ޖިންސީ ގުޅުމުން ޖެހޭ ބައްޔެއް ކަމަށްވާ ގޮނޯރިއާގެ ވޭދަނަތައް އިނގިރޭސިވިލާތުގައި ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނީ ޖިންސީ ގުޅުމުން އުފެދޭ އިންފެކްޝަން (އެސްޓީއައި) ގެ ވޭދަނަތައް އޭގެ ކުރިން މި ބަލި އެންމެ މަތީ އަހަރާ އަޅާ ކިޔާއިރު، ފަސްބައިކުޅަ އެއްބަޔަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

"މި އާ ރޭޓްއަކީ އެސްޓީއައިއަށް ޓެސްޓު ކުރުމުގެ ހަނދާންކޮށްދޭ މުހިންމު ކަމެއް". ސިއްހީ ދާއިރާގެ އިސްވެރިން ދިން އިންޒާރުގައި ބުނެފައި ވެއެވެ.

ކްލެމީޑިއާ އަށް ފަހު އިނގިރޭސިވިލާތުގައި ދެވަނައަށް އެންމެ އާންމު ބެކްޓީރިއަލް އިންފެކްޝަނަކީ އެސްޓީއައިއެވެ.

ޔޫކޭއެޗްއެސްއޭއިން މިއަދު އާންމުކޮށްފައިވާ ވަގުތީ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 56،327 އެފަދަ ވޭދަނަތައް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކުރެވުނު 46،541 ވޭދަނައާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

ސިއްހީ އިސްވެރިން ވިދާޅުވި ގޮތުގައި މި ބަލި އެންމެ ބޮޑަށް ފެނިފައި ވަނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ މެދުގައެވެ. އަދި މިއީ "ޖިންސީ ގުޅުން ހިންގަން ގެންގުޅޭ ބައިވެރިން ގިނައިން ބަދަލު ކުރުމުގެ ސަބަބުން ވާ ކަމެއް". ކަަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

ގޮނޯރިއާ އަކީ އާންމުގޮތެއްގައި އެންމެ އެންޓިބަޔޮޓިކް އިންޖެކްޝަނަކުން ފަސޭހައިން ފަރުވާ ކުރާ އެއްޗެކެވެ.

ނަމަވެސް ފަރުވާ ނުލިބި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރި، ދަރިމައިވުމާއި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ފަދަ ނުރައްކާތެރި ނަތީޖާތައް ނުކުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިތައްކާނު

    މާލޭގައި ހަށިވިއްކަމުންދިޔަ ފިލިޕިންސްގެ 7 މީހަކަށް އެޗްއައިވީޖެހިފަ ހުރިކަން އެގުމުން މަސާޖުޕާލާތަށް ރޭޑުޖަހާ އެމީހުން ޑީޕޯޓުކޮއްލާ މައްސަލަ އޮއްބާލުމަކުން އެޗްއައިވީ ފެތުރުން ނުހުއްޓޭނެ ރާއްޖޭގައި މިއޮންނަނީ ކަމެއްވާއިރަށް ސިއްރުކުރުން މުޅިގައުމުގާ އެޗްއައިވީ މިހާރު

    25
    • ޢެކްސްމެމްބަރު

      އެމްޑީޕީ ބައިގަނޑުގެ ފެށުމުގައިވެސް އޮތީ ފާހިޝް ކަންތަކާ މުންކަރާތްތައް މިރާއްޖޭގަ އިތުރުކުރުން. އިނގިރޭސި ވިލާތުގެ އެޖެންޓެއް ކެނެރީގޭ ނަޝީދަކީ

      9
      5
    • Anonymous

      7މީހުނެކޭ10މީހުނެކޭ ކިޔާނެ ކަމެއްނެތް.ގޭގަ ހަލާލު އަނބިމީހާ އޮއްވަ ސަރުކާރުން އާދޭސް ދަންނަވައިގެންތަ އެތަނަށް ދުރުވަން.ކޮންމެ ކަމެއް ސިޔާސީ.

      5
      2
  2. ވިކިލީކްސް

    އޭ އިނގިރޭސި ރައްޔިތުންނޭވެ! މިއީ "ޖިންސީ ގުޅުން ހިންގަން ގެންގުޅޭ ބައިވެރިން ގިނައިން ބަދަލު ކުރުމުގެ ސަބަބުން ވާ ކަމެއް" މިހެން ބުނަން ލަދުހަޔާތް ކޮބާތަ ؟ ޖަނަވާރުންނޭ ކަލޭމެންނަކީ؟ ފާޑެއްގެ ޑިމޮކްރަސީއެކޭ މިނިވަންކަމޭ ކިޔައިގެން އެލްޖީބީޓީ ކަހަލަ ވަލުޖަނަވާރު ކުޅި ކުޅެނީ!
    ބަލަ މާތްﷲ ހަރާމްކުރެއްވި ކުޅިތައް ކުޅެގެން ކަލޭމެން އަމިއްލަޔަށް ކަލޭމެން ތިޔަ ހަލާކުވީ. ދެންވެސް ތައުބާވޭ.... ވަގުތު ފާއިތުވުމުގެ ކުރިން!

    18
    1
  3. Anonymous

    މީހުންގެ އަނބިންގެ ގާތަށް ވަންނަމުން ދުވާ ފިރިހެނުންނާ މެދު ސަމާލުވޭ. އެއީ ތިބަލިތައް އެންމެ ގިނައިން ފަތުރާނެ މީހުންނަކީ.