މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީން އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން، ބޭނުން ޖެހިފައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މައުރީން އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ބޭނުން ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ ދުވަހަކު އެފަދަ އާއިލާ އަކަށް ނުވަތަ ފަސް ފަރާތަކަށް ރޯދަ ވީއްލުން ތައްޔާރުކޮށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މައުރީން ބުނެފައިވަނީ، ގޭގައި ތައްޔާރުކުރާ ރޯދަވީއްލުން، ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި މިގޮތުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް މިފަދަ ކަންކަމުގައި ގިނަ ބަޔަކު ބައިވެރިވަމުންދާނެ ކަމަށް އުންމީދުކުރާ ކަމަށް މައުރީން ބުންޏެވެ.

މައުރީން އާއި ބައްސާމްގެ ފަރާތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ނިންމި މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެ ދެމަފިރިންނަށް ދަނީ ލިބެމުންނެވެ. އަދި އެފަދަ ކަންކަމުގައި ފޯރުންތެރިކަން ހުރި ކޮންމެ ބަޔަކުވެސް ބައިވެރިވެ، މި ދަތި ދަނޑިވަޅުގައި ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުންނާއި ދާއިރާތަކުގެ މެމްބަރުން ވެސް ނަމޫނާ ދައްކައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނާސިރު

  ސާބަހޭ

  7
  1
 2. ޣގގގހގ

  ރައްޔިތުންގެ ލާރިގަނޑު ބަޑުއަޅާލައިން ތިބެބަލަ

 3. ކުކީ

  މުވައްޒަފުންނަށް ރޯދަ އެލެވެންސް ނުދީ، ރޯދަ ވީއްލުން... ގޯހެއްނޫން.

  1
  1