ދާދި ފަހުން އަމިއްލައަށް މަރުވި ސުޝަންތް ސިންގ ރާޖްޕުތްގެ ދައްތަ ޝްވޭޓާ ސިންގ ކިރްތީ މި ވަނީ ވަރަށް އަސަރުފަދަ މެސެޖްތަކެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ. އެމެރިކާގައި ދިރިއުޅެމުން އަންނަ އެ ދައްތަ މިހާރު އެނބުރި އިންޑިއާއަށް ވަނީ އައިސްފައެވެ. އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް އޭނާ އައިސްފައި މި ވަނީ ސުޝަންތްގެ ކުއްލި މަރާއި އެކުގައެވެެ.

އޭނަ މަރުވެފައި ވަނީ ޑިޕްރެޝަންއާ ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ ދިރިއުޅޭ ގެއިން ޑިޕްރެޝަންއަށް ސުޝަންތް ބޭނުން ކުރަމުންދިޔަ ބޭސްވެސް ވަނީ ފެނިފައެވެ.

އޭނާގެ މަރާއެކު އެތައް ބަޔަކު ވަނީ ހިތާމައެއްގެ ތެރެއަށް ވެއްޓިފައެވެ

ސުޝަންގެ އެންމެ ބޮޑު ދައްތަ ކަމަށްވާ ޝްވެތާ އެނބުރި ޕަޓްނާއަށް އައިސް ފޭސްބުކްގައި ވަނީ ޕޯށްޓެއް ހިއްސާކޮށްފައެވެ. ޝުޝަންތް އޭނާއަށް ދިން ނޯޓަކާއެކު ފޭސްބުކްގައި އޭނާ ޕޯސްޓެއްވެސް ލިޔުނެވެ.ނަމަވެސް އޭނާ ވަނީ އެ ޕޯސްޓް ނަގާފައެވެ.

"އަހަރެންނަށް އިނގޭ ކޮއްކޮ އުޅުނީ ވަރަށް ހާލުގައިކަން، ވަރަށް އުނދަގޫ ދަތި ދުވަސްތަކެއް ހޭދަ ކޮށްފިކަން، ތިއީ އެކަމުގައި ހަނގުރާމަވެރިއެއް"، ޝުޝަންތް އަތު ލިޔުމުން ލިޔެފައިވާ ނޯޓާއެކު އޭނާ ލިޔެފައި ވެއެވެ.

ޝްވެތާގެ އެ ޕޯސްޓުގައި އޭނާ ވަނީ އެ ހުރިހާ ދަތިކަމެއް ސުޝަންތް އުޅެން ޖެހުނީތީ އެކަމާއި މައާފަށް އެދިފައެވެ.

"ވޭތު ކުރި ތި ހުރިހާ ވޭނީ ތަދު ދުވަސްތަކަށް އަހަެންނަށް މައާފް ކުރެޭ،، ކޮއްކޮގެ ބަދަލުގައި އަހަރެން، ކޮއްކޮގެ ތި ހުރިހާ ވޭނެއްގައި އުޅެން ޖެހުނު ނަމަ، އަދި އަހަރެންގެ އުފާވެރިކަން ކޮއްކޮއްަށް ދެވުނު ނަމަ". އޭނާ ލިޔެފައިވެއެވެ.

އޭނާ ވަނީ އެ ޕޯސްޓުގައި ކޮއްކޮ ދެކެ އިންތިހާއަށް ލޯބިވާކަންވެސް ހާމަކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖީ

    އިންޑިއާ ގޮރެއްލާމެންގެ ވާހަކަމާގިނައިން އަހަރުމެން ބަލާހިތެނުވޭ

    28
    26
  2. Anonymous

    ޑިޕްރެޝަން ހުންނަކަން އޭގޭނަމަ އެހީވެ ވަގުތުން ފިޔަވަޅުއަޅާ އެކަނި ވޭނުގައުޅެން ދޫކޮށްނުލާތި ހިތްތައް ހަމަޖެހެނީ ﷲގެ މަތިން ހަނދުމަ ކުރުމުންކަން ޔަގީން ކޮށްދެން މަސައްކަތް ކޮށްދީ

    42