ބޮލީވުޑްގެ ރަހަތަކަކީ ދިވެހިންނަށް އާ ރަހަތަކެއް ނޫނެވެ. ބޮލީވުޑްގެ ފިލްމުތަކާއި، ބޮލީވުޑްގެ ލަވަތަކުގެ ކުލަވަރަކީ ދިވެހިން އެ ކުލަތަކަކަށް ދޯޅު ކުލަތަކެކެވެ. އެންމެ ފަހުގެ ބޮލީވުޑްގެ ލަވަތައް ޕްލޭލިސްޓުގައި ނެތް މީހަކު މަދަކުން ނޫނީ ނުހުންނާނެއެވެ. އަދި ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނަށް ދިޔަޔަސް އެންމެ ގިނައިން އަޑު އިވޭނީ މި ބުނާ ބޮލީވުޑްގެ ލަވަތަކެވެ. އެހެންވީމަ ކަސްރަތުގެ ދުނިޔެއިން ބޮލީވުޑްގެ ރަހަތައް ނުފެންނަންވީ ސަބަބެއް ނެތެއް ނޫންހެއްޔެވެ.

ބޮލީވުޑްގެ ލަވަތަކަށް ޒުމްބާ ޖެއްސުމާއި، ކަސްރަތު ކުރާ އިރު ބޮލީވުޑްގެ ލަވަތައް ޖެެހުމަކީ ކުރިންވެސް ދިވެހިންކޮށް އުޅުނު ކަމެކެވެ. އެހެންނަމަވެސް ބޮލީވުޑްގެއަސަރު އެންމެ ފުރިހަމައަށް ދިވެހިންގެ ކަސްރަތުކުރުމުގެ ވައްޓަފާޅި އާއި ގުޅުނު ހިސާބަކީ ބޮމްބޭ ޖޭމް ރާއްޖެ އަށް ތައާރަފުވި ހިސާބެވެ. 2019 ވަަ އަހަރުގެ ފަހުކޮޅު ފިޓްޒޯން އިން ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރި ބޮމްބޭ ޖޭމް އަކީ ބޮލީވުޑްގެ ލަވަތައް ހިމަނައިގެން މުޅި ހަށިގަނޑަށް ފައިދާވާ ކަހަލަ ކަސްރަތުތަކާއި އެކު ތައްޔާރުކޮށްފައިވާ ވޯކްއައުޓެކެވެ. ބޮމްބޭ ޖޭމްގެ ޚާއްސަކަމަކީ މަޖަލާއި ފޯރީގައި ސަރުބީތައް ވިރުވާލާ، ހަކަތަ އިތުރުކޮށްލަން ލިބޭ ފުރުސަތެވެ.

ނީލާ އާއި އެހެން އިންސްޓްރަކްޓަރެއް ބޮމްބޭ ޖޭމްގެ ކަސްރަތުތަކެއް ދައްކާލަނީ : ފޮޓޯ ވަގުތު/ އަހުމަދު މަމްދޫހު

އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ބޮމްބޭ ޖޭމް އިންސްޓްރަކްޓަރުންގެ ތެރެއިން އައިމިނަތު ލީނާ (ނީލާ) އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. މާލެ އަށް އުފަން އުމުރުން 39 އަހަރުގެ ނީލާ އަކީ މިހާރު ރާއްޖޭގައި ތިބި ފިޓްނެސް އިންސްޓްރަކްޓަރުންގެ ތެރޭގައި ފަވާލެވޭނެ ނަމެކެވެ. ކަސްރަތުގެ ދާއިރާގައި ނުވަ ވަރަކަށް އަހަރު ހޭދަކޮށްފައިވާ ނީލާ އަކީ ޕައުންޑް ޕްރޯ، ބޮމްބޭ ޖޭމް، ސްޓީލް ކޮމްބެޓްގެ އިތުރުން ޕާސަނަލް ޓްރެއިނިން އާއި ބޫޓް ކެމްޕް ކުލާސްތައް ވެސް ނަގާދެމުން އަންނަ ކުޅަދާނަ އިންސްޓްރަކްޓަރެކެވެ.

ނީލާ އަކީ ކުޑައިރުއްސުރެ ވެސް ނެށުމަށް ނުހަނު ފޯރި ހުންނަ މީހެކެވެ. ކަސްރަތުގެ ތެރެއަށް އޭނާ އަށް ވަދެވުމުގެ މުލަކީ އެއީ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކަސްރަތުގެ ތެރެއަށް ނީލާ އަށް ވަދެވުނު ގޮތް ހިއްސާކުރަމުން އޭނާ "ވަގުތު" އަށް ބުނީ އެންމެ ފުރަަތަމަ އެ މަސައްކަތް ފެށުނީ މީގެ 9 ވަރަކަށް އަހަރު ކުރިން ހުޅުމާލޭ ޕްރީސްކޫލުގައި ބޭއްވި ޒުމްބާ ކުލާސްތަކާއި އެކުގައި ކަމަށެވެ.

ނީލާ ފިޓް ޒޯން ލޯގޯ ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފޮޓޯ ވަގުތު /އަހުމަދު މަމްދޫހު

އޭރު އޭނާ އަކީ ކަސްރަތު ކުރުމުގެ ދާއިރާ އިން އެއްވެސް ކަހަލަ ތަމްރީނެއް ލިބިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭރު ކަސްރަތު ކުލާސްތަކެއް އޭރު ފެށީ، އެ ދުވަސްކޮޅު އަންހެނުންނަށް ހާއްސަކޮށްގެން ކުލާސްތަކެއް ނެތުމުން އެފަަދަ ފުރުސަތެއް އަންހެނުންނަށް ހޯދާ ދިނުމުގެ މަގްސަދުގައެވެ.

ކަސްރަތުގެ ދާއިރާއިން ތަޖުރިބާއެއް ނެތް ނަމަވެސް އޭރުވެސް އެ ކުލާސްތަކުގައި ނީލާ ބައިވެރިވީ ނަގާކިޔާ މީހެއްގެ ގޮތުގައެވެ. އޭރުވެސް އެ ވައްޓަފާޅި އާއި ހުނަރު ނީލާގެ ހުރި ކަމަށް އެކުގައި ޒުމްބާ ކުލާހަށް ދިޔަ މީހުންނަށް ޤަބޫލުކުރެވުނެވެ. އަދި އެ ދާއިރާ އިން ކުރިއަށް ދާން އެކުގައި އުޅުނު މީހުންނާއި، ކަސްރަތު ކުލާހުގެ ބައިވެރިންވެސް އޭނާ އަށް ބާރުއެޅިއެވެ.

"އަސްލު ފެށުނީ ހުޅުމާލޭގައި އައިތާ ކައިރީގައި މިތާގައި އަންހެނުންނަށް ޚާއްސަކޮށް އެއްވެސް ކަސްރަތު ކުރާ ތަނެއް ނުހުރޭ. އޭރު އަންހެނުންނަށް ޚާއްސަކޮށްގެން ފެށީ. ވީޑިއޯ އަޅުވައިގެން ފެށީ. ވަރަށް މަޖާ އޭރު. 100 ރުފިޔާގެ މަގުން ޖައްސަނީ އެރު. ނަގާކިޔާ މީހެއްގެ ގޮތުގައި ގެންގުޅޭތީ ވަރަށް އުފާވޭ. ވީޑިއޯ ޖައްސައިގެން ކުރިޔަސް ތަފާތު އިހުސާސްތަކެއް ކުރެވެނީ." އޭނާ ބުންޏެވެ.

ނީލާ އާއި އެހެން އިންސްޓްރަކްޓަރެއް ޒުމްބާގެ ހަރަކާތްތަކެއް ދައްކާލަނީ : ފޮޓޯ ވަގުތު/ އަހުމަދު މަމްދޫހު

މި ދާއިިިރާއިން އެންމެ ފުރަތަމަ ނީލާ ޓްރެއިންވީ 2017 ވަނަ އަަހަރެވެ. އެއީ އޭރު ޒުމްބާ އިންސްޓްރަކްޓަރަކަށް ހަރަކާތްތެރިވި ނާޒިމާ އަބްދުލް ޤަނީމް ކިޔާ މީހަކު އޭނާ އަށް ދިން ފުރުސަތެއް ކަމަށް ނީލާ ބުނެއެވެ. އޭރުން ފެށިގެން މިއަދާއި ހަމައަށް ވެސް މި މަސައްކަތުގައި ދެމި ހުރީ އެ މަސައްކަތަށް ނީލާގެ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ނީލާ އާއި ކަސްރަތު ކުލާހަކަށް ދާ އެންމެ ފުރަތަމަ ދުވަހުވެސް ފާހަގަކުރެވޭނީ އޭނާގެ ޖޯޝައި ފޯރިއެވެ. ކޮންމެ ކުލާހެއްވެސް އޭނާ ނަގާދެނީ އެއް ރޫހެއްގައެވެ. ނީލާގެ ކްލައިންޓުންނާއި ވާހަކަދައްކާލުމުން އެނގެނީ މި މަސައްކަތަށް އޭނާގެ ހިތުގައި އޮތް ފުރިހަމަ ޝައުގުވެރިކަމެވެ. އަބަދުވެސް ހިނިތުން މޫނަކާއި އެކު ކްލައިންޓުންނާއި ކުރިމަތިލާ ނީލާގެ ކުލާހަށް ކޮންމެ މީހަކުވެސް ދަނީ ދާހިތުންނެވެ. ނީލާގެ ކްލައިންޓުން އޭނާ ސިފަ ކުރަނީ މަޖާ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. ބޮމްބޭ ޖޭމް އަކަސް، ޒުމްބަ އަކަސް ނީލާގެ ކުލާހެއް ވެއްޖެއްޔާ ފޫއްސެއް ނުވާނެއެވެ. ކުލާސް ފެށިނީއްސުރެ ނިމެންދެން އެއްއަޑަކަށް އަޑު އިވެނީ އޭނާގެ އަޑެވެ. ނީލާ އަކީ އަމިއްލަ އަށް މަޖާނަގަމުން، އެ މަޖަލުގައި އެހެން މީހުންގެ ބައިވެރިކޮސްގެން ކުލާސް ކުރިއަށް ގެންދާ މީހެކެވެ.

ކަސްރަތުކުރުމަކީ ނީލާގެ ހަށިގަނޑަށްވެސް ހެޔޮ ބަދަލުތަކެއް އައި ކަމަކަށް ވުމުން އެހެންމީހުން ދުޅަހެޔޮވުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ނީލާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. ނީލާ ބުނާގޮތުން މި މަސައްކަތުގައި އެންމެ ބޮޑު ހިއްވަރަކީ ވެސް އޭނާގެ ކްލައިންޓުންގެ ފަރާތުން ލިބޭ ތައުރީފާއި ހިތްގައިމު މެސެޖުތަކެވެ.

" ނާޒިމާ އަބްދުލް ޤަނީމް ކިޔާ މީހެއް ވަރަށް ބޮޑަށް ޕުޝްކޮށްގެން އޭރު ޓްރެއިންވީ. ވަރަށް ފަލަވާނެ. ވެއިޓް ސީދާ ހަނދާނެއް ނެތް. ފުދޭވަރަކަށް ހިކިފައި 3 ވަނަ ކުއްޖާ ލިބުނީމަ 80 ކިލޯ އަށް އެރި ޒުމްބާ އިން. މިހާރެކޭ ފެށިގެން އައި އިރު އަސްލު ހަމަސޭމް. ކްލައިންޓުން ވަކިން ބައެއް ފަހަރު މެސެޖު ކުރާނެ. އެއީ ދެން ވަރަށް އުފާވާ ކަމެއް. ހާދަ ރަނގަޅޭ ނޫނީ ތަފާތޭ. ހިތްހަމަޖެހެއޭ. އެއީ އެންމެ އުފާވާ ކަމަކީ." އޭނާ ބުންޏެވެ.

މިހާރު ފިޓްޒޯންގައި މަސައްކުރަމުންދާ ނީލާ އަކީ ވަރަށް ގަޔާވެގެން އޭނާގެ މަސައްކަތް ފުރިހަމަ ކުރާ މީހެކެވެ. އޭނާގެ މަސައްކަތުގައި އޭނާ އަށް އެންމެ އެހީވަނީ އޭނާގެ ފިރިމީހާ އާއި އޭނާގެ ދައްތަ އާއި ކޮއްކޮ ކަމަށް ނީލާ ބުނެއެވެ. އަދި މިހާރު ފިޓްޒޯންގެ ވެރިމީހާ ރިޔާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ނީލާ ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. Anonymous

    ސާބަސް. ބަލާލަންް ނުކެރޭ ލާފަ ހުރި އެއްޗިހިން..

    143
    7
    • ޚާރު

      ޜުއް ގުޅި ޑްރެސް އެއީ

      38
    • ތާސް

      ތިބަލަނީ އެއްނު.

      16
      10
  2. ފާފު

    ރަނގަޅޭ ބުނީ

    24
    11
  3. ލޯބިގަޑު

    ހާދަ ސަޅިއޭ😍

    18
    52
  4. ލަދުން ހަލާކު

    މި މީހުން ކީއްކުރަން އަލާ ބުރުގާ އެއްބާ މީ؟

    151
    4
    • މީހު

      މީހުން ބުނޭ ނީލާ ވަރަށް ލޯބިއޯ ބުރުގާ އެޅީމަ! ޢެހެންވެ

      9
      4
  5. މީރާ

    އަބަދު އެއްބައެއް ގެނެސްދެނީ ކީއްވެތަ؟

    33
    2
  6. ހާލި

    ހެޔޮ ނުވާނެ ތިހުރިހާ ބައެއް ހާމަކޮށްގެން ..ވ ވާހަކަ މީ

    88
    4
  7. ޟާނު

    ނީލާނުން ފުރަތަމަ ހިއްކަންވީ ހިކޭނެކަމަށް ގަޔަށްބާރު އެއްޗެއްލިޔަސް ނުހިކޭނެ

    102
    3
  8. އުގުރި

    ވަގުތު މީހުންނަށް މިއޮއް ފަދަ ރޯދަ މަހު މީނޫން ހާލަތެއްގައި ތިބި ބަޔަ ކުގެ ހަބަރެއް ގެނެސްދޭން ނޭގުނީބާއެވެ.

    140
    4
  9. ޖޮިގފވ

    ހެޔޮނުވާނެ ނިވާވެބަލަ!!!!!!
    ކަލޭގެ ވަނާތައް ނުދައްކާ ދޫ ޓްރިޕްލް އެކްސް ޓީޝާޓު ގަނޑެއް ނަމަވެސް މަހާބަލަ
    އަޅެ ތިގޮތައް އުޅުންތީ ވިމެން އެމްޕަވަރިންގ އެއްސ ނޫނޭ ތިއީ ސާލިހު މީހާ ލައްވާ ފާފަ ކުރުވަން އުޅުމޭ

    127
    6
    • ާއަސަރް

      ކަލޭ ނުބެލީމަ ވީނު! ލޮލް

      2
      1
      • ކަލޭ ގިޔާމަތަ ބިރުވެތިވޭ.

  10. އަލި ފާން

    އަދަ އދާ ހުރި އަލިފާން ގަޑެއްގެ ބޮޑު ކަމާ އެވެ.

    93
    5
  11. ހަލީމަ ދައިތަ

    އެއީ ކީއްކުރަން ބޮލުގަ އަޅާފަ އިން ފޮތިކޮޅެއްބާ.. ބަލާލަން ނުކެރޭ ތިބި ގޮތުން.. ލަދުން ބޯ ފަޅައިން ދާވަރުވޭ.. 🤦‍♀️🤦‍♀️

    122
    5
  12. ފަނޑިޔާރުމަނިކުފާނު

    (އަހަރެމެންގެ އުސްތާޒަކު ކިޔައިދެއްވި ގޮތުގާ ފޭރާމުގެ މަޤްސަދަކީ ބައްޓަމާއިއެކު ކުލަ ނިވާވުމާއި ޒީނަތްތެރިކަން ޙާސީލްކުރުމޭ..). ބައްޓަމާއި ކުލައިގެތެރެއިން އެކަތި ދޫވިޔަސް ފޭރާމުގެ މަޤްސަދާ ފުށޫއެރީ. ދެން ދާންއުޅޭނީ ޝައިޠާނާގެ މަގާ ދިމާލަށް. ހެދުން ލައިގެން އޮރިޔާމުން އުަޅޭމީހުންގެ ބާ ބަށް.

    98
    6
  13. ޣޭހަަ

    ދުނިޔެ މަތީ ކަލޭމެންނަށް ހަށިގަނޑުގެ ވަނައަތަށް ފާޅު ވާ ވަރަށް ބާރު ހެދުން ލައިގެންއުޅެވިދާނެ އެކަމް ﷲ ގެ ހަޝްރަތުގައި ތިއީ ﷲ ގެ ހުކުމްތަކަށް ތަ ބާ ނުވެ އުޅުނު މީހުން.. އަދި ނަރަކައިގެ އަލިފާނުގެ ތެރޭގައި ވާ މީހުން...

    72
    3
  14. ޕާޓީ

    މިއުޅޭ ދޮންޕާޓި ކުދިންކޮޅުވަރަށްނަށާނެ ދާނެ ކްލާހެއްތީ

    52
    3
  15. ފިޱްނެސް

    ނީލްއަކީ ބެސްޓް
    ވެރީ ޱިޓަރމައިންޱް އެންޱް އޯސަމް ކެރެކްޓަރ

    18
    43
  16. ޒަންޖަބީލާ

    ލަދުން ބޯހަލާކު

    58
    5
  17. އިނާ

    ލޮލަށް ފާފަ ކުރުވަން މިކަހަލަ އަންހެނުން ގެ ފޮޓޯ ލަނީ ކީއްކުރަން ތަ މިއޮއްފަދަ ރަމަޟާން މަހު؟ ހުރި ހަލާކެއްގެ ބޮޑު ކަމާއެވެ...😭😭😭

    58
    3
  18. ރަދީފް

    ލަދު ކޮބާ؟؟

    40
    2
  19. ތާސް

    މިއުޅޭ ސޯލިހުކުދިންނަށް މީހަކު ހެދުމެއް ލައިން ހުއްޓަސް ފެންނާނެ ހެދުން ދަށާއެކީ.

    11
    44
  20. މަލޑިނީ

    ލަދުން ބޯހަލާކު

    29
    1
  21. ދަންތުރަ

    އަހަރުން ކުޑައިރު މާމަމެން ކިޔާ އަޑު އެހިން ކޮންމެސް ބައެގެ 7 އައިބު ފޮރުވިފައިވާކަމަށް. މިހާރުގެ ކުދިންނަށް ހީވާކަހަލަ. ބޮލުގެ މަތީގައި ފޮތިކޮޅެއް (ހެޔޮ ޖަންގީއަކަށްވިއަސް) އޮޅާލީމަ 7 އައިބު ފޮރުޥޭކަމަށް.

    46
    5
  22. ލޮލާ

    ކޮންމެފަދަ ހެދުމެއްލާ ކޮންމެ ފަދަ މީހަކު ވެސް މިހާރު ބޮލަށް ގޮށި ގަޑެއް އަޅާ! ކީއްކުރަންބާ ނަމެއްގަ ބޮލުގަ ހުރި އިސްތަށިކޮޅު އެކަނި ނިވާކުރަނީ! ބުރުގާ ނޭޅިއަސް އިސްލާމްދީނުގަ ރަގަޅަށް އުޅެންޏާ އިސްލާމަކު ކަމުގަ ވާނީ! ބުރުގާ ނާޅާ ގަޔަށްއެހާބާރު ނުން ސަލްވާރު ހެދުމެއް ނޫނީ ބިޑި ހެދުމެއް ދޯޕައްޓާ އާ އެކު ލިޔަސް ތި ހެދުމަށް ވުރެން ތާހިރު ވާނެ! ތި އަޅާ ބޮލު ފޮށާ އަކުން އަދި ނުވޭ ނިވާ އެއް! ދިވެހިންނަށް މިވީ ކިހިނެއް ބާ ! އެއްމެން ނަމެއްގަ ބޮލުގާފޮތި ވިހެލަނީ! ބުރުގާ ނޭޅިޔސް ތިޔަށްވުރެން ޑިސެންޓް ޔޫރަޕް މީހުން ވެސް ލޮލް

    34
    3
  23. އާޗާ

    ނެއްތަ ވީޑިއޯއެއް ؟

    11
    9
    • ހ

      ގިޔާމަތަ ބިރުގަނޭ

  24. ވަސީ

    ތިޔައް ކިޔަންވީ ހެދުން އަޅައިގެން އޮރިޔާމުން ހުރުމޭ..

    31
    1
  25. ހުވާ

    އުންމަތުގެ ހަލާކު ހެޔޮނުވާނެ

    16
    1
  26. އަލިބެ

    އޭ ލޮބުވެތި އުޚުތުންނޭ. ފަހު ޒަމާނުގައި ހެދުން އަޅަިގެން އޮރިޔާމުން ތިބޭބަޔަކު ފާޅުވާނެކަމަށް އޮވެއެވެ. އެއިގެ ތެރޭގައި ތިޔަބައިމީހުން ނުވާށެވެ. ރަނގަށް ދީނުގެ އިމުގެ ތެރޭގައި ހުރެވޭތޯ ބަލާށެވެ. ބޮލުގައި ފޮތިގަނޑެއް އަޅައި ބުރުގާއެޅީއޭ ބުންޏަކަސް އަދި ފުރިހަމައެއްނުވެއެވެ.

    8
    1