ދުންފަތުގެ އިސްތިއުމާލު ކުރުން އެކި ގޮތް ގޮތުން އަޅުގަނޑުމެން ކުޑަކުޑަ މި މުޖުތަމައުގައި ވަނީ އިތުރުވެފައެވެ. ސިނގެރެޓާއި ވޭޕާއި ޝީޝާގެ އެކި ބާވަތްތައް ބޭނުން ކުރާ މީހުންގެ އިންސައްތަ އިތުރުވަމުން އަންނައިރު، އެނގެން ޖެހޭ އެއް ކަމަކީ އެފަދަ ތަކެތި ބޭނުން ކުރާ ފަރާތްތައް އަވަހަށް މަރުވުމުގެ ފުރުސަތު އޮންނަ ކަމެވެ.

ދާދި ފަހުން ސިއްހީ އެކި އެކި ރިޕޯޓްތައް ގެނެސްދޭ ނޫހަކުން ވަނީ ވޭޕާއި ސިގެރެޓް ބުއިމުގެ ނުރައްކާ އާންމު ކޮށްފައެވެ.

އެފަރާތްތަކުން އާންމު ކޮށްފައިވާ އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި މި ދެ ބާވަތް ބޭނުން ކުރާ މީހުންގެ ސިއްހީ އެކި ކަހަލަ މައްސަލަތައް ޖެހެއެވެ. އެގޮތުން މި ދެ ބާވަތުގައި ވެސް ނިކޮޓިން ހިމެނޭއިރު، މިއީ ވަރަށް އަވަހަށް "އެޑިކެޓް" ނުވަތަ އެކަމެއް ހުއްޓުވުމަށް އުނދަގޫވެދާނެ ދެވިހިފާނެ މާއްދާއެކެވެ.

ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ކެންސަރަށް މަގުފަހިވާކަން ސައިންސްވެރިން ހެއްކާއި އެކީ ދައްކާފައިވާއިރު، ވޭޕު ކުރުމުގެ ސަބަބުން ފުއްޕާމޭގެ އެކި މައްސަލަތައް ދިމާވެ، މީހާ މަރުވާ ގޮތްވެއެވެ.

މިދެ ބާވަތުން ވެސް މީހާ މީހާ މަރާއި ކުރިމަތިލާން ޖެހޭއިރު، ސައިންސްވެރިން ބުނާ ގޮތުގައި ސިގެރެޓް ބޯ މީހާއަށްވުރެ އަވަހަށް ވޭޕް ބޯ މީހާ މަރުވެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން މަރުވާ ފަސް މީހުންގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވާ މީހުންނެވެ.

ވޭޕް ބުއިމުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ހިތަށާއި ފުއްޕާމެއަށެވެ. ހިތް ހުއްޓުމުގެ ފުރުސަތު ވޭޕް ބޭނުން ކުރާ މީހުންނަށް ބޮޑެވެ.

ސީޑީސީ އިން ވެސް ވޭޕްގެ ނުރައްކާތެރިކަން ހާމަކުރުމަށްފަހު އަދި ފާޅުކުރާ އެހެން ކަންބޮޑުވުމެއް ވެސް އޮވެއެވެ. އެއީ އޮންލައިންކޮށް ވިއްކަން ހުންނަ ވޭޕްތަކުގެ ނުރައްކާ އަދި ވަކިން ބޮޑުވުމެވެ. އެފަދަ ވޭޕްތަކަކީ އުފެއްދިތަނެއް، އުފައްދަން ބޭނުންކުރި ތަކެއްޗެއް، ބެޗް ނަމްބަރެއް ނުވަތަ އެހެން ވެސް މައުލޫމާތެއް ލިބެން ނުހުންނަ އެއްޗެއްސަށް ގިނަ ފަހަރު ވެއެވެ. އެހެންކަމުން ސިއްހީ ނުރައްކާތައް އަދި އެތައް ގުނައެއް އިތުރުވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާސިން

    އަހަރެން ސިނދެރޭޓް ބޯތާ 20 އަހަރުފަހުން ޕޮޑު ބޭނުންކުރަންފެށީ ސިނގެރޭޓުން ވޭޕައް ބަދަލުކުރީ ސިނގެރޭޓަށްވުރެ ރައްކާތިވާނެކަމަށް ބަލައިގެން އެކަމަކު ވޭޕްކުރަން ފެށިތާ 2 އަހަރުވީރު މެއިން ދިލަނަގާ މެއަށް ތަދުވާން ފަށައިފި

  2. ބަބޫ

    ދެން ތި ނޫހެއްގެ ލިންކް ވެސް ޖަހާލިނަމަދޯ. ދޮގު ޚަބަރު ފެތުރުން ހުއްޓާލާ. ސިގިރޭޓަށްވުރެ ރައްކާތެރި ކަލޭމެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް. ވޭޕް ހުއްޓުވޭނީ ސިގިޜޭޓް ހުއްޓުވިގެން. ހަނދާންވޭތަ މުހައްމަދު އަމީންދީދީ