އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯތަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ރަޝިއާ އަންހެނަކު އޭނާގެ ދެދަރިން މަރާލުމަށް ދެދަރިންގެ ހަށިގަނޑު އަންދާލައިފިއެވެ. އަދި އެއަށް ފަހު އޭނާ ވެސް ވަނީ އަމިއްލަ ގައިގައި އަލިފާން ރޯކޮށްލައިގެން މަރުވާން މަސައްކަތް ކޮށްފައެވެ.

އުމުރުން 27 އަހަރުގެ އެލީނާ އޭނާގެ ދެދަރިން މަރާލާފައި ވަނީ އަމިއްލަ ގޭގައި ކަމަށް ފުލުހުންގެ ތަޙްޤީޤަށް މިހާރު ވަނީ ކަށަވަރު ވެފައެވެ. ދެދަރިން މަރާލުމަށް ފަހު ދެދަރިންގެ ހަށިގަނޑު ކާރުގެ ޑިކީ އަަށް ލައިގެން އޭނާ ވަނީ މީހުން ނޫޅޭ ސަރަހައްދަކަށް ގޮސް އަލިފާންގަނޑެއް ރޯކުރުމަށް ފަހު އަލިފާންގަނޑުގެ ތެރެއަށް ދެދަރިންގެ ހަށިގަނޑު އެއްލާލާފައެވެ.

އެލީނާގެ ދެދަރިން
އެލީނާގެ ދެދަރިން

އެލީނާ އޭނާގެ އަމިއްލަ ހަށިގަނޑު ގައި އަލިފާން ރޯކޮށްލަން މަސައްކަތް ކުރި މަންޒަރު ފެނިފައި ވަނީ އެވަގުތު އެސަރަހައްދުން ދިޔަ މީހަކަށެވެ. އޭނާ ވަނީ އެލީނާ ހުއްޓުވުމަށް ފަހު އަލިފާން ނިއްވާ މީހުންނަށް އަންގާފައެވެ. އެމީހުން އައިސް އެސަރަހައްދުގައި ރޯވެފައި ހުރި އަލިފަންގަނޑު ނިއްވާލިއިރު ވަނީ އެކުދިންގެ ހަށިގަނޑު ފެނިފައެވެ.

މިހާރު ކައިވެނި ރޫޅިފައިވާ އެލީނާ އަށް ވަނީ މާލީ މައްސަލަތަކާއި ދިމާވެފައި ކަމަށް ރަޝިއާ މީޑިއާ އިން ރިޕޯޓް ކުރެއެވެ. އޭނާ ދަރަންޏަށް ބައެއް ރަހުމަތްތެރިންގެ އަތުން ނެގި ފައިސާ އަނބުރާ ނުދެއްކުމުން ވަރަށް ގިނަ މީހުން އޭނާ އަށް ކޮންމެ ދުވަހަކު ވެސް ގުޅަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެލީނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ބުނީ އެކުދިންގެ މަރުގެ މައްސަލަ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަޤީޤަތުގައި ﷲ އަށް އީމާންނުވާ އަދި މިންވަރަށް އީމާންނުވާ މީހުންނަށް މުޞީބާތެއް ކުރިމަތިވުމުން ތިގޮތަށްވާނެ.... އަޅަމެން މުސްލިމުން ކަމުގައި ލެއްވި ﷲ ޝުކުރުއަދާކުރަމެވެ.

  2. އަޅުގަނޑުމެންގެ ދީނުގައި ރީތިކަންފޮރުވުމަށް ބާރއަޅުއްވާފައިވެއެވެ. ޢިބްރަތްލިބޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ.

  3. މި މީހުންނަށް ނުވިސްނެނީ ކަންނޭގެ ދަރިންނަކީ ކިހާ ވަރެއްގެ ރިޒްގެއްކަން