ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ހުރީ އަނެއްކާވެސް ހޮލީވުޑަށް ނިކުމެ ފިލްމެއް ކުޅެން ތައްޔާރަށް ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ ޝަރަފެއް ދޫކޮށްލުމަށް ފަހު ޕްރިންސް ހެރީ އާއި މޭގަން ތުއްޕުޅު ދަރިކަލުން އާޗީ އާއި އެކު މިހާރު ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. "މިނިވަން ދިރިއުޅުމެއް" އުޅެން މޭގަން އާއި ހެރީ ޝާހީ އާއިލާ އާއި ވަކިވުމާއި އެކު މޭގަން އަނެއްކާވެސް ފިލްމް ކުޅެން ފަށަން އުޅޭ ޚަބަރު މީގެ ކުރިން ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

މޭގަން އަކީ އެމެރިކާގެ ޓީވީ ސީރީސް "ސޫޓްސް" އިން ބެލުންތެރިންގެ މަގުބޫލްކަން ހޯދި ފަންނާނެކެވެ. ނަމަވެސް ހެރީ އާއި ކައިވެނި ކުރަން ވެސް އޭނާ ވަނީ އެސީރީޒް އާއި ވަކިވެފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މޭގަން އަށް ބައެއް ސީރީޒްތަކުންނާއި ފިލްމުތަކުން މިހާރު ވެސް ފުރުސަތު ލިބިއްޖެއެވެ. ނަމަވެސް އޭނާ ބޭނުން ވަނީ އޮސްކާ ލިބޭ ފެންވަރުގެ ފިލްމެއް ކުޅެން ކަމަށް ވާތީ އަދި މިހާތަނަށް ލިބުނު ހުރިހާ ފުރުސަތެއް ވަނީ ދޫކޮށްލާފައެވެ.

ބައެއް ޓީވީ ޝޯތަކުން ވެސް މޭގަން އަށް ވަނީ ފުރުސަތު ލިބިފައެވެ. ބައެއް ޗެނަލްތަކުން ވަނީ ޓީވީ ޝޯތައް ހުށަހަޅައި ދިނުމަށް ވެސް މޭގަންގެ ކިބައިން އެދިފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް އަދި އޭނާ ގަބޫލެއް ނުކުރެއެވެ.

މޭގަން އަލުން އަނބުރާ ފިލްމީ ދާއިރާ އަށް ނިކުންނަން އުޅޭ ޚަބަރާއި ގުޅޭ ގޮތުން މިހާތަނަށް މޭގަން އާއި ހެރީ ވާހަކަ ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތި ފިލްމުގެ ނުބައިބާ ބޮސްގެ ރޯލު ރާނީ ކުޅެފިއްޔާ ތިޔަށްވުރެ ބޮޑު ހިޓްފިލްމެއް ތާރީޚުގައިވެސް ނުނިކުންނާނެ!

    13
    2