ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕާފޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓް ހިމަނައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަހީމް އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކުރާ މަސައްކަތަކީ ސިކުނޑި ބޭނުންކޮށް ކުރާ މަސައްކަތެކެވެ.

އަދި ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި، ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވާންޖެހޭ ކަމަކީ ޢިލްމުވެރިން އެކަމާ ދެބަސްވާ ކަމެއް ނޫން ކަން ވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި އާންމުންނަށް ހިދުމަތްދޭން ހުންނަ މީހާއަކީ ޖިސްމާނީ، ނަފްސާނީ، ރޫހާނީ އަދި އިޖްތިމާޢީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަކީ، މުޅި ޤައުމުގެ މަޞްލަޙަތު އޮތް ކަމެއް ކަމަށެވެ.

"މި ދެންނެވި ކަންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޢަމަލީ ގޮތުން ފެށުމަށްޓަކައި، މިއަހަރުން ފެށިގެން، ޕަރފޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓެއް ވާނީ ހިމަނާފައެވެ. މިޓެސްޓުގައި ބަލާނީ ހިތުގެ ދުޅަހެޔޮކަމާއި، ގައިގާ ބާރު ހުރިވަރާއި، ފްލެކްސިބިލިޓީއާއި ބިއެމްއައި އަށެވެ. އެމުވައްޒަފަކު ފާސްވާންޖެހޭ މިންގަނޑު ބަލާނީ ޢުމުރާއި، ދާއިމީ ބައްޔަކަށް ބޭސްކުރާނަމަ، އެކަންކަމަށްވެސް ބަލައިގެންނެވެ." ޝަމީމް ބްލޮގުގައި ލިޔުއްވާފައި ވެއެވެ.

ޝަމީމްގެ ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ސިވިލް ސަރވިސްގައިވެސް ފިޓްނަސް ޓެސްޓު ތައާރަފް ކުރަންޖެހެއެވެ. އެކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ.

"ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ. އެސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ރައީސް އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ފިޓްނަސް ޓެސްޓެއް ދޭގޮތަށް މިމަސައްކަތް ފަށައިގަނެވިދާނެއެވެ. އެއަށްފަހު، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އެސިޔާސަތު ފުޅާކުރާނީއެވެ. މިކަމުގެ ސަބަބުން، މުޅި ދައުލަތުގެ ހިންގުން ހަރުދަނާވާނެއެވެ". އޭނާ ލިޔުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޖހފދހދ

    ތިއުޅެނީ ތިތާނގަތިބި ކޮލިޓީ ކުދިންކޮޅެއް ބޭރުކޮށްލާނެ ގޮތެއް ހޯދަން. ސިއްހަތު ސލާމަތުން ހުރުމަކީ މުހިންމު ކަމެއް. އެކަމު މަނިކުފާނު ތިއުޅުއްވަނީ ބަޔަކު ބޭރުނުކުރެވިގެން.

    26
    1
    • ޝަމީމު

      އެތާތިބި ޝަމީމް އަށް ވުރެ މޮޅު މީހުން ބޭރު ކޮށްލާނެ ގޮތެއް ހޯދަނީ. ގަމާރުން ގޮވައިގެން އޭނަ ކިޔާހާ އެއްޗަކަށް އާނހޫނ ކިޔާ މީހުން އޭނަ ބޭނުން ވަނީ އެތާ ތިބެން

    • ދޯ

      ދުނިޔޭގަ ކޮން ގައުމަކުން ކުރާކަމެއް

  2. ޟމމ

    ޕާފޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓް ހިމެނިގެން ނުވާނެ،

    29
    1
    • ޝަމީމް

      ތި ޝަމީމް ޕީޖީ ކަމަށް އައި ފަހުން މިވީހާ ދުވަހު ޕީޖީ އޮފީހުގެ ޕަރފޯމަންސް އެޕްރައިޒަލް އެއް ނަހަދާ. އެއް ކަމެއް ވެސް ވާނެ މީހެއް ނޫން. ފޮނި އަނގަ ތަޅާ މީހެއް

      19
  3. ހހހހ

    ާތީ ގާނޫނާ ހިލާފު ކަމެށް...ކަލޭ،މޮޔަވީތަ

    29
    1
  4. ބުންބެ

    ޝަމީމް ޢާއި އެކު ދުވަން އަދި ފަތަން ދާނެ މީހުން މަދުވީތޯ؟ ނޫނީ މުވައްޒަފުންނަށް ކުރާނެ ހުރިހާ ޖެއްސުންކޮށް ނިމުނީތޯ؟ ކުރާނެ ކަމެއް ނެތިއްޔާ އިސްތިޢުފާދީފަ އަދީބުގެ ވަކީލަކަށް ދޭބަލަ. ވަރަށް ސަމާލް.

    36
    1
  5. ފުއާދު

    ތިއުޅެނީ އެއްޗެކޭ ކިޔާފަ ށަމީމަށް ސިފަ ރީތި ކުދިންކޮޅެއް އެކަނި އޮފީހަށް ބައްދަން.

    ނޫންނަމަ ހަމައެކަނި ފިޓްނަސް އެއް ނޫން ބަލާނީ. އަމިއްލައަށް ބުނިހެން ރޫހާނީ ލެވެލް ހުރިވަރެއް ބަލަން ނަމާދު ޗާޓެއް ހަދާފަ ގުރުއާން މުބާރާތެއް ވެސް ނޭވީސް.

    ހަމަ ވަހުށީ ލާދީނީ މޑނ ސިފަ އަދިވެސް

  6. ކަމަނަ

    ޱީޗަރުން ގެ ވެސް ފިޱްނަސް ޗެކް ކުރަން ފެނޭ

    3
    2
  7. ޢަލިފް

    ތިޔަކުރީ މަޖުބޫރު...މޮޔަފުޅު ނުވޭ ..އެމީހެއްގެ ކަމެއް ސަލާމަތުން އައުމަކީ...ނިދާފަވެސް ސައިބޮއެގެން ވެސް ފިޓް ވެގެންވެސް އައުމަކީ...ހެހެހެހެހެ.....

  8. އަލީމޫސާ

    މީވެސް މީހުން ކުރާ ކަންތައްތަ. މިގެއިން ހީވާ އެއްޗަކީ ތިމަންނަ މާވަރަކަށް ދުވެ. 30 މިނުޓުން 5 ކިލޯ މީޓަރު ޖެހީމަ އެދެން މާ ބޮޑުކަމެއްކަމަށް. ތިނަށް ވަޒީފާއަށް އެޕްލޭކުރާ ކޮއްމެމީހަކީ ލިޔަން ކިޔަން ދަންނަ ވަކި ފިކުރަކަށް ގޮސްހުސްވެފައި ވާމީހަކަށް ނުވުން ޕާރފޯމްސްގަ ހިމަނުން މާރަގަޅު.

  9. ބަޖިޔަލެއް

    އެންމެ ނާގާބިލް ޕީޖީ. އަނގަ ވަރަށް ގާބިލް. އެވެސް ފޮނި ކެނޑުމުގަ. ހިންގުން ސުމެއް

  10. ހުސޭނުބޭ

    ތި ކުޅޭ ކުޅިގަނޑުން ޔަޤީންވަނީ ޕީޖީ ތިތަނު އަންހެނަކާ ވަރަށް ހިތާވެ ނެއްޓެން ނޭގިގެން އުޅެކަން.

  11. ރަން ރީނދޫ

    މި ވަގު ޝަމީމް ،އެ އޮފީސް،ކޮރަޕްޝަންގެ އައްޑާއަކަށް ހަދައިފި.

  12. އަހްމަދު

    ތިޔަތަނުގަ ސިކުނޑީގެބައިވެސްމިހާރުހަމަޖައްސަނީ ފައިސާކޮޅަކުން

  13. ވަޒީރު

    އިވެލިއޭޝަން ހަދަންވީ ރެއިންބޯ ކުޅިއަށް ޝަމީމުމެން އަޅާފަ ތިބި ވަރެއް ބަލަންވެސް

  14. މަމޮޅޭ

    ބަލަ މަސައްކަތާ ގުޅުމެއް ނެތް މީނަ ހިތަށް އަރާހާ އެއްޗެއް ޕާރފޯރމަނސް އިވެލިއޫޝަނަށް ލެވޭތަ؟ އަންެހުންނަށް ކައްކަން އެގޭތޯ އާ ގޭތެރެެ ސާފުކުރަްނ އެގޭތޯ ވެސް މީނަ ލާފާނެ ޕާރފޯރމަނސްއަށް.
    ބަލަ މީހާގެ ސިއްހަތަކީ އެމީހާގެ އަމިއްލަ ތަސައްރުފް ދަށުގައިވާ އެމީހާގެ މިލްކެއް. އެއީ މަމޮޅޭއާ ބެހޭ އެއްޗެއް ނޫން.

  15. ޙަލީމް

    މީނާއަކީ ޢައުރަ ނިވާނުވާ ވަރުގެ ސޯޓްކޮޅެއް ލައިގެން ކުދިން ގޮވައިގެން ސްކޫލް ދޮށަށް ދާ މީހެއް. ފޮޓޯގައިވެސް އެހެރީ ޢައުރަ ނިވާ ނުކޮށް ނޫންތޯ؟