

ޒަޔާން މިއީ ޓީވީ ޕްރޮގްރާމްތަކުން ފެންނަ މީހެއް ނަމަވެސް، އޭނާގެ އެ ދޫ ފަރިތަކަން މިހާރު ބޭނުންކުރަމުން ދަނީ ދައުލަތުގެ ވަކީލެއްގެ ގޮތުގައެވެ. ގާނޫނީ ދާއިރާ ބެޗްލާސް ހާސިލް ކުރުމަށްފަހު މިހާރު ޒަޔާން ދަނީ ބަންޑަރަ ނައިބް އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

"އޭޖީ އޮފީހާއި ގުޅުނުތާ އަދި މާގިނަ ދުވަހެއް ނުވާނެ، އެތަނުގެ ހުރިހާ ޑިވިޝަންއެއްގެ މަސައްކަތެއްގައި އެބަ އުޅެވޭ، ދެން އެކަމަކު، އެތަނުގައި އޮންނަ ގޮތުން ނަމަ، ކޮންމެވެސް އެއް ޑިވިޝަންއަކަށް ހާއްސަ ވާނެ، މިވަގުތު ބޮޑަށް ހުރިހާ މަސައްކަތެއްގައި މި އުޅެނީ". ޒަޔާން ބުންޏެވެ.

އެއީ އޭނާގެ ޕްރޮފެޝަނަލް މަސައްކަތެވެ. ޕްރެޒެންޓިންއަކީ އޭނާގެ އަބަދުވެސް ޕެޝަންއެވެ.

ޒަޔާން ޓީވީއެމް ޝޯއެއްގެ ތެރެއިން

"ގާނޫނީ ވަކީލަކަށް ވާން އަސްލު ޝައުގުވެރިކަން އުފެދިއްޖެ ގްރޭޑް 7 ގައި އުޅުނުއިރު، އެއީ ބަހުސް ކުރުމާއި، ވާހަކަ ދެއްކުމުގެ މުބާރާތް ފަދަ އަދަބީ މުބާރާތްތަކުގައި އުޅެވިފައި ހުރީމަ ހިތަށް އެރީ މި ދާއިރާއާ ގުޅުން ހުރި ކޮންމެވެސް މަސައްކަތެކޭ ކުރާނީ، ގާނޫނީ ވަކީލަކަށް ވެގެން ކޯޓުތަކަށް ގޮސް ވަރަށް ވާހަކަ ދައްކާ، އުޅެވޭނެއޭ، އެ ފުރުސަތު ލިބޭނެއޭ ހިތަށް އެރީމަ،" ޒަޔާން ބުންޏެވެ..

ޕްރެޒެންޓިންއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޒަޔާންގެ ނަސޭހަތަކީ މިއީއެވެ.

"މިކަމަށް ޝައުގުވެރިކަން ހުރުން ވަރަށް މުހިންމު، ދެން ބައެއް ކުދިން އެބަ ޖޮއިން ކުރޭ ކަން ނޭނގެ ވަޒީފާއަަކަށްވެސް ނޫނީ މަޝްހޫރު މީހަކަށް ވާން ވެސް، އެކަމަކު އެގޮތަށް ނުވިސްނާ މިކަަމާ ވަރަށް ބޮޑަށް ގަޔާވެ، ވަރަށް ޝައުގުވެރިވެގެން މި މަސައްކަތް ކޮށްފިއްޔާ އަސްލު ހަގީގަތުގައި ކުރިއަށްދާން ވަރަށް ފަސޭހަވާނެ،"

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަރްޝަން

    ޒަޔާންޢަކީ ހަމަ އަސްލުވެސް ވަރަށް ހުނަރުވެރި ކުއްޖެ މަސައް އެންމެ ކްމުދަަނި ޒަޔަަން ގެ ހެޔަންބޯ އާއި ރޮދަމަހުގެ ސޭލް ސޭލް އަދި ހެނދުނަ ވަރަށް ސަަޅި

    79
    5
  2. ????

    މަ ހަމަ ހައިރާން ވެއްޖެ!!!

    60
    4
    • ކޮއްކޮ

      ކޮންކަމަކާ ތަ ހައިރާން ވީ

      20
      5
  3. ާފަޒާ މޯޑް

    ބޭބެ އެއްގެ ހައިސިއްޔަތުން ތިޔަ ކުރާ ހިއްވަރަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން ސާބަހޭ ޒަޔާ...

    54
    4
  4. މާއި

    މައި ފޭވްރައިޓް.....ޔޫ އާސޯ ބްރޭވް ...

    57
    2
  5. ާއިޓްސް މީ

    ސޯ ޕްރައުޱް އޮފް ޔޫ ޒަޔާ... ކީޕް އިޓް އަޕް ❤️

    51
    6
  6. މަ

    ޒަޔާން ހުސްކޮންތަ ހުރީ

    21
    9
  7. ޟޖޖ

    މޮޔަވެގަ

    5
    1
  8. އިހަވަންދޫ

    ރަށަށްވެސް ހުތުރު އުޅޭ ވައްތަރުން...ޕިސް ޕިސް..ބޯ ހަލާކު

  9. ޢަލީބެ

    ޤާނޫނީ ވަކީލުކަމުގެ ހުވާނުކޮށް ޤާނޫނީ ވަކީލެއް ކަމުގައި ބުނުމަކީ ޤާނޫނީ ކުށެއް.

    11
    1
  10. ޙހ

    ބަލަ ގާނޫނީ ވަކީލެކޭ ބުނީމަ ޕޮލިހެކޭ ބުނީމަ އަންހެންވެރިން ކަޓާނެ އެކަމަކު މިއުޅޭ ރިސޯޓް ބޯއީސްވެސް މާސަޅި ލައިފެއް ހޯދާނެ މާލޭގަ ދޯރިއެއްވަރުތަނެއްގަ ....ތިއުޅެނީ ކކކކކކ

    4
    4
  11. ?

    مشاء الله? ޒަޔާން ތީ ހަމަ ވަރަށް ރަނގަޅު މޮޅު ޕްރެސެންޓަރެއް.?????. ޒަޔާން އަށް އަބަދުވެސް ކާމިޔާބާއި އުފާވެރިކަން އެދެން. ?❤️?

    8
    1
  12. ޙ

    ޒަޔާންްްގެ އެންމެ ފުރަތަމަ ފެނިލުމަކީ ޓީވީއެމްއިން ގެނެސްދިން ކުޑަކުދިންގެ ހަވީރެއްގައި އާރޓިފިޝަލް ބީޗުގައި ހުށަހަޅައިދިން ވާހަކަ ދެއްކުމުގެ އައިޓަމެއް!!! އެއީ މީގެ 9ވަރަކަށް އަހަރު ކުރި!!! ޒަޔާން އާއި އަހަންނަކީ ސްކޫލް މޭޓުން!!!

    3
    1
  13. ރައު

    ޒަޔާން ތީހަމަ އެންމެ ބެސްޓް ❤️?