އިންޑިއާގެ މުމްބާއީގައި ހުންނަ ހޮސްޕިޓަލެއްގެ ކޮވިޑް-19 ވޯޑެއްގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރެއްގެ ބޮލަށް އެ ވޯޑުގެ ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއެއް އޭނާގެ ބޮލަށް ވެއްޓީ އަނިޔާތަކެއް ވެއްޖެއެވެ.

އަންގާރަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ މުމްބާއީގެ ނައިރް ހޮސްޕިޓަލްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ބޮލަށް ފަންކާ ވެއްޓުމާއެކު ވަގުތުން އެ ހޮސްޕިޓަލްގެ އެމާޖެންސީ ޑިޕާޓްމެންޓަށް ގެންގޮސް އޭނާއަށް ފަރުވާދޭން ފެށިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާގައި އަނިޔާވެފައި ވަނީ ހޭނައްތާ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރަަކަށެވެ. އަދި އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، އެ ރިޕޯޓްތަކުން ދައްކަނީ އޭނާގެ މައްސަލައެއް ނެތް ކަމަށް އޭނާ ބެލި ޑޮކްޓަރު ބުންޏެވެ.

"އޭނާ އޮތީ މިހާރު އޮބްޒަވޭޝަންގައި، އެތަނުގައި އޭނާ އެއް ދުވަހަށް ބާއްވާނެ، އަދި އޭނާގެ ހާލު ވަރަށް ރަނގަޅު". ނައިރް ހޮސްޕިޓަލުގެ ޑީން ޑރ. މޯހަން ޖޯޝީ އޭއެންއައި ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

އެ ޑޮކްޓަރު ބޮލަށް ފަންކާ ވެއްޓުނު ގޮތް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު