ކީޕިން އަޕް ވިތް ދަ ކަޑާޝަންސްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލް އެއް ރިއަލިޓީ ޓީވީ ޝޯއެވެ. އެ ޝޯގެ ފަންނާނުންގެ ތެރެއިން ކައިލީ ޖެނައަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރުވެސްމެއެވެ.

އެ ޝޯ ބަލާ މީހުންގެ އެންމެ ބޮޑު ފާޑު ކިޔުމަކަށް ވަނީ ކަޑާޝަން އާއިލާގެ މީހުންގެ ހުނަރެއް ނެތް ކަމުގެ ވާހަކައެވެ. އެ މީހުން އެކި ދާއިރާތަކުން ކުރިއަށް ދާން މަސައްކަތް ކުރި ނަމަވެސް އެކަންވާ ގޮތެއް ނުވިއެވެ. އެގޮތުން އެ އާއިލާގެ ކިމް އާއި ކޯޓްނީ ލަވަ ކިޔަން މަސައްކަތް ކުރިއެވެ. އެ އާއިލާގެ އެންމެ ކާމިޔާބު އެކަކީ ކެންޑަލް ޖެނައެވެ. އޭނާ އަކީ ދުނިޔޭގެ އަގުބޮޑު މޮޑެލްއެވެ.

ފުރަބަންދުގައި އެންމެ ތަފާތު ކަޑާޝަންއަކީ ކައިލީއެވެ. އާ ކަންކަން ދަސްކުރުމާއި މީސް މީޑިއާ ޕްލެޓްފޯމްތަކަށް ލޯބި ކުރުމަށް އޭނާ މިވަނީ ދަސްކޮށްފައެވެ.

ކައިލީ މިހާރު ކުރާ ކަމަކީ އޭނާގެ ބެސްޓްފްރެންޑް ސްރޭށީ ކަރަނިކޮލައޯ އާއެކު ޓިކްޓޮކް ކުޅުމެވެ.

ކައިލީގެ ޓިކްޓޮކް އެކައުންޓަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ. ސްޓޭސީ އާއި ކައިލީ ދަނީ ކަޑާޝަން ޝޯގެ މަޝްހޫރު ޑައިލޮގްތަކަށް ޑަބްކުރުމާއި، ނެށުމުގެ ހަރަކާތްތަކުން އާއްމުންގެ ހިތްތައް ފަތަހަ ކުރަމުންނެވެ.

ކައިލީ ފުރަބަންދުގައި ދިރިއުޅެމުން ދަނީ އޭނާގެ މެންޝަންގައެވެ. އޭނާ ދިރިއުޅެނީ އާއިލާގެ ބައެއް މީހުންނާއި ގާތް ރަހުމަތްތެރިންނާ އެކުގައެވެ.

ކައިލީ ދަނީ ފުރަބަންދުގައި ހުންނަން ޖެހޭ ވަގުތުގައި އޭނާގެ ފޭނުންނާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

އަދި ކައިލީގެ އަމިއްލަ މޭކަޕް ބްރޭންޑް "ކައިލީ" ބޭނުންކޮށްގެން މޭކަޕްކުރާނެ އާ ގޮތްތައް ވެސް ދައްކާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެކޮއި ޖާބިރަށް ދައުވަތެއްނުދޭތަ ޓިކްޓޮކް ކުޅޭކަށް؟

    18
  2. Anonymous

    ނިކަމެތި ފަގީރުންނަށް ލާރިދިނީއްޔާ ކީ...ނައިޓްކްލަބްތަކަށްގޮސް އަގުބޮޑު ލަގްޒަރީ ކާރުތައް ގަނެ ލާރިތަޅާ ބުރުވުމަށްވުރެ...މިކަހަލަ އަންހެނުންނަކަށްނުވެސްވިސްނޭނެ..ދުނިޔޭގެ އުފަލާމަޖަލުގައި...ވަގުތު ޖެހުމުން ރޯނެ

    22
    4