ކޮވިޑް-19 އަށްފަހު އީރާނު ފުރަބަންދުކޮށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މަޖިލީސް ފެށުމަށްޓަކައި ބޭއްވި ޖަލްސާގައި އީރާނުގެ ލީޑަރު، ހަސަން ރޫޙާނީ ތަޤުރީރު ދެއްވަމުން ގެންދަވަނިކޮށް، އެޤައުމުގެ ހާރިޖީ ވަޒީރު ނިދިކުރައްވާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އީރާނުގެ ޤައުމީ ޓީވީން ލައިވްކޮށް ގެނެސްދެމުންދިޔަ އެ ޖަލްސާގައި ހާރިޖީ ވަޒީރު، މުޙައްމަދު ޖަވާދު ޒާރިފް ހުންނެވީ ހަސަން ރޫޙާނީގެ ފަހަތްޕުޅުގައި ހުރި ގޮނޑިގޮޅުގައެވެ. އެހެންކަމުން ލީޑަރު ވާހަކަ ދައްކަވަމުން ގެންދެވި މަންޒަރު ޓީވީން ދެއްކި ވަގުތު މިނިސްޓަރ ޖަވާދު ޒާރިފް ނިދިކުރައްވާފައި އޮންނެވި މަންޒަރު ވެސް ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.
އީރާންގެ ލީޑަރާއި އެޤައުމުގެ އިސް ގިނަ އަދަދެއްގެ ބޭފުޅުން ހާޒިރުވެ ތިއްބެވި މަޖިލީހެއްގައި، ލީޑަރު ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު ފެނުނު މި މަންޒަރާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް ޖާވާދު ޒާރިފަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެއީ ބުރަކޮށް އުޅުއްވުމުން ދިމާވެދާނެ ކަމެއް ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށެވެ.
This video is priceless. As #Rouhani is speaking to #Iran’s new parliament today, #Zarif looks like he is taking a nap and #Khamenei’s chief of staff looks bored. pic.twitter.com/70oJdnXOf8
— Jason Brodsky (@JasonMBrodsky) May 27, 2020
އީރާނުގެ މަޖިލީސް މެދުކަނޑާލިތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، އަލުން މަޖިލީސް ހުޅުވާލާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެކަމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޫޙާނީ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ބާކީ އޮތް އަހަރެއްހައި ދުވަހު މަޖިލީހުންނާއި ވަޒީރުންގެ ފަރާތުން އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އީރާނު ހަރުކަށި ފުރަބަންދަކަށް ގެނެސް އެޤައުމުގެ އާންމު ހުރިހާ ތަނެއް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވީފަހުން، ހާލަތަށް ލުއިދޭން ފަށާފައިވަނީ ދާދިފަހުންނެވެ. މިގޮތުން މީގެ ކުރިން މިސްކިތްތަކާއި އާންމު ބައެއް ވިޔަފާރިތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަވެސް އެޤައުމުގައި ވަނީ ދީފައެވެ.
ޝީއީ ރާފިލީންގެ ފެންވަރު!
އެވަރު ކަމެއް ހިނގާފާނެ އެއީ ވަރަށް ބިޒީ ބޭފުޅެއް...