ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އުފެދުނު މައްސަލަތައް ހައްލު ކުރަން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް މި ހިނގާ ދައުރު ދިގު ދަންމާލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ނުވާކަން މިއަދު ހާމަވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވައި މަޖިލިހުގައި ވަނީ ބިލްގެ ބަހުސް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ބިލްގެ ބަހުސް މަރުހަލާ ނިމިފައި ނުވާ އިރު، އެ ބިލަށް ބަހުސް ކުރަން މިއަދު ވެސް އެޖެންޑާކޮށްފައިވެއެވެ. އެކަމަކު، މިއަދު އެ ބިލަށް ބަހުސްކޮށް ނިމޭނެ ކަމަކަށް ނުބެލެވެއެވެ.

އެއީ އެޖެންޑާގެ ވަރަށް ފަހަތުގައި ރާޝިދު ހުށަހެޅުއްވި ބިލްގެ މަސައްކަތް އޮތުމެވެ. އަދި އެ ބިލްގެ މަސައްކަތް އަވަސް ކުރަން އުޅޭ ތަނެއް ވެސް މަޖިލިހަކުން ނުފެނެއެވެ. އެއީ މަޖިލިހުގެ އެޖެންޑާގެ ކުރީގައި ހުންނަ ކަންކަން ފަހަތަށް ޖައްސާލުމަށް ފަހު، ރިޔާސަތުން ވަކި ކަންކަމަށް އިސްކަން ދޭ ފަހަރު ވެސް ދެއެވެ. އެކަމަކު، މި ބިލްގެ މައްސަލައިގައި ރިޔާސަތުން ވަކި ހާއްސަ އުސޫލެއް ނުގެންގުޅެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

މަޖިލިސް ގަވައިދުގައިވާ ގޮތުން، މަޖިލިހުގެ ތަޅުމުގައި ބިލަށް ބަހުސްކޮށް ނިމުމުން، ފޮނުވާނީ ކަމާ ގުޅޭ ކޮމިޓީއަށެވެ. ކޮމިޓީން ބިލް ދިރާސާ ކުރުމަށް ފަހު އަނެއްކާ ވެސް އަނބުރާ ފޮނުވާލާނީ މަޖިލިހުގެ ތަޅުމަށެވެ. މަޖިލިހުގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު، މެމްބަރުން އެ ބިލާ މެދުގައި ގޮތެއް ނިންމަން ގަވައިދުގައި އޮވެއެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ މާއްދާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. މަޖިލިސް ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާ އެކީގައި މަޖިލިހުގެ މެމްބަރުން ދެ ހަފްތާގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެއެވެ.

ނަޝީދު އެގޮތަށް އިއުލާން ކުރެއްވި ފަހުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސަރުކާރުގެ ފަރާތުން އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް ހުށަހެޅުއްވުމުގެ ކުރިން ވަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވައިފައެވެ. އަދި މަޖިލިހުގެ މެމްބަރެއްގެ ތާއީދަށް ވެސް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ޝަރީފްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ އެފަދަ ކަމެއް ޝަރީފަށް ހުށަނޭޅުއްވޭނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރަށް ސާފުކޮށް އަރުވަން ޖެހޭ މެމްބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމަ ހަމަ ސާފުކޮށްދިނީ. އިރާދަކުރެއްވިއްޔާ މާދަމާ މަޖިލިސް ޗުއްޓީ އަށް ދާނެ،" ކޮތަޅުން ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މީގެކުރިން މަޖިލިސްގެ ދައުރު ދިގު ދަންމާލަމުން އައީ މަޖިލިހުގެ ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ތަޅުމަށް ހުށަހަޅައިގެން މެމްބަރުންގެ މެދުގައި ވޯޓަށް އަހައި ފާސްކޮށްގެންނެވެ. މިހާތަނަށް އައިއިރު، މެމްބަރަކު، ހުށަހަޅުއްވައިގެން މަޖިލިސް ދައުރު ދަންމާލި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް، މަޖިލީހުގެ ދައުރު ދިގު ދަންމާލުމަށް މެންބަރުންނަށް ހުށަހެޅޭނެ ވާހަކައެއް މަޖިލީހުގެ ގަވައިދަކު ސީދާ ލިޔެފައި ނެތެވެ.

ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގު ކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނާ އެއްގޮތަށް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑު ކިއުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

އެހެންވެ، އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޕްލާސްޓިކް ކޮތަޅު ބޮނޑިއެއްގެ އަގު އެހާ ބޮޑުވާން ދިމާވި ސަބަބަކީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހޭތީ ކަމަށެވެ.

އެހެން ވަނީ އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހުމެވެ.

އިއްޔެގެ ޖަލްސާގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ކުނި މެނޭޖްކުރުމުގެ ގާނޫނު ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑި ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނައިފައެވެ. ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތައް ހައްލު ހޯދައިދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށެވެ. އެހެންކަމުން މި އިސްލާހު ފާސްވެ، ތަސްދީގުކޮށްފި ނަމަ، ކޮތަޅު ބޮނޑިއެއް އަގުބޮޑުވެގެން ދިއުމުގެ މައްސަލަ އަށް ނިމުމެއް އަންނާނެއެވެ.

އެ އިސްލާހު މިދިޔަ މަހު މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެ އިސްލާހު ފާސްވުމުން އެ ކަމަށް ހައްލު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނޫނޭ ނުލަފާ

    ކިހާ ސަޅި ނިންމުމެއް. ރައްޔިތުން މިތިބީ މި މީހުންނަށް ބަރޯސާވެގެން އަވަހަށް ކޮތަޅުކަންތަކަށް ހެޔޮބަދަލެއް އަންނާނެކަމަށް ބަލައިގެން. ކަންވީ ދިމާ އިދިކޮޅަށް. ސާމާލުވޭ މިއީ ސިދާ އެމްޑީޕީ ސަރުކާރުން އެންމެން ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް. މިމީހުންނަށް ރައްޔިތުން މުހިންމެއްނޫން. ބޭނުމީ ކެމްޕޭނަށް ލާރި. ދެން ރައްޔިތުން ދަތްބޮއިބޮއި ތިބޭ.

    17
  2. ހަސަނާ

    ރައްޔިތުންނޭ ހޭއަރާ!! ކޮތަޅުކަންތަކުގައި ލުޔެއްދޭކަށް ސަރުކާރުގެ ވިސްނުމެއް ނެތް. މި ސަރުކާރު އޮތްހާ ހިނދަކު ރައްޔިތުންނޭ ކޮތަޅަކުން 2 ރުފިޔާ ދީދީ ތިބެންޖެހޭނީ. ރޯބަޔަކު ރޯންވީ. މިއީ މިކަން އޮތްގޮތް. ސަރުކާރަށް ލާރި ހޯދައިދެން ވެމްކޯއިން އެއޮއް ކޮތަޅު ވިއްކަނީ. ކޮތަޅޭމެން ތިބެގެން ހެނީ. ރައްޔިތުން ރޮނީ. ކުރެވޭނެ ކަމެއް މިއަދަކު ނެތް އެއަށްވުރެ ޖައްބާރު ވެރިކަމެއް މިހިނގަނީ..!!

    16
  3. ކޮރަލް

    ޗުއްޓީ އަށް އަވަހަށް ރާއްޖެ އިން ބޭރަށް ނުދެވިގެން ތެޅެނީ އެވެ .

    12
  4. Anonymous

    މިއެމްޑީޕީ އެއް އައިފަހުން މުޅިންވެސް ބޭރުމީހުނަށް ފައިދާވާ ގޮތަށް ބޭކާރު ބިލްތަށް ފާސްކޮށް ގެން ދިވެހި ރައްޔިތުން ބާކީކުރުން މިހާރުވެސް ދިވެހިންވަނީ 3 ވަނަ ދަރަޖައިގާ !

    11
    • އަހްމަދު

      ހޯހޯ ތިޔާހެން ނުބުނޭ. ހަމަ އަހަރެމެން އެގޮތް ބޭނުންވެގެން އެނގިތިބެ އެމްޑީޕީ އަށް ވޯޓް ލައިގެން މިސަރުކާރު ގެނައީ.

      8
      1
  5. ކަންމަތީ ހޮޓަލުން

    އަހަރުމެންގެއަށް ދޮރުންދޮރަށް ވަދެގެން ނާންނާތި ބުރުމަލެއްގެ ފިކުރު ދިޜުވައިދޭށޭ ކިޔަމުން.

    7
    1
  6. ޤައުމިއްޔަތު

    މިމީހުންގެ ޖީބުން ލޯލާރިއެއް ވެސް ނުދާނެ ވިއްޔާ. ފިކުރުފަކުރަކަށް ހަދާލާނަން. އިންޝާﷲ

  7. ބޮޑުވަޒީރު

    ދެމީހުން ދެފުށަށް ތިބެގެން މިކުރާކަމަކީ މިމީހުންގެ އަންބޮނޑި ބޮޑުކުރުން. މީހަމަ އެއްގަލަކުން ފެހިކާ ދެ ލަނޑާ.

    11
  8. އަހުމަދު

    އެއީ ރައްޔިތުންގެ ހައް ގު ގަ ދޯ...؟
    ތި މީހާ އަށް ގުނބޯ ހެއްދޭނެ އެމްޑީޕީ ތިބި ބުރާންތި ތަށް....

    9
    1
  9. ކާސިންޖީ

    އަހަރުމެންނަކީ
    ރައްޔިތުންގެ ޚާދިމުންނޭ. ފަޅޮލޭ ކަސްޓަޑޭ ކިޔައިގެން ވެރިކަންކުރަން އައިމީހުންގެ ހިޔަޅުކަމާއެވެ.

  10. ހުސޭނުބޭ

    ހުސް މުނާފިގުން. ެކަމަކު ބުނާނެ ރައްޔިތުން އެދޭ ގޮތަށޯ ކަންކަން ކުރަނީ

    • ބެއްޔާ

      ސޯލިހު ބުނީ ރައްޔިތުން އެދޭގޮތަށޯ ވެރިކަން މިކުރަނީ. ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފަޔޯ. ދެވަނަ ދައުރެއްދޭން ކެތްމަދުވެފައޯ.

      3
      1
  11. ގަލަން

    ތިޔަކަން އިނގެޔޭ ދައުލަތުގެ ބައިތުލް މާލުން ވިޔަ އަންނިއައް އެޚަރަދު ކުރަނީ ބޭނުމެއް ނުވާނެ މަޖިލިސް ދަންމާކައް ކޮތަޅު ކަނަތަކާ ބޭނުންވާނީ ރަތްޔިތުން ފެލައިގެންވެސް އަރާމުގަ އުޅެން. ކުރީގަ ކިޔަނީ މައުމޫނު ދައުލަތް ލޫޓުވަނީޔޭ
    އަދި އަންނި ބުނެފަހުރީ ތިމަންނަމެން އުޅޭނީ މައުމޫނު އުޅުގޮތަކައް ނޫނޭ އަދައިގަ ގޮތަކަށޭ އުޅޭނީ.

  12. މަބޭ

    ބޭރުފުށުން ދައްކާދަޅައައް ނުހެއްލުމައް ރައްޔޮތުންނައް ދަންނަވަން އެޖެންޑާ 19އަކީ ނަށީދެވެސް ބައިވެރިވުމާއެކުހެދި މެނިފެސްޓޯއެއް މިދެމީހުންނަކީ އެކަތިގަންޑެއް ކުރާހުރިހާކަމެއްކުރަނީ ވަރައްބޮޑުރޭވުމެއްގެތެރެއިން ރައްޔޮތުން ހޭއަރަންވެއްޖެ

  13. ޖުންދު

    މިދައުރުގަ ނެގި 2 ގޮޑިން ވެސް ޖީއެސްޑީފުރަތަމަގޮޑި އެމް.ޑީޕީ ފޯކައިދޫ6ޕަސެންޓް 2ވަނަގޮޑި ގުރައިދޫ 2ޕަސެންޓް ކޮތަޅުން މިކަލޭމެން ޖަހަމުންދާ ހިސާބު ފެލާލީ ލާރިބަހާފަ

  14. ދެބޯގެރި

    ކެނެރީގޭ މިނުވައި ނުލަފާ އިންސާނާ ދިވެހިންނަށް ހުރިހާ ދުއްތުރާއެއް ޖެއްސީ 2 ރިސޯޓާ ލެޕްޓޮޕަކުން ޤައުމުނިންގާލެވޭނޭ ރައްޔިތުންގެ ހުރިހާކަމެއް ސަރުކާރުން ހިލޭ ހަމަޖައްސައިދޭނަމޭ ކިޔާފަ މި ޤައުމުގަ ފިތުނަ އުފައްދައިގެން ގަދަ ބާރުން އޮޅުވާލައިގެން ވެރިކަމަށް އަރާ ފުރަތަމަވެސް ރައްޔިތުންގެ އަތުން ޓެކްސްނަގަންފެށީ މުއްސަދިންއަތުން ޓެކްސް ނަގާގަށް ނުކެރުން ދެން ވެރިކަމުގަ ޤައުމުގެ ހުރިހާ ހަރުމުދަލެއްވިއްކާ ކައި ހުސްކޮށް އެންމެ ފަހުން ވެރިކަން އަތުން ދޫވެގެން ދިޔައީ ރައްޔިތުންނަށް ޖައްސާ ހުރިހާ ބަލާވެރިކަމެއްޖެއްސުމުގެ މޭސްތިރިއަކީ ކެނެރީގޭ ނަޝީދު ތިޔަ ކޮތަޅުމައްސަލަވެސް ހައްލުނުވާނެ ރައްޔިތުން ހަނާ އަރުވަން މިކަލޭގެ ބޭނުންވަނީ

  15. ނަނާހުވަފެން

    މިއޯތީ އެބުނާ އެފޯމިއުލާ. ފުރަތަމަ ހަދަން ޖެހޭ ގޮތަކީ ގައުމުގެ ފިނޭންސް މިނިސްޓަރަކަށް މިތާހުރި އެންމެ ބޮޑު މަރުމޯލަކު އައްޔަންކޮއްފަ ދަަރަނި ނަގަމުންގޮސް އަވަދިކޮއްލާނީ. އެޔަށް ފަހު އިންޑިޔާގެ ކައްޕަޅި ކުންފުންޏަކަށް ކަމާ އެކަށީގެން ނުވާރަރު ދަރަނި ލޯނަކާއި އެކު ބުރިޖު އަޅަން ދޭނީ އެމީހުން ހިތަށް އެރި ދުވަހަކުން ނިންމަން. ދެން ފޯމިއުލާގަ އޮތީ ވެންޓިލޭޓަރުން ފައިދާގަނޑެއް ނަގާލާފަ ގޮސް މޮރިޝަސްއަށް ގައުމުގެ ކަނޑުން ބަޔެއް ޕަކަޅާ ކޮއްލަދޭނީ. އެޔަށްފަހު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮއްލާފަ ފެނަކައަށް ކުރެޑިޓަށް ތަކެތި ދޫކުރި ދިވެހި ޕުރައިވެޓް ކުންފުނިތަކަށް ފައިސާ ނުދޭނީ. ދެން ރިއެއްކުޓުނުކޮއް މައްޔިތެއް ހެން ހުރެފާ ކޮތަޅުން ހެސް ކިޔާފަ ޓެކުސް ނަގާގަންނާނީ. އަދި ބޭރުދަތުރުތަށް ހަބޭހަށް ކުރާނީ އަޗާތަޅަން. ފޯމިއުލާއަކީ މިއެވެ. މި ފޯމިއުލާ ތަންފީޒު ކުރަން ކެރޭނެ ހިތްވަރެއް ހުރި އެހެން ދުނިޔޭގެ ގައުމެއްގެ ހެޑް އޮފް ސުޓޭޓެއް ހިޔެއް ނުވޭ ހުރިހެނެއް.