ފީފާ ވޯލްޑް ކަޕުން ފްރާންސް އަތުން ބަލިވެ އިންގްލެންޑް ކެޓުމާއެކު އެޓީމުގެ ކެޕްޓަން ހެރީ ކޭން ޗުއްޓީ ހޭދަކޮށްލަން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

“ވަގުތު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭން ރާއްޖެ އައީ ޕްރައިވެޓް ޖެޓެއްގައެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވާ ރިސޯޓެއް އެނގިފައެއް ނުވެ އެވެ.

އިންގްލެންޑް ވޯލްޑް ކަޕުން ކެޓި މެޗުގައި އެއްވަރު ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނީ ވެސް ކޭންއަށެވެ. ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ނަމަވެސް ކޭން ވަނީ އެމެޗުގައި މޮޅު ކުޅުމެއް ކުޅެ ޕެނަލްޓީއަކުން އިންގްލެންޑްގެ ފުރަތަމަ ގޯލު ޖަހާފައެވެ. މެޗު ނިމުނީ ޖިރޫޑް ޖެހި ގޯލާއެކު ފްރާންސް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އުމުރުން 29 އަހަރުގެ ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައިފަ އެވެ. ކޭން ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.އިންގްލެންޑާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ކޭން ކުޅުނެވެ. އެކަމަކު އޭނާ ވިދާލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ހޯދި އެވެ. އުމުރުފުރާ ގައުމީ ޓީމުތަކުން ފެނުނު ކޭން ސީނިއާ ގައުމީ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފެށި ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 53 ގޯލު ޖަހައިދީފައެވެ.

މިއީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އިންގްލެންޑް ބަލިވި ހަތްވަނަ ފަހަރެވެ. އިންގްލެންޑަކީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އެންމެ ގިނައިން ބަލިވި ޓީމުވެސް މެ އެވެ.

ޔޫރަޕްގެ ވަރުގަދަ ބާރެއްގެ ގޮތުގައި އިންގްލެންޑް އޮތް ނަމަވެސް މިހާތަނަށް އެ ޓީމަށް ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރެވިފައި ވަނީ މީގެ 56 އަހަރު ކުރިންނެވެ. އެއީ 1966 ވަނަ އަހަރުގައެވެ. އޭގެ ފަހުން އިންގްލެންޑަށް ވޯލްޑް ކަޕުގެ ފައިނަލާ ހަމައަށް އައިސްފައި ނުވި ނަމަވެސް ވޯލްޑް ކަޕުގައި ހަތް ފަހަރަށް ކުއާޓާ ފައިނަލުގައި އިންގްލެންޑް ވާދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުވަދު

    ތި ގޮލާ މިގައުމަށް އަރުވަން ހެޔޮވެސް ނުވާނެ

    11
    3
  2. ހުސޭނުބޭ

    އެހެނެއްނޫ ވީކީ. މިދޭތެރެއަކުން އަމަލްގިރި ކިޔާ މަންޖެއެއް މާ މަޝްހޫރުވީމާ އަމަލްގިރިއާއެކު ޑޭޓަކަށް ދާން އައީ. ދެން މި ރެއިންބޯ ކޭން ކައިރީގައި އަމަލްގިރި ބޭންދީމާ ޚިދުމަތްތައް ފުރިހަމަވީ. ލޮލް

    12
    1
  3. އަހައްމަދު

    ހުރިހާ ކަޓާފަ ތިބިމީހުން މިތަނަށް މިއަންނަނީ. އަޅެ މިތާގަ ކަޓާފަތިބި މީހުން މަދީތަ؟

    14
    1
  4. ކުޅި

    ލިވާތުކުޅިކުޅެން ގަތަރުން ފައިބައިގެން އެމީހެއްގެ ގައުމަށް ދާށޭ ރާއްޖޭމީހުން ބުނީމަ އެންމެން މިއަންނަނީ ރާއްޖެއަށް ލޮލް މިވީކިހިނެއް ހަހަހަ

  5. Anonymous

    ރެއިންބޯ ލައިކް މީހުންނަށް ރާއްޖެ ކީއްކުރަން ރިސޯޓަކަށްވެސް އެރިގެން ނުވާނެ.