މިދިޔަ އަހަރުގެ މޯލްޑިވިއަން އައިޑޮލް ސީޒަންގައި އޮޑިޝަން ކާމިޔާބުކޮށް ޕިޔާނޯ ރައުންޑް އިން ކަޓައިން ދިޔަ އިބްރާހިމް ޝަމީލް (ޗައިވާލާ)ގެ އެނބުރި އައުމަށް ޖަޖުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހަތަރު ޖަޖުންވެސް ރަނގަޅު ކޮމެންޓާއެކު ޗައިވާލާ މިފަހަރުވެސް އަލުން އާ ހިތްވަރަކާއެކު އޭނާ ބޭނުންވީ ކުރިއަށްދާށެވެ. ޗައިވާލާ އެނބުރި އައުން ވެގެންދާނީ ކިހިނެއްކަމާމެދު ބަލާލަން އެބަ ޖެހެއެވެ. މިދިޔަ އަހަރުގެ އައިޑޮލްގައިވެސް ޗައިވާލާގެ ނަން ވަރަށް ބޮޑަށް ހިނގިިއެވެ.

ޗައިވާލާ ބުނާގޮތުން އޭނާގެ އައިޑޮލްއަކީ އޭނާގެ މަންމައެވެ. އައިޑޮލްގެ ޝޯވ ކުރިއަށްދިޔަ ސަރަހައްދަށް މަންމަ އާއި މާމަ އަދި އޭނާގެ އާއިލާ އާ އެކުވެރިން ދިޔައެވެ. އަދި ޖަޖުންނާއި މަންމަ އާއި މާމަ ވަނީ ބައްދަލުވެސްކޮށްފައެވެ.

ޗައިވާލާގެ އިތުރުން ރޭ ޝޯވގައި އެންމެ ފާހަަގަވި ގާތް ދެ އެކުވެރިންގެ ބީޓް ބޮކްސްއެވެ. އެ ބީޓްބޮކްސްއަށް ހަތަރު ޖަޖުންގެ ކޮމެންޓް ވަރަށް ސަޅިއެވެ. ހަތަރު ޖަޖުންނަށްވެސް އެ ބީޓް ބޮކްސް ކަމުދާކަމަށްބުނެ ވަނީ ތައުރީފް އޮއްސާލާފައެވެ.

އެ ދެ މީހުންގެ ލަވަ ހުށަހަޅަން ދިން ފުރުސަތުގައި ހަަތަރު ޖަޖުންގެ ނޯއާއެކު އެކަކު ސަލާމަތްނުވިއެވެ. ނަމަވެސް އަނެއް ބައިވެރިޔާ ވަނީ ފުރަތަމަ ބުރުން ޖާގަ ހޯދާފައެވެ. ރޭ އަައިޑޮލްގެ ބައިވެރިންގެ ފަރާތުން ފެނިގެން ދިޔައީ މީހުން ލަވަކިޔުމުގެ މޮޅު ހުނަރެވެ.

އައިޑޮލްގައި ފުރަތަމަ އެޕިސޯޑުގައި ފެނިގެން ދިޔައީ މާލެ އޮޑިޝަންގައި ބައިވެރިވި ބައެއް ކުދިންގެ ހުށަހެޅުންތަކެވެ. މިރޭވެސް ކުރިއަށްދާނީ މާލެ އޮޑިޝަންގެ ބައިތަކެވެ.