އަވައްޓެރި ސްރީލަންކާގައި ރޮޓަރެކްޓް ކްލަބް އޮފް އާކައިވާސް ލަންކާ ބިޒްނަސް ސްކޫލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ފްރެންޑްސް އިން އެކްޝަން ލައިވް 2020 ލަވަަ މުބާރާތުން އެއް ވަނަ ދިވެއްސަކަށް ލިބިއްޖެއެވެ.

މިެ މުބާރާތުން އެއް ވަނަ ލިބިފައި ވަނީ އައިޝާ އިބްރާހިމް ނަމަކަށް ކިޔާ 20 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާ ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި ވަނީ އާއްމު ކޮށްފައެވެ.

އޮންލައިންކޮށް އެކި ގައުމުތަކުގެ އާޓިސްޓުން ބައިވެރިކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ލަންކާގައި އެ ކްލަބުން ބާއްވަމުންދާ މުބާރާތެކެވެ. އެ ކްލަބުން މި މުބާރާތް ބާއްވާތާ މިހާރު ހަ އަހަރު ވަނީ ވެފައެވެ. އަދި އެ މުބާރާތަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިގެން ގޮސްފައެވެ.

މި މުބާރާތް މި އަހަރު ކުރިއަށް ގެންގޮސްފައިވަނީ ސޯލޯ މިއުޒިކުގެ ބައި އެކަންޏެވެ. އަންނަ އަހަރުވެސް އެ ކްލަބުން މި މުބާރާތް ބާއްވާނެއެވެ.

ކޮވިޑް-19 އާ ހެދި ގިނަ ގައުމުތައް ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ހުނަރު ދައްކާލަން ލިބުނު މި ފުރުސަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި އައިޝާ ވާދަކޮށް، އޭނާއަށް އެއް ވަނަ ލިބިފައި ވަނީ މުބާރާތުގައި ފައިނަލަށް ދިޔަ އަށް މީހަކާއި ވާދަކޮށެވެ.

އެ މުބާރާތުގެ ގްރޭންޑް ފިނާލޭ ބާއްވާފައި ވަނީ 24 މެއި ވަނަ ދުވަހުގެ ރޭގަނޑު އެވެ. ޖަޖުންގެ މާކްސް އާއި ބެލުންތެރިން ވޯޓު ދީގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ނިކޯލް ލިޔަނަގޭ، ރަޔާން ޑީ މެލް، ކުމުޑިނީ ޑޭވިޑް އެވެ.

މިއުޒިކް ހުނަރު ދައްކާލުމުގެ ނިޔަތުގައި ބާއްވަމުންދާ މި މުބާރާތް ފުޅާކޮށް، މި މުބާރާތް ފަހުން ކުރިއަށް ގެންގޮސްފައި ވަނީ ލަންކާގެ ހުރިހާ ސްކޫލްތަކާއި، އިންސްޓިޓިއުޝަން ތަކާއި، އަދި މުއިޒިކްގެ ހުނަރުތައް ދައްކުވައިދޭ ތަންތަނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ. އަދި މި އިވެންޓުން ލިބޭނެ ފައިސާތައް އެ ކްލަބުން ބޭނުން ކުރަމުން ދަނީ އެ އެ މީހުންގެ ޕްރޮޖެކްޓް ލައިފްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Bro

    ލަވަ ނުކިޔެގެންތަ މިއުޅެނީ

    89
    7
  2. ާއަނެކަކު

    ހަޅޭލަވާއަޑު މަށަށް އިވުނީ

    81
  3. މަރީ

    އަޝާ އަށް މަރުހަބާ!

    5
    59
  4. ފނކ

    ގިޔާމަތް ދުވަހުން ކިހިނެ ވާނީ

    63
    3
  5. ބުރުގާ

    މާށާ ﷲ. ކޮންފަފަ އުފާވެރި ހަބަރެއް. ކަނބުލޯ ލަވަޔައިއިގެން ކުރިޔައް ވަޑައިންނަވާ. ހައްދުންނެއްޓީންގެ އަވައިގަ ނަމަނަމަ ނުޖެހޭތި.

    2
    47
    • ޜައިޓްގިޔަރު

      ކަލޭ ތިބުނަނީ ރަސޫލާއަކީ ހައްދުފަހަނައެޅި ބޭކަލެކޭތަ. ބަލަ އިސްލާމް ދީނުގަ މިޔުޒިކް ހަރާމްކަން ބަޔާންކޮށްދެއްވީ އެކަލޭގެފާނު. ޢިސްލާމީ ޝަރީޢަތް ބަޔާން ކޮށްދެއްވީ ހަމައެކަލޭގެފާނު.

      32
      1
  6. ހސހދބދ

    ekkala mandhu iburaage dhari ennu thee

    14
  7. މުހައްމަދު މުދުހިޝް Mudhish

    އެއީ މަސްހޫރު ބޯގަންވިލާ އިބުރާގެ ދަރިއެއް. އޭނާއަށް ވޯޓުދޭން އެދި އިބުރާގެ ޓުވިޓަރުގައި އާދޭސްކޮށްފައި އޮތް

    22
  8. Anonymous

    ލަންކާ މީހަކާ ވައްތަރީ. ލޮލް

    19
    3
    • ދީން

      ދީނީ ނަޒަރަކުން ބަލާއިރު ފެންނަން ހުރި މައްސަލަތަކޭ އަސްލް މައްސަލަޔަކީ. ނަތިންގް އެލްސް

  9. ޢަލީ

    އިބްރާ މަންދު ދަރިފުޅު. މަރުޙަބާ އަޝާ އަދި ޢާއިލާ ?

    1
    8
  10. އައްޑޫ ލެއި

    ތީހަމަ އިބްރާ އާދޭސް ކޮށްގެން ދިންއެއްޗެއް. އެއްވެސް ރީއްޗެއް ނޫން. ހީވަނީ ދަކޮ ހިފަނީހެން

  11. އިބޫރާ

    ސަކަރާތްް ގަކައްވެސް ރަނގަޅެއްނޫން.....