އިންޓަނޭޝަނަލް ތަރިއެއްގެ ގޮތުގައި، މިހާރު ކުރިއަރަމުން އަންނަ ޕްރިޔަންކާއަކީ މިހާރު އައްސާމްގެ ޓޫރިޒަމް އެމްބަސަޑަރެކެވެ.

އޭނާ މިހާރު އެދަނީ އެކި ތަންތަނުގައި އަދާމްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތަށް އޭނާ ދަތުރުކުރަމުން ދަނިކޮށް ހަތް އަހަރުގެ ރަދާ ނަމަކަށް ކިޔާ ކުއްޖަކާއި، ޕްރިޔަންކާއާ މި ވަނީ ބައްދަލުވެފައެވެ.

ރަދާ އާއި ޕްރިޔަންކާ އާއި ބައްދަލުވުމުން އޭނާ ޕްރިޔަންކާއަށް ދަސްކޮށްދިނީ އިންޑިއާގެ ގައުމީ ހެދުން ސާޅި އަޅާ ގޮތެވެ. އެ ކުޑަކުއްޖާ ޕްރިޔަންކާއަށް ސާރީ އަޅާ ތަން ދައްކުވައިދޭ ވީޑިޔޯއެއް މިހާރު މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ޕްރިޔަންކާ ވަނީ އެ ކުޑަކުއްޖާގެ ރީތިކަމަށް ތައުރީފްވެސްކޮށްފައެވެ. ޕްރިޔަންކާ އަސާމްގައި ހުރެ ބައެއް ސްކޫލަކަށްވެސް ޒިޔާރަތްކުރިއިރުު، އެތަނުގައި ބައެއް ނެށުމުގައިވެސް ބައިވެރިވިކަމަށް ވެއެވެ.

މިވަގުތު ޕްރިޔަންކާ ކުރަމުން ގެންދަނީ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ސީޒަން ދޭއްގެ މަސައްކަތެވެ. އަދި ވަރަށް އަވަހަށް ސަލްމާން ޚާންއާއި ކެޓްރީނާ ކައިފްއާއިއެކު ބޮލީވުޑް ފިލްމު "ބަރަޓް" އިން ވެސް ޕްރިޔަންކާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.