އުމުރުން 40 އަހަރުގެ ރަފިއްޔާ އަރްޝަދު ބުނާގޮތުން، ކާމިޔާބީއަކީ މީހާ ހުންނަ ސިފައަކުން ލިބޭނެ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ހާސިލްކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅައިފިނަމަ އެއީ ދުރުގައިވާނެ ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.
ރަފިއްޔާއަކީ އިނގިރޭސިވިލާތުގެ ކޯޓަކަށް އައްޔަންކުރެވުނު ބުރުގާ އަޅާ ފުރަތަމަ ފަނޑިޔާރެވެ. ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކޮށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ރަފިއްޔާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނަކީ، އެޤައުމުގެ ފަނޑިޔާރެއްގެ މަޤާމު ލިބުމެވެ.
"މުސްލިމަކަށް ވުމުން، ނުވަތަ ބުރުގާ އަޅާ މީހަކަށް ވުމުން ހާސިލް ނުކުރެވޭނެ ލަނޑުދަނޑިއެއް އޮވެގެން ނުވާނެ. މިއީ މުސްލިމުންނަށާއި ޚާއްސަކޮށް މުސްލިމް އަންހެނުން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމެއް،" ރަފިއްޔާ ބުންޏެވެ.
ރަފިއްޔާ ބުނިގޮތުގައި އޭނާ ކުޑައިރުން ފެށިގެން ފަނޑިޔާރަކަށް ވުމުގެ ހުވަފެން ދެކެމުން އައިއިރު، ސްކޫލް ދައުރުގައިވެސް ހުރީ ބުރުގާ އަޅައިގެންނެވެ. ނަމަވެސް ކިޔަވަންދާއިރު ބުރުގާ އަޅައިގެން ހުރުމަކީ، އިނގިރޭސިވިލާތް ފަދަ ޤައުމެއްގައި، ލިބޭ ފުރުސަތުތައް ހަނިވެގެންދާނެ ކަމެއް ކަމަށް ބައެއް މީހުން އޭރު ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ރަފިއްޔާ ބުނާގޮތުން އޭނާގެ އާއިލާއިން ވެސް ވަނީ ބުރުގާ އަޅައިގެން ހުރުމުން ފަނޑިޔާރަކަށް ވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބުނެ، ބުރުގާ ނަގާލުމަށް ބާރު އަޅާފައެވެ. ނަމަވެސް އަބަދުވެސް އޭނާ ބުނަމުން އައި ވާހަކައަކީ، އެ ކަމަކީ ވަކި ގޮތަކަށް ހެދުން އެޅުމުން ނުވަތަ ވަކި ސިފައަކަށް ހުރުމުން ހާސިލްވާ ކަންކަން ނޫން ކަމަށެވެ.
އިންގްލޭންޑުގެ މިޑްލޭންޑްސް ގައި ހުންނަ ކޯޓެއްގެ ފަނޑިޔާރު ކަމަށް މިހާރު އައްޔަން ކުރެވިފައިވާ ރަފިއްޔާ ބުނެފައިވާ ގޮތުން، އޭނާއަށް މި ލިބުނު ކާމިޔާބީ އާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. އެގޮތުން ގިނަ ބަޔަކު އީމެއިލް އާއި މެސެޖް މެދުވެރިކޮށް އޭނާއަށް މަރުހަބާ ކިޔަމުންދާ ކަމަށް ރަފިއްޔާ ބުނެފައި ވެއެވެ.
"މި ކާމިޔާބަށްވުރެ އަދި މާބޮޑަށް އުފާވާ ކަމެއް މީހުންގެ ފަރާތުން އެފަދަ ހިއްވަރު ލިބިގެން ދިއުމަކީ. ވަރަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދޭ. އަދި މިހިސާބަށް އާދެވުނު ގޮތާއި މެދު ސުވާލު ކުރަމުންދޭ. އަހަރެން މި ކުރި ދަތުރު އެންމެންނަށްވެސް ކިޔާދެން،" ރަފިއްޔާ ބުނެފައި ވެއެވެ.
ކޮންމެ އެއްޗެއް ކިތަންމެ ވަރަކަށް އެޅިޔަސް ފަނޑިޔާރުކަން އަންހެނަކަށް ނުކުރެވޭނެ.... ބަޔަކު ރުހުނަސް ނުރުހުނަސް.
ތިއޮތީ އުންމަތް ކުރިއަށް ޖެހި ދަމާލާފަ. ބުރުގާ އެޅީމަ އެނިމުނީތަ؟
ބުރުގާ އަޅައިގެން ދެންހެޔޮދޯ ދުނިޔޭގަ ލެއްވިހާ ނުބައިކަމެއް ކުރަމުން ދުވިޔަސް.
ފިސާރި ކަނބަލެއް ނަމަނަމަ ބުރުގާ ދޫކޮށްނުލާތި ، ދިވެހިރާއްޖޭގައި ރީތިކޮން ލަވައެއްކިޔޭއިރަށް ވެސް ބުރުގާ ނަގާ އެއްލާލާ..