ކޮވިޑް-19 ގެ ނުރައްކަލާއި އެކު މި ބަލިން ރައްކާތެރިވެ ތިބުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ބޭނުންކުރާ އެތައް މިލިއަން މާސްކެއް އެކަށީގެންވާ ގޮތުގައި ނައްތާނުލެވި ތިމާވެއްޓަށް ހުރި ނުރައްކަލަކަށް ވެދާނެކަމުގެ ކަންބޮޑުވުން، ތަޖުރިބާކާރުން ފާޅުކޮށްފިއެވެ.
ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުންކުރާ މާސްކުތައް މޫދަށް ދޫވެ ކަނޑުތަކުގައި މިތަކެތި އިތުރުވަމުންދާ އިރު، މިއީ ތިމާވެއްޓައި ކަނޑުގެ ދިރުންތަކަށް ގެއްލުންދޭ ޕްލާސްޓިކާއި އެއްވަރަށް ގެއްލުންދެނިވި މައްސަލައަކަށް ވެދާނެ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
ފްރާންސްގެ ތަޖުރިބާކާރުން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ގޮނޑުދޮށްތަކުން ފެންނަ ޕްލާސްޓިކާއި އެފަދަ އެނޫންވެސް ގެއްލުންހުރި ކުނިބުންޏާއި އެއްވަރަށް މިހާރު ގޮނޑުދޮށްތަކުން މާސްކާއި އަނގިފަދަ ތަކެތި ފެންނަމުންދާ ކަމަށެވެ. އަދި މިއީ ފަރުވާތެރި ނުވެވިއްޖެނަމަ އިތުރު ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެއްފަހަރު ބޭނުންކުރެވޭ ޑިސްޕޮސިބްލް މާސްކު 450 ވަރަކަށް އަހަރު ވަންދެން ހަލާކު ނުވެ ކަނޑުގައި ނުވަތަ މޫދުގައި ހުރެދާނެ ކަމަށް ބެލެވިފައި ވެއެވެ. އެހެންކަމުން މިތަކެތި ކަނޑުތަކުގައި ގިނަވެއްޖެނަމަ ކަނޑުގެ ދިރުންތަކަށް ދާއިމީ ގޮތެއްގައި ގެއްލުންތަކަކާއި ކުރިމަތިވުމުގެ ފުރުސަތު އޮންނާނެއެވެ.
ތަޖުރިބާކާރުން ބުނާގޮތުން މި މައްސަލަ މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިކަން މިގޮތުގައި ހިފެހެއްޓުމެއްނެތި އިތުރުވެގެން ހިނގައްޖެނަމަ، ކަނޑުގައި ހުންނަ ފިރުއައުނު މުދާ (ޖެލީ ފިޝް) އަށްވުރެ މިތަކެތި އިތުރުވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ލަފާކޮށްފައި ވެއެވެ.
އދ. ގެ ތިމާވެއްޓާއި ބެހޭ ޖަމިއްޔާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކު މެޑިޓަރޭނިއަން ކަނޑަށް 570000 ޓަނުގެ ޕްލާސްޓިކް ދޫވެއެވެ. މިއީ މިނެޓަކު 33800 ޕްލާސްޓިކް ފުޅި ކަނޑަށް އެޅުމާއި އެއްވަރު އަދަދެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކަނޑުތަކުގައި ޕްލާސްޓިކާއި އެފަދަ އެނޫންވެސް ކުނިބުނި ގިނަ ވުމަކީ މީގެ ކުރިންވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިގޮތުގައި މި މައްސަލައަށް ޙައްލެއް ނުލިބި ވަނިކޮށް ކަނޑުތަކަށް ގިނަ އަދަދެއްގެ މާސްކު ދޫވެގެންދާ ދިއުމަކީ އެ މައްސަލަ ދެގުނަވެގެން ދާނެ ކަމެއް ކަމަށް ދިރާސާވެރިން ޤަބޫލުކުރެއެވެ. އެހެންކަމުން އެއްފަހަރު ބޭނުންކުރެވޭ ޑިސްޕޮސިބްލް މާސްކުގެ ބަދަލުގައި ފޮތި މާސްކު ބޭނުންކުރުމަށް އެފަރާތްތަކުން އިރުޝާދު ދެއެވެ.
އެހެންވީމާ ތިޔަނުވޭ ޑިސްޕޯސިބަލް މާސްކަކަށް 450 އަހަރުން ނެތިގެންދާއެއްޗެއް ޑިސްޕޯސިބަލް ވާގޮތެއްވެސް ނޭގުނު. ދޮވެދޮވެގެން ހަމަ ބޭނުންކުރަންވީނު.
ކޮބާ ހީވޭ!
މީހުން ފިރުއައުނު މުދަލޭ ކިޔާއިރު. ފިރުއައުނު ކޮންތާކުން ހޯދި މުދަލެއް. ފިރުއައުނައް ފުރާނަ އެޅުވޭ ނަމަ. އަމިއްލަ ހަށިގަނޑައް ފުރާނަ އަޅުވައިގެން ތެދުވާން ވީއެއްނޮއް.
ތިހުރިހާ އެއްޗެއް ބުއްޅަބެޔާ ހަވާލުކުރޭ އޭނަޔައް އިނގޭނެ ތިގިނަނުވެ ނައްތާނެގޮތް.
ދެން އެންމެފަހުން މަސްތަކަށްވެސް ކޮވިޑް ޖެހިދާނެ