ސިނގެރޭޓް ބުއިމުގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުން ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިޔާގައި އާއްމުވެއްޖެއެވެ.

ނޯތް ކާލިއޮނާގައި ދިރިއުޅޭ ނަރުހެއްކަމަށްވާ އަމެންޑާއެލާ ފޭސްބުކްގައި އާއްމުކޮށްފައިވާ ،މިވީޑިއޯ މިހާތަނަށް 5 ލައްކައަށްވުރެ ގިނަ މީހުންވަނީ ޝެއަރކޮށްފައެވެ.

މިވީޑިއޯއިން ފެންނަނީ ސިނގެރޭޓް ބޯ މީހަކާއި ސިނގެރޭޓް ނުބޯ މީހެެއްގެ ފުއްޕާމޭ މަސައްކަތް ކުރާނެ ގޮތެވެ. މިގޮތުން މިވީޑިއޯއިން ފެންނަ ފިޔާތޮށި ކުލައިގެ ފުއްޕާމެޔަކީ ސިއްޙަތު ރަނގަޅު އަދި ސިނގެރޭޓް ނުބޯ މީހެއްގެ ފުއްޕާމެޔެވެ. ކަޅު ކުލައިން ފެންނަނީ ސިނގެރޭޓް ބޯ މީހެއްގެ ފުއްޕާމެޔެވެ.

https://www.facebook.com/amanda.orr.56/posts/10212156331769060

ސިނގެރޭޓް ބުއިމަކީ އެއިން ވަރަށް ގިނަ ގެއްލުން ލިބޭ ކަމެކެވެ. ތިމާއަށާއި ތިމާގެ ވަށައިގެންވާ މީހުނަށްވެސް ސިނގެރޭޓް ބުއިމުގެ ސަބަބުން ގިނަ ގެއްލުންތަކާާ ކުރިމަތިވެއެވެ. އެހެންނަމަވެސް ދުންފަތަކީ އޭގެ އަވައިގައި ޖެހިއްޖެނަމަ އެއިން ދުރުވާން އުދަގޫ އެއްޗެކެވެ. ނަމަވެސް މިއަކީ ނުވާވަރުގެ ކަމެއް ނޫނެވެ.

ސިނގެރޭޓްގެ ސަބަބުން ތިމާގެ އަމިއްލަ ހަށިގަނޑަށް ބޮޑު ގެއްލުމެއް ދެވިގެންދާއިރު، ސިނގެރޭޓްގެ އިސްތިއުމާލް ކުރުމަކީ މާލީ ގޮތުންވެސް ތިމާ ބޮޑު އަދަވަޅަކަށް ވައްޓާލާކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާވަތުބަތާނަ

    ކިތަންމެ ވީޑިއޯއެއް ދެއްކިއަސް ކިތަންމެ އަގުބޮޑުކުރިއަސް ތި ބޯމީހުންނަކަށް ހިއެއަނުވޭ ކަމެއްވާހެން ހައްތާވަނީ ގިނަ. އަމިއްލައަށް މަރުވާން ދޫކޮށްލެވޭކަންވެސްނެތް.ދެންކީއްކުރާނީދޯ

  2. ހަގީގަތް

    ވަގުތު މީހުން ހަބަރާ ގުޅުން ހުުރި ވީޑިއޯ އަދި ފޮޓޯ ހިމެނުން އެދެން.