ފޮޓޯ އިން ތިޔަ ފެންނަނީ ދުނިޔޭގެ އެންމެ ބޮޑު މުދާ އުފުލާ ބޯޓެވެ. މި ބޯޓުގެ ބޮޑު މިން ފޮޓޯތަކުން ބަލައިލުމަށް ފަހުގައި އިހްސާސް ކުރަންވެސް ދަތި ވާނެއެވެ.

ދިގުމިނުގައި 1،312 ފޫޓު އަދި ފުޅާ މިނުގައި 200 ފޫޓު ހުންނަ މި ބޯޓު 4 ފުޓްބޯޅަ ދަނޑާއި އެއްވަރެވެ. އަދި ޕެރިސްގައި ހުންނަ އެއިފިލް ޓަވަރަށް ވުރެންވެސް ބޮޑެވެ.

މި ބޯޓު ބަނދެ، ބޭނުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ތެރޭގައެވެ. މިއީ އިނގިރޭސިވިލާތުގެ ކުންފުންޏަަކަށް ނިސްބަތްވާ ބޯޓެއް ނަމަވެސް، ބޯޓު ރަޖިސްޓްރީ ކޮށްފައި ވަނީ ޕެނަމާ ގައެވެ.

”އެޗް.އެމް.އެމް. އަލްގޭކިރަސް“ ގެ ނަން ދެވިފައިވާ މި ބޯޓު މިއަދު ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތުގައި ބަނދަރު ކުރި އިރު، މި ބޯޓު އެ ގައުމުގައި ބަނދަރު ކުރުމަށްޓަކައި އެ ގައުމުގެ ޕޯޓްސް އޮތޯރިޓީ އިން ވަނީ 6 މަސް ދުވަަސް ކުރިން ތައްޔާރީތައް ވާން ފަށާފައެވެ.

މިގޮތުން ބޯޓު އެއްވެސް ގެއްލުމަކާއި ނުލައި ބަނދަރު ކުރެވޭނެތޯ ޔަގީން ކުރުމަށް ކޮމްޕިއުޓާ ސިމިއުލޭޝަން އެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި ބޯޓުގެ އަގު 140 މިލިއަން އެމެރިކާ ޑޮލަރަށް ވުރެން ބޮޑުއިރު، ބޯޓު އޮޮޕަރޭޓް ކުރާ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ބުނެފައި ވަނީ މިފަދަ ބޮޑު ބޯޓެއް އޮތުމުން އެތައް ވަގުތެއް ސަލާމަތް ކުރެވި، ފައިދާވެސް އިތުރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯހަލާކު

    ޢެންމެ ބޮޑީ ތިބޯޓުކަން ޔަގީންތަ....

    16
    1
  2. ބޯކިބާ

    އިނގިރޭސިވިލާތާއި ވައި އެޅޭ އެއްޗެއްނޫން ތިޔާ، ތިޔާ ބޯޓަކީ އެޗްއެމްއެމްގެ ބޯޓެއް، އެއީ ކޮރެއާ ކުންފުންޏެއް، ބޯޓު ބަނދެފަވަނީ ކޮރެއާގަ އިންޖީނު ކޮރެއާ، އިނގިރޭސި ނޫސްތަކުގަ ތިބޯޓުގެ ވާހަކަ އެބައޮތް، އެއީ ބޯޓުގެ ފުރަތަމަ ދަތުރުގަ ޗައިނާއިން މުދާހިފައިގެން ގޮއްސަވަނީ އިނގިރޭސިވިލާތަށް، އެވާހަކަ އޮތީ. އިނގިރޭސީންނަކީ ތިވަރުގެ ބޯޓުފަހަރު ގެންގުޅެވޭނެބައެއްނޫން މިހާރަކު.

    32
  3. އަޙްމަދް

    ބޯޓުފަހަރު ބޮޑު ކުޑަމިން ކިޔާ އުޅެނީ ބޯޓުފަހަރުގައި އުފުލޭ މުދަލުގެ ބަރުމިނުން ނެވެ.
    މިސާލަކަށް (ގްރޮސް ޓަނޭޖް) ނުވަތަ ނެޓް ޓަނޭޖް މިގޮތަށެވެ.
    4 ފުޓުބޯޅަ ދަނޑޭ ލިޔިލުނީމަ ކިހިނެއްތޯ މިންކުރާނީ!؟

    13
    1
    • މުއްލާ

      އެޑިޔުކޭޝަން މިނިސްޓްރީން 3 މަސްތެރޭ 10،000 ގަޑިއިރު ހަމަކުރިގޮތް އެއީ މިންގަނޑަކީ.

  4. Anonymous

    ފޭކް، ހަތަރު ފުޓްބޯޅަ ދަނޑު ވަރެއް ނުވޭ
    ކޮންޓެއިނަރތައް ކައުންޓކޮށްލިޔަސް އެކަން އެނގޭނެ

    12
  5. ހަސަން ފޭދޫ

    އެސްޓީއޯއިން ގެނައި ބޯޓްވެސް ތިވަރު ވާނެ ހެން ހީވަނީ. ސައިޒުން ނުވިޔަސް ކުއްޔަށް އަހަރަކު ދައްކާނެހެން ހީވަނީ ތިހާވަރު.

  6. ތުނބުޅި

    ބުރިޖު ނާޅާ ބޯޓެއް ބަތްނަމަ

  7. މުއްލާ

    އެޑިޔުކޭޝަން މިނިސްޓްރީން 3 މަސްތެރޭ 10،000 ގަޑިއިރު ހަމަކުރިގޮތް އެއީ މިންގަނޑަކީ.