ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ރަވީ ފާރޫގަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު އެންމެ ނުފޫޒުގަދަ އެއް ފަންނާނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭނާއަކީ ފިލްމީ ދާއިރާގައި ބުރަ އެތައް މަސައްކަތްތަކެއް ކުރި މީހެކެވެ. އޭނާގެ ދާއިރާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ އެތައް ބަޔަކު ހަައިރާންކޮށްލާވަރުގެ މަސައްކަތްތަކެވެ. އޭގެ ތެރެއިން "އެހެނަަސް" ވެބްސީރީޒް، "ވިޝްކާ"، "ހުކުރު ދުވަހުގެ ރޭ" އަދި ރާއްޖެ ޓީވީން ގެނެސްދޭ "ހަޔާތް" ފާހަގަކޮށްލެވެއެވެ.

ކުޅަދާނެ އެތައް މަސައްކަތެއް ދިވެހި ފިލްމް އިންޑަސްޓްރީއަށް ކޮށްދީފައިވާ ރަވީގެ ދާއިރާގެ ވާހަކަތަކަކީ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. އެހެންވެ މިފަހަރު މިއޮތީ ތަފާތު ވާހަކައެކެވެ. ކުޑައިރު އޭނާއަށް ދިމާވި ކަމެއްގެ ވާހަކައެވެ.

ބައިސްކޯފްގެ "ރީލް ޓޫ ރިއަލް ވިތް ނިއުމާ" ޕްރޮގްރާމްގައި ވާހަކަދައްކަމުން ރަވީ ބުނީ، އޭނާ ކުޑައިރު މީހުންނަށް ވަރަށް އުނދަގޫ ކޮށް އުޅުނު ހަނދާން ހުންނަ ކަމަށެވެ. އަދި ކުޑައިރު ވަރަށް ކަންކަން ކޮށްފައިވާނެ ކަމަށާއި، އޭނާ ކުޑައިރު ދުނިޔެމަތިން ވީ ފޫއްސަކުން އުޅެންވެސް ބޭނުން ނުވި ދުވަހެއް ހަނދާނުގައި ހަރުލާފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ. އެއިރު ރަވީއަށް ވާނީ އެންމެ ނުވަ އަހަރެވެ.

ރަވީ ބުނީ، އެދުވަހު އޭނާ ބޭނުންވީ އިސްލާމީ މަރުކަޒަށް ނަމާދަށް ދިއުމަށެވެ. ނަމަވެސް އެ ދުވަހު އޭނާ ހުކުރަށް ދާން ތައްޔާރުވެފައި ހުއްޓާ މާބޮޑަށް ސަކަރާތް ޖަހައިގެން، "މިހާ ކިލާވެފައި ހުރުމުން" އޭނާ ހުކުރަށް ނުގެންދިޔަ ކަމަށެވެ.

"ތަންކޮޅެއް ކުރިއާލާ ފެންވަރުވައިގެން ނެރުނީމަ ދެން ކުޅެންތާ ކުޑަކުދިން ވީމަ ތިބޭނީ، ބޮޑެތި މީހުން ފެންވަރައިގެން ނުކުންނައިރު ތިބޭނީ 12 ޖަހާފައި. ދެން ކިލާ ވެފައި ހުރީމަ ނުގެންދިޔަ، އެކަމާއި ރުޅިއައިސްގެން" ކުރި ކަމަކުން މަންމަވެސް ހޭނެތުނީ ކަމަށް ރަވީ ކިޔައިދިނެވެ. އެދުވަހު އޭނާ ހިތުގައި ޖެހުނުވަމުން މަަސައްކަތް ކުރީ އަމިއްލައަށް މަރުވާށެވެ.

ރަވީ އާއި ނިއުމާ ބައިސްކޯފްގެ ރީލް ޓު ރިއަލް ޕްރޮގްރާމްގައި - ފޮޓޯ: ބައިސްކޯފް

ރަވީ ވަނީ ހަމަ އެ ދުވަހު ހިނގި އިތުރު ކަމެއްގެ ވާހަކަވެސް ހިއްސާކޮށްފައެވެ. އެއީ އޭނާ ކުރިކަމަކުން ގޭގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގި ބަދުނަސީބު ދުވަހެކެވެ. އެ ހާދިސާ ހިނގުމުންވެސް އޭނާގެ މަންމަ ކަންބޮޑުވެގެން ހޭނެތުނީކަމަށް ރަވީ ބުންޏެވެ.

"ރީލް ޓު ރީލް" ޕްރޮގްރާމްގައި އިތުރު އެތައް ވާހަކައެއް އޭނާ ހިއްސާ ކުރިއެވެ. ދިރިއުޅުމުގައި ދިމާވި އެތައް ކަމަކުން އަރައިގަތްކޮށް އޭނާ ހިއްސާ ކުރިއެވެ. ކޮންމެއަކަސް ރަވީއަކީ އެތައް ތަޖުރިބާއެއްގެ ތެރެއިން ކާމިޔާބާއި ހަމައަށް ދަތުރުކޮށްފައިވާ ހިތްވަރުގަދަ މީހެއްކަން އެވާހަތަކުން ހާމަވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޅެ

    ނިއމާ ހެދުން ބޮލުގަ އަޅައިގެން އިންނަމަ..

    21
    1
  2. Cancer

    ތީނަވެސް ދުވަސް ކޮޅަކިން ފެންނާނީ ފަޓާނީއަކަށް ބަދަލުވެފަ ހުއްޓާ. މިހާރު ރާއްޖެ މިއީ ފަޓާނީސްތާން

    12
    2
  3. ހިތާމަ

    ތީ ކުޑައިރުވެސް ހަމަ ނުަަލަފާކަމުން. އޭރަކަު ކުޑައެއްނޫން. ތަންދޮރު އެނގޭތީ ރުޅިގަދަކަމުން ކުރާ ކަންކަން. މިހާރުވެސް އެހެންކަންނޭނގެ އުޅޭނީ. ތިކަހަލަ ނުލަފާކަންތަކުގެ ވާހަކަ ފަހުންވެސް އާންުމުންނާ ހިއްސާކުރާނީ ސިކުނޑީގަ އުނިކަމެއް ހުންނާތީ

    6
    5
  4. އެމަންޖެ

    ރިސްމީވެސް ވަރައް މަސަތްކަތުންތޯ ކާމިޔާބު ކުރެއްވީ...؟؟؟

  5. ބުރާންތިސް

    ސައިކޯ ކެރެކްޓަރ އެހާ ފުރިހަމަޔަށް ކުޅޭތީ ހިތައް އަރައޭ މިސޮރު ކޮންތަނަކުންބާއޭ ޓްރެއިންވީ.

    4
    3
  6. ސަމްކުޅިބޭ

    އެދުވަހު ހުކުރަށް ނުގެންދިޔާމާ މިހާރު އެއްގޮތަކަށްވެސް ނަމާދު ނުކުރަނީ.

    8
    1